Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑޮލަރުގެ ކަޅުބާޒާރު

ޑޮލަރުގެ ކަޅުބާޒާރު މުޅިން ހައްލު ނުވިނަމަވެސް، އެދެވޭ ބަދަލެއް ގެނެވިއްޖެ – ރައީސް

ސަރުކާރުން ކުރި މަސައްކަތާއެކު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑެއް ނުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ޖޫން 2022 | ހުކުރު 05:31
ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް

ކަޅުބާޒާރުގައި ޑޮލަރުގެ މުއާމަލާތަކީ މިހާރު ބިލިޔަން ރުފިޔާގެ ބޮޑު ވިޔަފާރިއެެއް

ޑޮލަރުގެ ކަޅުބާޒާރު މުޅިން ހައްލެއް ނުވާނެ ކަމަށާއި، ނަމަވެސް ސަރުކާރުން ކުރި މަސައްކަތާއެކު ޑޮލަރުގެ އަގު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާއެކު ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުމުގައި ޑޮލަރުގެ ކާޅުބާޒާރާއި، އެކަމުގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތަކާއި ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޑޮލަރުގެ ކަޅުބާޒާރުގެ މައްސަލަ މުޅިއަކުން ހައްލު ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައި އެބަހުރި ކަމަށެވެ. ކޮވިޑް ތެރޭގައި އޭރު ތަޖުރިބާކާރުން ވިދާޅުވަމުން ގެންދިޔައީ، 24 ނުވަތަ 25 ރުފިޔާއަށް ޑޮލަރު އަރައިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް، މިކަން ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން 20 ރުފިޔާއަށްވުރެ މައްޗަށް ނުގޮސް ހިފެހެއްޓުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު އޮތީ ޓޫރިޒަމާއި މަސްވެރިކަން ކަމަށާއި، ޓޫރިޒަމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އިތުރު 33 ރިސޯޓް ޕްރައިވެޓް ސެކްޓަރުން ނެރެފައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް މުޅި ޖުމްލަ 13000 އެނދު އިތުރުކުރެވިއްޖެ ކަމަށެވެ. އެއާ އެކީގައި، ދައުލަތަށް ޓީ.ޖީ.އެސް.ޓީ ވަންނަވަރު އިތުރުވެގެން ހިނގައްޖެ ކަމަށާއި،

މީގެއިތުރުން މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި މަސް އެކްސްޕޯޓް ކުރުމާއި، ގަންނަ މަސް މިހާރަށްވުރެ ފަސޭހައިން ގަނެވޭނެ ގޮތްތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ރައީސް ވިދާޅުވީ 33 ރިސޯޓް އަލަށް ހުޅުވިފައިވާ އިރު، އެއީ ގާތްގަނޑަކަށް 8635 އެނދު ކަމަށެވެ. އަދި 343 ގެސްޓްހައުސްގައި 5404 އެނދު މިދިޔަ 4 އަހަރުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ. އަދި މުޅި ޖުމްލަ ދެ ހޮޓަލަކާއި، ހޯމްސްޓޭއާއި، ޔޮޓްމެރީނާ، ސަފާރީތަކާ އެކީގައި 14615 އެނދު ރާއްޖެއަށް އެތެރެކުރެވިއްޖެ ކަމަށެވެ. ފެސިލިޓީގެ ޢަދަދުތައް 403 އަށް އިތުރުކުރެވިފައިވާ ކަމަށާއި، އެހެންވީމާ، އިޤްތިޞާދަށް ކުރިއެރުން ހޯދުމަށްޓަކައި ޓޫރިޒަމް ސެކްޓަރާއި، މަސްވެރިކަމަށް އިތުރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޑޮލަރުގެ ކަޅުބާޒާރުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްބިދޭސީން

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު