Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

މާކެޓަށް ރަޝިއާގެ ގޮވާން ނެރޭނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭ: ރަޝިއާ

ކްރެމްލިންގެ ތަޖުރަމާން ޑިމިޓްރީ ޕެސްކޮވް ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމާގުޅޭ މަޝްވަރާތައް ކުރިއަށްނުދާކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 ޖޫން 2022 | ބުދަ 11:47
ތުރުކީގެ އަންކާރާގައި އެގައުމުގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސޮގްލޫއާ ބައްދަލުކުރެއްވުމަށްފަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލެވްރޮވް

ތުރުކީގެ އަންކާރާގައި އެގައުމުގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވުސޮގްލޫއާ ބައްދަލުކުރެއްވުމަށްފަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލެވްރޮވް

ރަޝިއާގެ ގޮވާން މާކެޓަށް ނެރޭނަމަ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަންޖެހޭކަމަށް ރަޝިއާއިން ބުނެފިއެވެ.

ބުދަ ދުވަހު، ކްރެމްލިންގެ ތަޖުރަމާން ޑިމިޓްރީ ޕެސްކޮވް އެގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމާގުޅޭ މަޝްވަރާތައް ކުރިއަށް ނުދާކަމަށް ވިދާޅުވެފައިވާއިރު، ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުޓް ކަވްސޮގްލޫއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ފަހު، ބުދަ ދުވަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގެއި ލެވްރޮވް ވަނީ، ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމަށް ރަޝިއާއިން ކުރަންޖެހޭ ކަންތައްތައް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އެގޮތުން ލެވްރޮވް ވަނީ ޔޫކްރެއިންގެ ގޮވާން ޝިޕްމެންޓްތައް ހިފައިގެން ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެކަމުގެ ޔަގީންކަން ދޭކަމަށާއި، ތުރުކީއާ ގުޅިގެން އެކަން ކުރަން ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ. ލެވްރޮވް ވަނީ ޔޫކްރެއިންގެ ގޮވާން އެގައުމުން އެކްސްޕޯޓް ކުރުމަށް ޔޫކްރެއިނުން ބަނދަރުތައް "ޑި-މައިން" ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. މިއީ ޔޫކްރެއިންގެ ޒިންމާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމަށް އެގައުމުގެ ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގެއް ޔޫކްރެއިނުން ދައްކަންޖެހޭ ކަމަށްވެސް ލެވްރޮވް ވިދާޅުވިއެވެ.

ޔޫކްރެއިނަކީ ދުނިޔޭގެ ބާޒަރަށް އެންމެ ގިނަ އަދަދަކަށް ގޮވާން އެކްސްޕޯޓްކުރާ އެއް ގައުމެވެ. ހުޅަނގުގެ ގައުމުތަކުން ވަނީ ބްލެކްސީއަށް ދަތުރުކުރާ ޔޫކްރެއިންގެ ބޯޓުތައް ދަތުކުރުމުގެ ފުރުސަތު ނުދީ ޔޫކްރެއިންގެ ބަނދަރުތައް ރަޝިއާއިން ހިފަހައްޓައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަދަދު ދަށްކުރުމަށް ރަޝިއާއިން މަސައްކަތްކުރާކަމުގެ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް ރަޝިއާއިން ވަނީ މިކަން ދޮގުކޮށް، ބާޒާރަށް ބަދަލުތައް އަންނަނީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބުނެފައެވެ.

ލެވްރޮވް ވަނީ މިކަން ހައްލުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިކަމުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ފަރާތުން އެއްބާރުލުން ނުލިބުންކަން ފާހަގަކުރައްވައި، ޔޫކްރެއިންގެ ބަނދަރުތަކުގައި ހުރި މައިންތަކުގެ މައްސަލަ ހައްލުކުރުމަށް ޒެލެންސްކީ ދެކޮޅުހައްދަވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގައި ޔޫކްރެއިނުން ގެންގުޅޭ ވިސްނުން ބަދަލުކޮށްފިނަމަ، ރަޝިއާގެ ފަރާތުން އެއްވެސް މައްސަލައެއް ފެންމަތިނުވެ މިކަންތައް ކުރިއަށްދާނެ ކަމަށް ލެވްރޮވް ވިދާޅުވިއެވެ.

ލެވްރޮވް ވަނީ އަންގާރަ ދުވަހާއި ބުދަ ދުވަހު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ ފެންނާނެގޮތަކަށް އިންތިޒާރުކުރައްވާކަންވެސް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ތުރުކީގެ ފަރާތުން ލިބޭ އެއްބާރުލުން ލެވްރޮވް ވަނީ ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ލެވްރޮވް ވަނީ ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން، ޕްލޭނާ އެއްގޮތަށް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުގެ ރައީސުންގެ ދެމެދުގައި މަޝްވަރާތައް ފެށުމުގެ ކުރިން ގައުމުތަކުގެ މަންދޫބުންގެ މެދުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދެވެން ޖެހޭކަމަށް ލެވްރޮވް ވަނީ ވިދާޅުވެފައެވެ.

ރަޝިއާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު