Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށި ދުވަސް

ހޯރަފުއްޓަށް ޚިދުމަތްކުރެއްވި 90ށްވުރެ ގިނަ ބޭފުޅުންގެ އަގު ވަޒަންކޮށްފި

5 ދާއިރާއަކުން އެވޯޑު ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޖޫން 2022 | ހޮނިހިރު 10:59
ހޯރަފުށި ދުވަސް

ހޯރަފުށި ދުވަސް

"ހޯރަފުށި ދުވަސް" މި ނަމުގައި ޚާއްސަ ދުވަހެއް ފާހަގަކޮށް، ހޯރަފުށީ އުއްތަމަ އަރުތަވެރީންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

ހުކުރު ދުވަހުގެރޭ ހއ. ހޯރަފުށީގައި ކުރިއަށްދިޔަ މި ޖަލްސާގައި 92 ފަރާތަކަށް އިނާމު ދީފައިވާއިރު، މިފަދަ ދުވަހެއް ފާހަގަކޮށް އުއްތަމަ އަރުތަވެރީންނަށް އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފައިމިވަނީ ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ޝަރަފުވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެކި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ އިއްޒަތްތެރިންގެ އަގު ވަޒަންކުރުމާއި، އެރަށުގެ ކުރިއެރުމާއި، ތަރައްގީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރިންނާއި، ޚިދުމަތްތެރިންނާއި، ދަރުމަވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މި ޖަލްސާގައި އިނާމު ދިން ފަރާތްތަކުގެ ތެރޭގައި, ދުނިޔޭގެ ފެންވަރުގައާއި ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ރަށަށް ރީތިނަމާއި ޝަރަފު ހޯދައިދީފައިވާ ފަރާތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ފަތުރުވެރިކަމާއި ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަށް ހިތްވަރު ދިނުމާއި ދާއިރާތައް ކުރިއެރުވުމުގައި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތައް ހިމެނެއެވެ. އަދި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ހުނަވެރި ޖީލެއް ބިނާކުރުމަށް މަސައްކަތްކޮށްދީފައިވާ ފަރާތްތަކާއި، ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމްއިއްޔާ ޖަމާއަތްތައްވެސް ހިމެނެއެވެ.

މި ޖަލްސާގައި މައިގަނޑު 5 ދާއިރާއަކުން އިނާމު ދީފައިވެއެވެ. އޭގެ ތެރޭގައި ޝަރަފުވެރިކަމުގެ އިނާމު، މަތީ ދަރަޖައިގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު، ޚާއްސަ ޚިދުމަތުގެ އިނާމު އަދި ލައިފް ޓައިމް އެޗީވްމެންޓް އިނާމު ހިމެނެއެވެ.

އެކި ދާއިރާތަކުން ޝަރަފުވެރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ 37 ފަރާތަކަށް ޝަރަފުވެރިކަމުގެ އިނާމު ދީފައިވެއެވެ.

މަތީ ދަރަޖައިގެ އިނާމު ލިބިފައިވަނީ 2 ފަރާތަކަށެވެ. އެ އިނާމު ލިބިފައިވާ އެއް ފަރާތަކީ އަލްމަރްހޫމާ ހަފްސާ އިބްރާހީމެވެ. އެއީ ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ހާފިޒްކަމުގެ ސަނަދު ހާސިލްކޮށް ރަށަށް ރީތިނަމާއި ޝަރަފް ހޯއްދަވައިދެއްވާފައިވާތީއެވެ. ދެވަނައަށް މި އިނާމު ލިބިފައިވަނީ ސާނަވީ އިމްތިހާނުން ނެޝަނަލް ޓޮޕް ޓެންގެ ޝަރަފްވެރި 1 ވަނަ ހާސިލްކޮށް ރަށަށް ރީތިނަމާއި ޝަރަފް ހޯދާދީފައިވާތީ އަލްފާޟިލާ އާއިޝަތު ޒަހާއަށެވެ.

މީގެ އިތުރުން 21 ފަރާތަކަށް ހިތްވަރު ދިނުމުގެ އިނާމު ދީފައިވާއިރު، ޚާއްސަ ޚިދުމަތުގެ ޝަރަފްވެރި އިނާމް 9 ފަރާތަކަށް ލިބިފައިވެއެވެ. އެ ފަރާތްތަކުގެ ތެރޭގައި ހޯރަފުށީގެ ކުރިއެރުމާ ތަރައްގީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކެއްކަމަށްވާ އަލްމަރްހޫމް ޔޫސުފް އަލީ، އަލްމަރްހޫމް މުހައްމަދު ނާސިރު، އަލްމަރްހޫމް އާދަމް ސަލީމް، އަލްމަރްހޫމް އަބްދުﷲ ފަހުމީ، އަލްމަރްހޫމް އަބްދުﷲ އަލީ ހިމެނެއެވެ.

ޚާއްސަ ޚިދުމަތުގެ އިނާމް 15 ފަރާތަކަށް ދީފައިވާއިރު، ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް އެއް ބޭފުޅަކު ވަނީ ހާސިލްކުރައްވާފައެވެ. މިގޮތުން ހޯރަފުށީގެ ކުރިއެރުމާއި ތަރައްގީއަށް، ފާހަގަކުރެވޭފަދަ އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، މި އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްފާޟިލް އަލީ ނަސީރު އާދަމްއަށެވެ. މީގެ އިތުރުން ހިތްވަރު ދިނުމުގެ އިނާމު 8 ބޭފުޅަކަށް ދީފައިވެއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

ހޯރަފުށިހޯރަފުށި ދުވަސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
31 އޮކްޓޯބަރު 2025

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ؛ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ފުރިހަމަ ޖަލްސާ
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
31 އޮކްޓޯބަރު 2025

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު
31 އޮކްޓޯބަރު 2025

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް
31 އޮކްޓޯބަރު 2025

ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް

31 އޮކްޓޯބަރު 2025
ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި އިހަވަންދިއްޕޮޅު ޕޯޓު ހަދައި، ތަރައްގީ ކުރާނަން: ސަލީމް
31 އޮކްޓޯބަރު 2025

ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި

31 އޮކްޓޯބަރު 2025
ރަށު ފެންވަރުގެ ޚިދުމަތަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު ސަލީމް ވަރުގަދަ ރައްދެއް ދެއްވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި

30 އޮކްޓޯބަރު 2025
ހޯރަފުށީ ތަރައްޤީގެ ބާނީ، ރައީސް ސާލިޙް އަށް "ޚާއްސަ ޚިދުމަތުގެ އައްޑަނަ" އަރުވައިފި
30 އޮކްޓޯބަރު 2025

ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން

30 އޮކްޓޯބަރު 2025
ހޯރަފުށިން ރައީސް ސާލިހަށް ދެންނެވި ފުރިހަމަ މަރުހަބާއިން ފެނުނީ، ރަށު ރައްޔިތުން ރައީސް ޞާލިހްގެ ހިދުމަތްތައް ބަލައިގެންފިކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު