Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

ކޮންގްސްރެސްގައި ބައިވެރިވެވޭނީ އީސީ އާއި ޕާޓީގެ ދަފްތަރުގައި ހިމެނޭ ގޮފިތަކުގެ ރައީސުންނަށް – އެމްޑީޕީ

އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ 19ން 21 އޯގަސްޓް 2022 އަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 08:23
އއ. އުކުޅަހުގައި އެންމެ ފަހުން ބޭއްވި އެމްޑީޕީ ކޮންގްރެސްގެ ތެރެއިން

އއ. އުކުޅަހުގައި އެންމެ ފަހުން ބޭއްވި އެމްޑީޕީ ކޮންގްރެސްގެ ތެރެއިން

މި އަހަރު ބާއްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ 30 ޖޫން 2022 އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަވަމުން ގެންދަވާ އެޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުން ހިމަނައިގެން އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ 19ން 21 އޯގަސްޓް 2022 އަށެވެ. އެމްޑީޕީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެޕާޓީގެ ކޮންގްރެސް 2022 ގައި ބައިވެރިވެވޭނީ، 30 ޖޫން 2022 އާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަވަމުން ގެންދަވާ އެޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިވާ މެމްބަރުން ހިމަނައިގެން އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށްކަމަށެވެ. އަދި މިދެންނެވި ރައީސުން ވާންވާނީ ގޮފި ޤަވައިދުގެ 3.3 ވަނަ މާއްދާ ބުނާގޮތަށް އިންތިޚާބުވިތާ 5 އަހަރު ފުރިފައިނުވާ ގޮފި ރައީސުންނަށެވެ.

29 މެއި 2022 ގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލިހުގެ މިދައުރުގެ 4 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ގޮތުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ބަލަމުންދާ ޕާޓީގެ ދަފުތަރުގައި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނިފައިވުމުގެ ސަބަބުން އެ ޕާޓީގެ އިންތިހާބުތަކާއި ޕްރައިމަރީތަކުގައި އެ ޕާޓީއާއި ވާދަކުރާ ޕާޓީތަކުގެ މެންބަރުންނަށް ފަހިވާގޮތަށް ކެންޑީޑޭޓުން ހޮވުމުގެ ފުރުސަތު އޮތުމާއި، އެ ޕާޓީއަށް މާލީ އެއްވެސް މަންފާއެއް ނުކުރާގޮތަށް ހަމައެކަނި އިންތިހާބުތަކުގައި އެތައް ހާސް ބަޔަކު އެބަތިއްބެވެ.

އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މެންބަރުކަން ބާތިލްވަނީ ޕާޓީގެ މެންބަރު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓިއެއްގައި ބައިވެރިވުމުން އަދި އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތެރިވުމުންނެވެ. އަދި ސިޔާސީ ޕާޓީގެ މެންބަރަކަށް ނުހުރެވޭނެކަމަށް އޮންނާތީވެ މިވަގުތު އެމްޑީޕީއިން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 54،599 މެންބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި، ދެންތިބި 39،911 މީހުންނަށް އެމްޑީޕީގެ މެންބަރުކަން ސައްހަކުރުމަށް ތިންމަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެންޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީން ވަކިކުރުމަށް ވަނީ ގަރާރުގައި ބުނެފައެވެ.

އަދި އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެންބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެންބަރޝިޕް ސައްހަ ކުރުމަށައި، މީގެ އިތުރުން ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްގެ ބައިވެރިންނަށް ވެވޭނީ 30 ޖޫންގެ ނިޔަލަށް އީސީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށާއި، އަދި އީސީގެ ދަފްތަރުގައި ހިމެނޭ މެންބަރުން ހިމަނައިގެން އުފައްދާ ގޮފިތަކުގެ ރައީސުންނަށް ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

އަދި އެމްޑީޕީގެ އަސާސީ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މެންބަރުކަން ގަބޫލުކޮށް 18 ވަނަ މާއްދާގައި ބުނާ ހައްގުތައް ލިބޭނީ އިލެކްޝަންސް ކޮމިޝަންގައި އޮންނަ އެމްޑީޕީ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުން ކަމަށް މި ގަރާރުގައި ވަނީ ބުނެފައެވެ.

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10ގައި ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ 4ވަނަ ދައުރުގެ 2ވަނަ ޖަލްސާގައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމް.ޑީ.ޕީ ކޮންގްރެސްއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު