Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންހެނެއްގެ އިނގިލި ބުރިކޮށްލުން

ދަތް އަޅައި އަންހެނެއްގެ އިނގިލި ބުރިކޮށްލި މީހާއަށް ދައުވާކޮށްފި

އޭނާ ޝަރީޢަތް ނިމެންދެން ބަންދު ކޮށްދެއްވުމަށް ދައުލަތުން އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2022 | ހޮނިހިރު 08:58
ދަތް އަޅައި އަންހެނެއްގެ އިނގިލި ބުރިކޮށްލި ޙާދިސާ

ދަތް އަޅައި އަންހެނެއްގެ އިނގިލި ބުރިކޮށްލި ޙާދިސާ

ގއ އަތޮޅުގެ ރަށެއްގައި އާއިލާ މެމްބަރުންތަކެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި އަންހެނެއްގެ އަތުގެ އިނގިއްޔެއްގައި ދަތްއަޅައި ބުރިކޮށްލި މީހާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ކ. މާލެ، ގ. ޗެރީހައުސް، ޢަލީ ޙަސަންގެ މައްޗަށެވެ. އޭނާ ވަނީ 02 މޭ 2022 ދުވަހުގެ 04:30 ހާއިރު، ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދުމާރާމާރީހިންގައި ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ޕީޖީ އޮފީހުން ވަނީ 06 ޖޫން 2022 ގައި ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް މި މައްސަލައިގައި ދައުވާ ހުށައަޅާފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އެ ދައުވާ ސާބިތުވެއްޖެނަަމަ އަންނާނެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

ހަމައެއާއެކު، ގައިގާ އަތްލުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައިވާއިރު، އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.

ދެން ހިމެނެނީ އަނިޔާއެއް ދިނުމުގެ ކުށުގެ 2 ދައުވާއެވެ. ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއަކަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުންވެސް އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 2 މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އޭނާ ޝަރީޢަތް ނިމެންދެން ބަންދު ކޮށްދެއްވުން އެދި 07 ޖޫން 2022 ގައި ފޯމް ހުށަހަޅާފައިވާއިރު، ބަންދާ ގުޅޭ އަޑުއެހުމެއް މި މަހުގެ 13 ވަނަ ދުވަހު ކޯޓުން ތާވަލު ކޮށްދީފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

އެ ހާދިސާ ހިނގައި ދިޔަ ގޮތް އޮޅުން ފިލުވުމަށް އެ ޙާދިސާ ގާތުން ލޮލުން ދުށް ބައެއް ފަރާތްތަކާ ރާއްޖެއެމްވީން ވާހަކަ ދެއްކުމުން އެނގިފައިވާ ގޮތުގައި، މި މައްސަލައަކީ ދެމަފިރިއަކަށް ލިބިފައިވާ ދަރިންނާ ގުޅިގެން އުފެދިގެން އައި ދެބަސްވުމެއްގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 31 އަހަރުގެ ފިރިހެން މީހާ ހަމަލާ ދީފައިވަނީ އޭނާގެ ކުރީގެ އަންހެނުންނާއި، އަންހެނުންގެ އާއިލާގެ މީހުންނަށެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ކުރީގެ އަންހެނުންގެ ދައްތަގެ އިނގިލީގައި ދަތް އަޅައި އިނގިލި ބުރިކޮށްލާފައެވެ. މިގޮތުން އެ އަންހެން މީހާގެ ވައަތުގެ މެދު އިނގިލިކުރިން ބައެއް ވަނީ އެއްކޮށް ބުރިކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު