Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބް އީގަލްސް

ކުލަބް އީގަލްސްގެ ކޯޗުކަމާ އާތީ ހަވާލުވެއްޖެ

އެންމެ ފަހުން އާތީ ހުރީ ކްލަބް އޭދަފުށީގެ ކޯޗުކަމުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2022 | ހޮނިހިރު 05:15
މުހައްމަދު އާތިފް (އާތީ)

މުހައްމަދު އާތިފް (އާތީ)

ކުލަބް އީގަލްސްގެ ކޯޗުކަމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސައިފިއެވެ.

އާތީ ހަމަޖެއްސުމުގެ ކުރިން އީގަލްސްގެ ކޯޗު ކަމުގެ މަގާމު އޮތީ ހުސްކޮށެވެ. އެއީ އެ ޓީމުގެ ކޯޗު ކަމުގެ މަގާމުގައި ހުރި މުހައްމަދު ޝާޒްލީ (ޝާޒް) ޓީމު ދޫކޮށްލުމުންނެވެ. ޝާޒް ޓީމު ދޫކޮށްލީ ޕްރެޒިޑެންޓްސް ކަޕްއަށް ފަހުއެވެ. އޭގެ ފަހުން އީގަލްސްއަށް އިރުޝާދު ދެމުން އައީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ)އެވެ.

އެންމެ ފަހުން އާތީ ހުރީ ކްލަބް އޭދަފުށީގެ ކޯޗުކަމުގައެވެ. އޭނާ ވަނީ އެ ޓީމާއެކު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ އޯޕަން ރައުންޑްގައި ވާދަކޮށް، އެ ޓީމަށް ޒޯން ލީގުން ފުރުސަތު ހޯދައިދީފައެވެ. ފުރަތަމަ ޑިވިޝަންގައި އެންމެ ފަހުން އާތީ ހުރީ ކުލަބް ވެލެންސިއާގެ ކޯޗަކަށެވެ. އޭނާ ވަނީ ވެލެންސިއާއާއެކު މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަނަ ހޯދާފައެވެ. އޭގެ ފަހުން އެ ޓީމު ދޫކޮށް އޭނާ ހަވާލުވީ ކްލަބް އޭދަފުށްޓާއެވެ.

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސް މި ވަގުތު އޮތީ ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެއީ އެ ޓީމު ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓް އާއިއެކުއެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނަ މަގާމުގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބެނީ 33 ޕޮއިންޓެވެ. މިފަހަރުގެ ލީގުގައި މާޒިޔާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އީގަލްސް އަތުންނެވެ. އޭޝިއަން ކަޕް ކޮލިފައިންގ ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު، އަލުން ލީގު ފަށާނީ މި މަހު 21ގައެވެ. އާތީގެ އިރުޝާދުގެ ދަށުން އެރޭ އީގަލްސް ނިކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.

ކުލަބު އީގަލްސްއާތީ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު