Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިވަޕޫލްގެ އެދުމަށް ސަލާހު ދެކޮޅު

ލިވަޕޫލްގެ އެދުމަށް ދެކޮޅު ހަދާ ސަލާހު ޤައުމީ ޓީމަށް ކުޅެ، ޓީމް މޮޅުކޮށްދީފި

މެޗުން މިޞްރު މޮޅުވީ 1-0 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 03:03
ސަލާހުއާއެކު މިސްރު ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-މިޞްރު ޤައުމީ ޓީމް

ސަލާހުއާއެކު މިސްރު ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-މިޞްރު ޤައުމީ ޓީމް

މެޗުގެ ކުރިން އަނިޔާގެ ހާލަތު ދެނެގަތުމަށް ސްކޭން ހަދާ, ސްކޭން ރިޕޯރޓް ދައްކަން ލިވަޕޫލުން އެދުނު ނަމަވެސް އެކަމަށް ދެކޮޅު ހަދާ ފޯވާޑް މުޙައްމަދު ސަލާހު މިސްރު ޓީމަށް ކުޅެ ޓީމް މޮޅުކޮށްދީފިއެވެ.

ސަލާހު ކުޅުނު އެފްރިކަން ކަޕްގެ ކޮލިފިކޭޝަންގައި ގިނީއާ ދެކޮޅަށެވެ. މެޗު މިޞްރުން ކާމިޔާބުކުރީ 1-0 ނެވެ. މެޗުގައި ސަލާހު ވަނީ 90 މިނިޓް ކުޅެފައެވެ. ސަލާހު މެޗު ފުރިހަމަކުރީ މުޅިން ފިޓްކޮށް ހުރެއެއް ނޫނެވެ. މެޗަށްފަހު ސަލާހު ވަނީ އަނިޔާގެ ހާލަތު ދެނެގަތުމަށް އެކްސްރޭ ނަގާފައެވެ. މިޞްރަށް ދެން އޮތީ ކޮލިފައިންގައި އިތިއޯޕިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެފަހުން ސައުތުކޮރެއާއާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗެއް އެބައޮތެވެ.

ސަލާހަށް އަނިޔާވީ އެފްއޭކަޕް ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފްގައެވެ. އަނިޔާގެ ސަބަބުން މެޗު ފުރިހަމަނުކޮށް ސަލާހު ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން ސައުތްހެމްޓަންއާ ދެކޮޅަށް ޕްރިމިއަރ ލީގުގައި ކުޅުނު މެޗުންވެސް ސަލާހުއަށް ފުރުޞަތެއް ނުދެއެވެ. ލިވަޕޫޕްގެ އެދުމާ ދެކޮޅަށް ސަލާހު މެޗު ފުރިހަމަކޮށްފައި މިވަނީ އޭނާގެ ކުރިމަގާމެދުވެސް ސުވާލުތަކެއް އުފެދިފައިވަނިކޮށެވެ. ލިވަޕޫލާއެކު އޮތް އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ކުރިއަށް އޮތް ސީޒަންގައި ލިވަޕޫލްގައި މަޑުކުރާނެކަމުގެ ޔަޤީންކަން ސަލަހު ދެއެވެ.

މުހައްމަދު ސަލާހުއެފްކޮންސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

ދިވެހި ދައުލަތުގެ އިއްޒަތް ޑިމްސް ޞާލިހަށް

11 ނޮވެމްބަރު 2025
ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު

ބާންލީ އަތުން ފަހު ވަގުތު ލިވަޕޫލް މޮޅު ކޮށްދިނީ ޞަލާޙު

15 ސެޕްޓެމްބަރު 2025
މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

މުހިންމު ކުޅުންތެރިންގެ އެއްބަސްވުން އައު ނުކޮށް އޮތަސް، ސްލޮޓް ހާހެއް ނުވޭ!

14 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު