Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ތުއްތު ދަރިފުޅު"

އެސްޓީއޯއިން "ތުއްތު ދަރިފުޅު" ފޮތް ލޯންޗުކޮށްފި

އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާގެ ތެރޭގައި މި ފޮތް ހިމެނުމަށް ނިންމާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖޫން 2022 | ބުރާސްފަތި 11:49
ފޮތް ލޯންޗުކުރުން

ފޮތް ލޯންޗުކުރުން

އެސްޓީއޯއިން "ތުއްތު ދަރިފުޅު" ފޮތް ލޯންޗުކޮށްފިއެވެ.

"ތުއްތު ދަރިފުޅު"ގެ ނަމުގައި އެސްޓީއޯއިން ލޯންޗްކުރެވިފައިވާ ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް ބޭނުންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެއެވެ. ކުރިއަށް އޮތް ތަނުގައި އެސްޓީއޯއިން، އަލަށް އުފަންވާ ކުދިންނަށް ދޭ ހަދިޔާގެ ތެރޭގައި މި ފޮތް ހިމެނޭނެއެވެ.

އެސްޓީއޯއިން ލޯންޗްކޮށްފައިވާ "ތުއްތު ދަރިފުޅު" ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. ތުއްތު ދަރިފުޅު އުފަންވާ ވަގުތު ހޮސްޕިޓަލުގައި ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮށްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން މި ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާނެއެވެ.

ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މި ފޮތުގައި، ދަރިފުޅަށް ގާތުން ކިރުދިނުމާ ބެހޭގޮތުން އެނގެންޖެހޭ މުހިއްމު މައުލޫމާތުތަކާއި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތަބީއީ ބަދަލުތަކުގެ ތަފްސީލު ހިމެނިފައިވާނެއެވެ. މީގެ އިތުރުން، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާކުރާނެ ކަންތައްތަކާއި، އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ހިމެނެއެވެ. ތުއްތު ދަރިފުޅުގެ ސިއްހަތާއި ދުޅަހެޔޮކަން މަންމަގެ ދުޅަހެޔޮކަމާ ވަނީ ވަރަށް ގާތްކޮށް ގުޅި ލާމެހިފައެވެ. މިހެންކަމުން މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަންވެސް މި ފޮތުގައި ހިމެނިފައިވާނެއެވެ.

ޑރ. އަބްދުﷲ ނިޔާފްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މި ފޮތުގައި، އަލަށް އުފަންވާ ދަރިފުޅުގެ އާއިލާއިން އާއްމުކޮށް ކުރާ ސުވާލުތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެކަމަށް ލަފާކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ހިމެނޭނެއެވެ.

ސްޓޭޓް ޓްރޭޑިންގް އޯރގަނައިޒޭޝަން (އެސް.ޓީ.އޯ)

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި

01 ފެބުރުއަރީ 2025
އެސްޓީއޯ އަށް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 218 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ ކަމަށް ބުނެފި
19 ޑިސެމްބަރު 2023

އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!

19 ޑިސެމްބަރު 2023
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅުވައިގެން، ދެ ދުވަހުގެ ސޭލެއް!
27 ފެބުރުއަރީ 2023

އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް

27 ފެބުރުއަރީ 2023
އައްޑޫގެ ވިޔަފާރި ދަނީ ދަށަށް، ނާޒިލްގެ ފާޑުކިޔުން އަމްރު އަށް
25 ފެބުރުއަރީ 2023

ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު

25 ފެބުރުއަރީ 2023
ދިވެހިންގެ އުފެއްދުންތައް ބޭރުގައި ވިއްކޭނެ މަގު ހޯދިއްޖެ: އަމްރު
11 ޖެނުއަރީ 2023

ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި

11 ޖެނުއަރީ 2023
ވިލިނގިލި އެޖެންޓުންނަށް ކާޑު ނުވިއްކާ ކަމަށް ބުނާ ވާހަކަތައް އެސްޓީއޯއިން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު