Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްޓީއޯ ފްލެޓްތައް ނިންމަން ހަވާލުކޮށްފި

18 މަސް ދުވަހުގެ ތެރޭގައި އެސްޓީއޯގެ ފްލެޓްތައް ނިންމަން ބަޔަކާ ހަވާލުކޮށްފި

11 ޖޫން 2022 | ހޮނިހިރު 12:30

އަމްރު މިކަން އިއުލާންކުރެއްވީ އެސްޓީއޯ ސްޓާފް ނައިޓުގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ޖޫން 2022 | ހޮނިހިރު 12:30
އެސްޓީއޯ ސްޓާފް ނައިޓުގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަދައްކަވަނީ

އެސްޓީއޯ ސްޓާފް ނައިޓުގައި އެ ކުންފުނީގެ އެމްޑީ އަމްރު ވާހަކަދައްކަވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ އެސްޓީއޯގެ ފްލެޓުތައް 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މިކަން އިއުލާންކުރެއްވީ ހުކުރު ދުވަހުގެ ރޭ ބޭއްވި އެސްޓީއޯ ސްޓާފް ނައިޓްގައެވެ.

Advertisement - newsAdvertisement

އެސްޓީއޯގެ އޮފިޝަލަކު "ރާއްޖެ އެމްވީ"އަށް ވިދާޅުވި ގޮތުގައި، އެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

18 މަސް ދުވަހުގެ ތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމަން ޖެހޭއިރު، ހަވާލު ކުރާތާ 45 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން އެއްބަސްވުމުގައި ބުނެފައިވާކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯއިން ދެ ޓަވަރު އަޅާނެއެވެ. 15 ބުރީގެ މި ދެޓަވަރުގައި 356 އެޕާޓްމަންޓް ހުންނާނެއެވެ.

އެސްޓީއޯގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2018ވަނަ އަހަރުގައެވެ. އެފަހަރު މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ އެމްސީޖީ ގްރޫޕާއެވެ. އެކުންފުންޏާ މި މަސައްކަތް 27 މިލިއަން ޑޮލަރަށް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ 2019ވަނަ އަހަރު ފްލެޓުތަކުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

އެސްޓީއޯގެ ފްލެޓުތަކުގެ މަސައްކަތް ހުއްޓިފައިވާއިރު މިހާތަނަށް ނިމިފައިހުރީ އެންމެ 15 އިންސައްތަ މަސައްކަތެވެ. އެއީ ފައުންޑޭޝަނާއި ދެ ފްލޯރ ޝީޓު އެޅުމުގެ މަސައްކަތެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
27 ފެބުރުއަރީ 2023

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

27 ފެބުރުއަރީ 2023
އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް
25 ފެބުރުއަރީ 2023

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

25 ފެބުރުއަރީ 2023
ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
11 ޖެނުއަރީ 2023

ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި

11 ޖެނުއަރީ 2023
ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި
19 ޑިސެމްބަރު 2022

ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ

19 ޑިސެމްބަރު 2022
ޖޮބް ސެންޓަރ މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ ވަޒީފާތައް ހޯދޭނެ
16 ސެޕްޓެމްބަރު 2022

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

16 ސެޕްޓެމްބަރު 2022
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި
13 ސެޕްޓެމްބަރު 2022

11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި

13 ސެޕްޓެމްބަރު 2022
11 ރަށެއްގައި ފާމަސީ ހަދަން އެސްޓީއޯއާ ހަވާލުކޮށްފި
16 ޖުލައި 2022

އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ

16 ޖުލައި 2022
އާދީއްތަ ދުވަހުން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކޮތަޅުން އަގު ނަގަނީ
04 ޖުލައި 2022

ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ

04 ޖުލައި 2022
ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ އަގުހެޔޮ ތެލުގެ ނާޖާއިޒް ފައިދާ ނަގާ މައްސަލަ ހުއްޓުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް