Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

މުބާރާތަށް ނުކުތީ ފައިނަލަށް ޓާގެޓުކޮށްގެން، ނަމަވެސް މި ނަތީޖާއާމެދު ހިތްހަމަޖެހޭ: މުނާ

ޓީމެއްގެ ގޮތުގައި އެކުލަވާލެވުނީ މުބާރާތް ފެށެން ދެ ހަފްތާއަށް ވެފައި ވަނިކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ޖޫން 2022 | ބުދަ 04:04
މެޗަށްފަހު އީގަލްސްގެ ކޯޗު މުނާ ރާއްޖެ އެމްވީއާ ވާހަކަ ދައްކަނީ

މެޗަށްފަހު އީގަލްސްގެ ކޯޗު މުނާ ރާއްޖެ އެމްވީއާ ވާހަކަ ދައްކަނީ

އެސޯސިއޭޝަން ކަޕަށް ނުކުތީ މުބާރާތުގެ ފައިނަލަށް ޓާގެޓުކޮށްގެން ކަމަށާއި، ނަމަވެސް ލިބުނު ނަތީޖާއާމެދު ހިތްހަމަ ޖެހޭ ކަމަށް ކުލަބް އީގަލްސްގެ ކޯޗު މުނާ މުނީރު ބުނެފިއެވެ.

މުބާރާތުގައި އީގަލްސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ ޓީމު ސެމީއަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ވާދަކުރަން ޖެހުނީ ދެ ވަނަ ސެމީގައި ކުލަބް ވޮލީބޯލްއާއެވެ. ދެ ވަނަ ސެމީ ސީދާ ތިން ސެޓުން ކާމިޔާބުކޮށް، ތިން ވަނަ ސެމީގައި ނުކުތީ ޕޮލިސް ކުލަބާ ދެކޮޅަށެވެ. ތިން ވަނަ ސެމީގައި ވަނީ ތިން ސެޓު އެއް ސެޓުން ބަލިވެފައެވެ. މި ދެ ޓީމު ގްރޫޕް ސެޓޭޖުގައި ބައްދަލުކުރި މެޗު ވެސް ކާމިޔާބުކުރީ ޕޮލިހެވެ.

މެޗަށްފަހު "ރާއްޖެ އެމްވީ" އާ ވާހަކަދައްކަމުން މުނާ ބުނީ މުބާރާތުގެ ތިން ވަނަ ސެމީއާ ހަމައަށް ޓީމު އައީ ވަރަށް ރަނގަޅަށް ކުޅެގެން ކަމަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރުވާނެ ކުޅުންތެރިޔަކު ނެތި، މަދު ކުޅުންތެރިންނާއެކު ގިނަ މެޗުތަކެއް އެޓީމު ކުޅުނީ ރަނގަޅަށް ކަމަށެވެ. މީގެ އިތުރުން މުނާ ބުނީ އެހެން މެޗުތަކާ އަޅާ ބަލާއިރު، ރޭގެ މެޗުގައި ދިވެހި ކުޅުންތެރިންގެ ކުޅުން ދަށްވިކަމަށެވެ.

މީގެ އިތުރުން މުނާ ބުނީ ޓީމުގައި ގިނަ ސީނިއަރ ކުޅުންތެރިން ހިމެނުނު ނަމަވެސް، އެ ކުޅުންތެރިން ނުކުޅެ ތިބޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެެވެ. އޭގެ ތެރޭގައި މެޓާނިޓީ ލީވްގެ ސަބަބުން ނުކުޅެ ތިބި ކުޅުންތެރިންނާއި، ކުޅުމާއި ދުރުގައި ތިބި ކުޅުންތެރިން ތިބިކަން މުނާ ފާހަގަކުރިއެވެ. މުނާ ބުނީ އެ ކުޅުންތެރިންގެ ތަޖުރިބާ ބޮޑުވާނެ ކަމަށެވެ. ނަމަވެސް، ޓީމެއްގެ ގޮތުގައި އީގަލްސް އެކުލަވާލެވުނީ މުބާރާތް ފެށެން ދެ ހަފްތާއަށް ވެފައި ވަނިކޮށްކަމަށެވެ. މުނާ ބުނީ ޓީމަށް ހުރި ބައިވަރު އުނދަގޫތަކާއި ގޮންޖެހުންތައް އެނގޭކަމަށެވެ.

ތިން ވަނަ ސެމީގައި ބަލިވެ އީގަލްސްއަށް ލިބުނީ މުބާރާތުގެ ތިން ވަނަ މަގާމެވެ. މިއީ އީގަލްސް އިން އެސޯސިއޭޝަން ކަޕެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

އެސޯސިއޭޝަން ކަޕްކުލަބު އީގަލްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު