Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮރިސް ޖޯންސަންގެ އިތުބާރު ނެތްކަމުގެ ވޯޓު

އިތުބާރު ނެތްކަމުގެ ވޯޓުން ބޮރިސް ސަލާމަތްވެވަޑައިގެންފި

ވޯޓު ކާމިޔާބުކުރެއްވުމަށް ބޮރިސް އަށް ބޭނުންފުޅުވީ 180 ވޯޓު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ޖޫން 2022 | އަންގާރަ 02:21
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފިއެވެ.

އިތުބާރު އޮތްކަމުގެ ވޯޓު ކާމިޔާބުކުރެއްވުމަށް ބޮރިސްއަށް ބޭނުންފުޅުވަނީ 180 ވޯޓެވެ. ބޮރިސްއަށް އިތުބާރު އޮތްކަމަށް 211 ވޯޓު ލިބިވަޑައިގެންނެވިއިރު އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 148 މެމްބަރުންނެވެ. އެހެންކަމުން ކުރިޔަށް އޮތް އަހަރުވެސް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުގައި ހުންނަވާނީ ބޮރިސް އެވެ.

ނަމަވެސް ބޮރިސް ނިސްބަތްވެވަޑައިގެންނަވާ ކޮންޒަވޭޓިވް ޕާޓީގެ 359 މެމްބަރުންގެ ތެރެއިން 148 މެމްބަރުން އެމަނިކުފާނުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވުމަކީ އެމަނިކުފާނުގެ އަތްޕުޅުގައިވާ ބާރުތަކާމެދު ސީރިއަސް ނަޒަރަކުން ވިސްނަންޖެހޭނެކަމެކެވެ. ބޮރިސްގެ ކޮންޓްރޯލް އޮތް މިންވަރަށް ކުރިޔަށް އޮތްތަނުގައި ގެއްލުންތަކެއް ކުރިމަތިވެދާނެކަމެކެވެ.

އިތުބާރުނެތްކަމުގެ ވޯޓު ކާމިޔާބުކުރައްވާ ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ބޮރިސް ވިދާޅުވީ މިއީ އެއްވެސް ޝައްކެތްނެތް މިންވަރަށް ކާމިޔާބު ލިބިފައިވާ ނަތީޖާއެއްކަމަށެވެ. އަދި މިނަތީޖާއިން ދޭހަވި ކަމަކީ ރައްޔިތުންނަށް ހަގީގަތުގައި ބޭނުންވާ ކަންކަމަށް ފޯކަސް ކުރުމާއެކު ސަރުކާރާއެކު ކުރިޔަށް ދިޔުންކަމަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ފެންމަތިވީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ ތެރެއިން 54 މެމްބަރުން ސޮއިކުރައްވާ އެޕާޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ބޮރިސްއަށް ޖެހިވަޑައިގެންނެވީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބަވާ ކޮންޒަވޭޓިވް ޕާޓީގެ 359 މެމްބަރުންގެ މެޖޯރިޓީ ވޯޓު ހޯއްދަވާށެވެ. މިވޯޓުން ބޮރިސްއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިނަމަ އެޕާޓީއަށް ބޮޑުވަޒީރުކަމަށް އެހެން މެމްބަރަކު އައްޔަނުކުރަން މަޖުބޫރުވާނެއެވެ.

ބޮރިސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވާއިރު ކޮވިޑް19ން ރައްކާތެރިވުމަށް އިނގިރޭސިވިލާތުގައި އަޅާފައިއޮތް ފިޔަވަޅުތަކާ އެމަނިކުފާނު ޚިލާފުވެވަޑައިގެންފައިވާ މައްސަލައަކީ މިވޯޓަށް ދިއުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ އެއް މައްސަލައެވެ. ކޮވިޑް-19 އާ ގުޅިގެން އެއްވުންތައް ބޭއްވުން މަނާކޮށްފައިވަނިކޮށް ބޮރިސް ވަނީ ޕާޓީކުރައްވާފައެވެ.

އިނގިރޭސިވިލާތްބޮރިސް ޖޯންސަން

އިތުރަށް ކިޔާލަން

09 މެއި 2024

އައިޑީ ނުލާ ވޯޓުލައްވަން ވަޑައިގަތުމުން ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޕޯލިންގ ސްޓޭޝަނުން ފޮނުވާލައިފި

09 މެއި 2024
އައިޑީ ނުލާ ވޯޓުލައްވަން ވަޑައިގަތުމުން ކުރީގެ އިނގިރޭސި ބޮޑުވަޒީރު ޖޯންސަން ޕޯލިންގ ސްޓޭޝަނުން ފޮނުވާލައިފި
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
11 އޮކްޓޯބަރު 2023

އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި

11 އޮކްޓޯބަރު 2023
 އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު