Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް ކޮލިފައިންގ

ރާއްޖެއަށް އޭޝިއަން ކަޕްގެ ފުރުސަތު ގެއްލިއްޖެ

11 ޖޫން 2022 | ހޮނިހިރު 17:47

ރާއްޖެއަށް ދެން އޮތީ ކޮލިފައިންގައި ލަންކާއާ ބައްދަލުކުރާ މެޗު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ޖޫން 2022 | ހޮނިހިރު 17:47
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އުޒްބެކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިިން

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި އުޒްބެކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިިން

މިއަންނަ އަހަރު އޮންނަ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގގައި އުޒްބެކިސްތާން އަތުން ބަލިވުމުން، ރާއްޖެއަށް އޭޝިއަން ކަޕްގެ ފުރުސަތު ގެއްލިއްޖެއެވެ.

ކޮލިފައިންގގައި ހޮނިހިރު ދުވަހުގެރޭ ވާދަކުރީ ރާއްޖެއާއި އުޒްބެކިސްތާނެވެ. މި މެޗު 4-0ން ކާމިޔާބުކުރީ އުޒްބެކިސްތާނެވެ. މި މެޗުގައި އުޒްބެކިސްތާނުގެ ޝޮމުޑޯރޯފް ތިން ލަނޑު ޖަހައި ހެޓްރިކް ހެދިއެވެ. އުޒްބެކިސްތާނުގެ ފަހު ލަނޑު، މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔުރޯނޯވްއެވެ.

ކޮލިފައިންގގައި ރާއްޖެ ހިމެނެނީ ތައިލެންޑް، އުޒްބެކިސްތާން އަދި ސްރީލަންކާއާ އެއް ގްރޫޕެއްގައެވެ. ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެނީ އުޒްބެކިސްތާނުގައެވެ. އޭޝިއަން ކަޕްގެ ޖާގަ ލިބޭނީ ހަ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި، ހަ ގްރޫޕުން ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން ފަސް ޓީމަކަށެވެ.

މިރޭގެ މެޗުގައި އުޒްބެކިސްތާން ކައިރިން ރާއްޖެ ބަލިވިއިރު، ކޮލިފައިންގގެ ފުރަތަމަ މެޗުގައި ތައިލެންޑު އަތުން ރާއްޖެ ބަލިވީ 3-0ންނެވެ. މި ނަތީޖާއާއެކު ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ. ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮތީ އުޒްބެކިސްތާނެވެ. ހަ ޕޮއިންޓާއެކު ތައިލެންޑަށް ގްރޫޕުގެ ދެވަނަ ލިބެނީ ފައިދާ ގޯލުން އުޒްބެކިސްތާނު ކުރީގައި އޮތުމުންނެވެ. ކުޅުނު ދެ މެޗުންވެސް ބަލިވި ލަންކާ ތިންވަނާގައި އޮތީ ރާއްޖެއަށްވުރެ ބައިކޮޅަށް ވަތް ލަނޑު މަދުވީމައެވެ.

ލަންކާއާއި ތައިލެންޑު މިރޭ ބައްދަލުކުރި މެޗުން ލަންކާ ބަލިވީ 2-0ންނެވެ. ރާއްޖެއަށް ދެން އޮތީ ކޮލިފައިންގައި ލަންކާއާ ބައްދަލުކުރާ މެޗެވެ. މި މެޗު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ރާއްޖެއާއި ލަންކާއަށް މިއަންނަ އަހަރު އޮންނަ އޭޝިއަން ކަޕްގައި ކުޅުމުގެ ފުރުސަތެއް ނެތެވެ.

އޭއެފްސީ އޭޝިއަން ކަޕްއޭޝިއަން ކަޕް ކޮލިފައިންއުޒްބެކިސްތާން ގައުމީ ފުޓްބޯޅަ ޓީމުފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް