Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

ސަލާހް ލިވަޕޫލުގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމާ، އެއްބަސްވުން އާކޮށްފި

އައު އެއްބަސްވުމާއި އެކު ސަލާހަކީ މިހާރު ޕްރެމިއާ ލީގުގެ ދެ ވަނަ އަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އައްވީއިރު، އޭނާއަށް އަހަރަކު 20.8 މިލިއަން ޕައުންޑުގެ މުސާރައެއް ލިބޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 12 އެޕްރީލު 2025 | ހޮނިހިރު 14:28
މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް: އިތުރު ދެ އަހަރު ލިވަޕޫލުގައި މަޑުކުރަން ވަނީ ނިންމާފައި

މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް: އިތުރު ދެ އަހަރު ލިވަޕޫލުގައި މަޑުކުރަން ވަނީ ނިންމާފައި

މިސުރުގެ ފޯވަޑް މުހައްމަދު ސަލާހް ލިވަޕޫލާއެކު އައު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ސަލާހް، އެ ކްލަބާއެކު އާ އެއްބަސްވުމުގައި ސޮއިކުރީ 500 މިލިއަން ޕައުންޑްގެ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައި ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

އޭނާ ލިވަޕޫލާއި އެކު ސޮއިކުރި މި އެއްބަސްވުމާއި އެކު ކުރިއަށް އޮތް ދެ އަހަރު އޭނާ ހުންނާނީ ލިވަޕޫލްގަ އެވެ. އެއީ 2027 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

ސަލާހް، ލިވަޕޫލް އާއެކު އެއްބަސްވުން އާކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެ، އެ ކްލަބުން ދެ އަހަރު ދުވަހަށް އެއްބަސްވުން އާކުރި ކަމަށް އިއުލާން ކުރީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. މިދިޔަ އަހަރުގެ އިތުރުން އޭގެ ކުރިންވެސް ސަލާހާއި ލިވަޕޫލް އެއްބަސްވުމަކަށް މަސައްކަތް ކުރި ނަމަވެސް އެކަން އޮތީ ކާމިޔާބު ނުވެއެވެ.

ސަލާހާއި ލިވަޕޫލަށް އެއްބަސްވުމަކަށް ނާދެވި ގިނަ ދުވަސްވެގެން ގޮސް، ދާދިފަހުން ސަލާހް ވަނީ އެކަމުގައި ނުރުހުންވެސް ފާޅުކޮށްފައެވެ. އެ ފަހަރު ސަލާހް ބުނީ ބޮޑަށް ގާތީ ލިވަޕޫލް ދޫކޮށްލުން ކަމަށެވެ.

އެއާއެކު ސައުދީ ކްލަބުތަކުން ސަލާހް ހޯދަން މަސައްކަތް ކުރި އިރު، ބީބީސީ ސްޕޯޓްސް އިން ބުނީ 500 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްވެސް ސަލާހަށް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް ސަލާހް ޔޫރަޕްގެ ފުޓުބޯޅަ ދޫކޮށްލަން ބޭނުން ނުވާތީ އެ ހުށަހެޅުން ގަބޫލު ނުކުރީ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

އައު އެއްބަސްވުމުގެ ދަށުން 32 އަހަރުގެ ފޯވަޑް ވެގެންދާނީ ކުލަބުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. މި ސީޒަނުގެ ނިޔަލަށް ހަމަވާ އޭނާގެ ކޮންޓްރެކްޓްގައި ހަފުތާއަކު ލިބެނީ 350000 ޕައުންޑް އެވެ. ނަމަވެސް އައު ކޮންޓްރެކްޓްގެ ދަށުން ހަފުތާއަކު ހަތަރު ލައްކަ ޕައުންޑް ލިބޭނެ އެވެ.

ޕްރެމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަކީ ސިޓީގެ ނޯވޭގެ ފޯވަޑް އާލިން ހާލަންޑެވެ. އޭނާ އަށް ހަފުތާއަކު ފަސް ލައްކަ ޕައުންޑް ލިބެ އެވެ.

ސަލާހަކީ މިހާރު ޕްރެމިއާ ލީގުގެ ދެ ވަނަ އަށް އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އެވެ. އޭނާއަށް އަހަރަކު 20.8 މިލިއަން ޕައުންޑުގެ މުސާރައެއް ލިބޭނެއެވެ.

ސަލާހް ލިވަޕޫލްގައި އަށް އަހަރު ހޭދަކޮށްފައިވާ އިރު، ހުރިހާ ކާމިޔާބީއެއް އެ ކްލަބާއެކު ހޯދާފައިވެއެވެ. އިތުރު ދެ އަހަރަށް ސަލާހް އެއްބަސްވުން އާކުރި އިރު، އޭނާ ހުރީ އަދިވެސް ވަރުގަދަ ފޯމެއްގައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު