Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާނުން މާނޭ ހޯދަން މަސައްކަތް ކުރުން

މާނޭ ހޯދުމަށް ބަޔާނުން އިތުރު ބިޑެއް ކުރަނީ

ބަޔާނުން ފުރަތަަމަ ކުރީ 21 މިލިއަން ޕައުންޑުގެ ބިޑެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 05:53
ސާޑިއޯ މާނޭ

ސާޑިއޯ މާނޭ

ލިވަޕޫލަށް ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވަ ސެނެގާލްގެ ފޯވާޑް ސާޑިއޯ މާނޭ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން އިތުރު ބިޑެއް ކުރަން ތައްޔާރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީގެ ކުރިން މާނޭ ހޯދުމަށް ބަޔާނުން ކުރި ބިޑެއް ލިވަޕޫލުން ރިޖެކްޓުކޮށްފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަޔާނުން ފުރަތަމަ ކޮށްފައިވަނީ 21 މިލިއަން ޕައުންޑުގެ ބިޑެކެވެ. ލިވަޕޫލުން ވަނީ އެ ބިޑު ބަަލައިނުގަންނަން ނިންމާފައިކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. ބަޔާނުން މާނޭ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ވަނީ އޭނާ ބަޔާން ދޫކޮށްލަން ބޭނުންވާކަމަށް ބުނެފައެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި ބަޔާނުން މިހާރު އަންނަނީ 30 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އަދި މާނޭ ދޫކޮށްލަން ލިވަޕޫލުން ބޭނުންވަނީ 42.5 މިލިއަން ޕައުންޑުގެ އަގަކަށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އެއީ މާނޭގެ ބަދަލުގައި އެހެން ކުޅުންތެރިޔަކު ލިވަޕޫލުން ހޯދަން ބޭނުންވާތީއެވެ.

އުމުރުން 30 އަހަރުގެ މާނޭ ލިވަޕޫލަށް ބަދަލުވީ ސައުތެމްޓަންގައި ހުރުމަށްފަހު 2016 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ އޭގެ ފަހުން އެ ޓީމަށް 269 މެޗު ކުޅެދީ 120 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ލިވަޕޫލާއެކު ޔޫރަޕުގެ ބޮޑެތި ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު އެއް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު، ކަރަބޯ ކަޕް އެއް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.

ސަޑިއޯ މާނޭބަޔާން މިއުނިކްލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު