Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމްގެ ކޮންގްރެސް 2022

މާލީ ދަތިކަމާ ދިމާވީ ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން: ބައްސާމް

ފާއިތުވި އަހަރަކީ ހުރިހާ ގޮތަކުން ވެސް އެފްއޭއެމަށް ދަތި އަހަރަކަށްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2022 | އަންގާރަ 04:06
އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހުނީ ޚަރަދުތައް ކުޑަ ނުކުރުމުން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު އޮތް އެފްއޭއެމްގެ ކޮންގްރެސްއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ފާއިތުވި އަހަރަކީ ހުރިހާ ގޮތަކުން ވެސް އެފްއޭއެމަށް ދަތި އަހަރަކަށްވި ކަމަށެވެ. ބައްސާމް ވިދާޅުވީ މުބާރާތްތައް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުމަކީ ސްޕޮންސަރޝިޕް ލިބުމުގައި ދަތިތަކާ ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް، އެފްއޭއެމުން ކުލަބްތަކަށް ދޭން ޖެހޭ ފައިސާގެ އެހީތެރިކަން 90 ނުވަތަ 95 އިންސައްތަ ކުލަބްތަކަށް ހަވާލުކޮށްދިންކަމަށް ބައްސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ މުޅި ދުނިޔޭގައި ވެސް އޭރު ކުރަމުން ދިޔަކަމަކީ ޚަރަދު ކުޑަކުރުން ކަމަށެވެ. އަދި މިގޮތުން އެފްއޭއެމަށް ބަލާނަމަ، މުވައްޒަފުން މަދުކުރުމާއި، މުސާރަ ކުޑަކުރުމުގެ އިތުރުން ކުލަބްތަކަށް ދޭންޖެހޭ ފައިސާގެ އެހީތެރިކަން ކުޑަކުރުން އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އޭރު އެފްއޭއެމް އޮތީ މާލީ ގޮތުން ވަރުގަދަ ހާލަތެއްގައިކަމުން އޭރު އެ ފިޔަވަޅުތައް ނޭޅީ ކަމަށެވެ. އަދި އެ ވަގުތު އެކަން ކުރި ނަމަ، ގިނަ ކުޅުންތެރިކަންތަކެއް މަގުމަތި ވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އޭރު ކަންތައް ކުރީ ހާލަތަށް ބަލައި، އެންމެ ރަނގަޅަށް ކަމަށެވެ.

މީގެ އިތުރުން ބައްސާމް ވިދާޅުވީ އެފްއޭއެމުން ކުލަބްތަކަށް ދޭން ވައުދުވެފައިވާ މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާނެކަމުގައެވެ. އަދި މިއީ ކުލަބްތަކަށް ލިބޭނެ އުފާވެރި ހަބަރެއް ކަމަށް ބައްސާމް ވިދާޅުވިއެވެ. އެފްއޭއެމްގެ ކޮންގްރެސްގައި، މިއަހަރު ތެރޭގައި އެފްއޭއެމްއަށް ލިބޭނެކަމަށް ބަޖެޓުކޮށްފައިވަނީ 80.4 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ދަރަނީގެ ބޮޑު ބައެއްވެސް މިހާރު ދައްކައި ނިމިފައިވާކަމަށެވެ.

ދަރަނީގެ މައްސަލަތަކެއް ދިމާވެފައިވާ އެފްއޭއެމްއަށް ފީފާއިން ވަނީ، ގައުމީ ޓީމުގެ ކުރީގެ ކޯޗު މާޓިން ކޫޕްމަންއަށް ބަދަލުދޭން އަންގާފައެވެ. މީގެ އިތުރުން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ނެދަލެންޑްސްގެ ރެނޭ ހިޑިންކްއަށް 2.9 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށްވެސް ނިންމާފައިވެއެވެ.

ބައްސާމް އަދީލް ޖަލީލްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު