Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
1443 ވަނަ އަހަރުގެ ހައްޖު

ދިވެހި ހައްޖާޖީންނަށް ފެންވަރު ރަނގަޅު ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް ވަނީ އަދިއްލާ ކުންފުނީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 ޖޫން 2022 | އަންގާރަ 02:04
ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދިއްލާ ކުންފުނީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވަނީ

ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދިއްލާ ކުންފުނީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވަނީ

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް، މައްކާއަށްދާ ޙާޖީންނަށް ފެންވަރު ރަނގަޅު ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި، މައްކާއާއި މަދީނާގައި ޙާޖީންނަށް ލިބިދެވޭ ޚިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ސަޢޫދީ ޢަރަބިއްޔާއަށް، ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އަދިއްލާ ކުންފުނީގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޢަޒްމީ ޙަބްޝުއާއި 1443 ވަނަ އަހަރުގެ ޙައްޖުގެ ކަންކަމާއި ގުޅޭ އެކުންފުނީގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުން އަދި ކުންފުނީގެ ބައެއް އިސްވެރިންނެވެ.

މި ބައްދަލުވުމުގައި، ދެފަރާތުންވެސް މި އަހަރުގެ ޙައްޖު މޫސުމުގައި ޙާޖީންނަށް ލިބިދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތަކާއި، ފާއިތުވެދިޔަ އަހަރުތަކާއި ޚިލާފަށް އެފަދަ ޚިދުމަތްތަކަށް ގެނެވިފައިވާ ކުރިއެރުމާއި، ހެޔޮބަދަލުތަކުގެ މަޢުލޫމާތު ހިއްސާކުރިއެވެ. މިގޮތުން، ޢަޒްމީ ޙަބްޝާގެ ވާހަކަފުޅުގައި، ޙާޖީންނަށް ޚިދުމަތް ފޯރުކޮށްދޭ ދިވެހި ކުންފުނިތަކަކީ، އަބަދުވެސް ވަރަށް ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ޚިދުމަތް ދެމުންދާ އުޞޫލުތަކަށް ފުރިހަމައަށް ތަބާވާ ކުންފުނިތަކެއް ކަމަށާއި، ދިވެހި ޙާޖީންނަކީވެސް ކިޔަމަންތެރި، މަޑުމައިތިރި ބައެއްކަން ފާހަގަކުރެއްވިއެވެ. ހަމަ އެފަދައިން، ދެފަރާތުން ގުޅިގެން ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި، ދެފަރާތުގެ އެއްބާރުލުން ލިބިދިނުމާއި ބެހޭގޮތުންވެސް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އަލްއުސްތާޛް މުޙައްމަދު އަނީލް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޙައްޖު މިޝަނާއި އަދިއްލާ ކުންފުންޏާއި ދެމެދު އޮންނަ ގާތްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން، މި އަހަރުވެސް ފުރިހަމަ ޚިދުމަތްތަކެއް ދިވެހި ޙާޖީންނަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، އެކަމަށްޓަކައި އަދިއްލާގެ ފަރާތުން ފުރިހަމަ އެއްބާރުލުމަށްވެސް އެމަނިކުފާނުވަނީ އެދިވަޑައިގަންނަވާފައެވެ.

މިނިސްޓްރީގެ ވަފްދާއި އަދިއްލާ ކުންފުންޏާއެކު ބޭއްވުނު މި ބައްދަލުވުން ނިންމާލައްވަމުން، އެކުންފުނީގެ ފަރާތުން ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކާއި، ކުންފުނީގެ ފަރާތުން އަދާކޮށްފައިވާ ފުރިހަމަ މެހެމާންދާރީއަށްޓަކައި، ސްޓޭޓް މިނިސްޓަރ އަނީލް ވަނީ، އެކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން، ޙާޖީންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އައިސްފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި، ސްޓޭޓް މިނިސްޓަރ އަނީލް ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު އާއި ވަލިއްޔުލް ޢަހްދު މުޙައްމަދު ބިން ސަލްމާނަށް، ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި، އިސްލާމީ ދުނިޔޭގެ ޤައުމުތަކުން އެއް މިލިޔަން ޙާޖީން މައްކާއަށް ޒިޔާރަތްކުރުމުގެ އެންމެހައި އިންތިޒާމުތައް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި، ކަމާބެހޭ ކުންފުނިތަކުން ދަނީ ފުރިހަމަކުރަމުންނެވެ.

ހައްޖުއިސްލާމިކް މިނިސްޓްރީސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން މި މަހު އެމެރިކާ އަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު