Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރުގެ ޙުކުމް

މަރުގެ ޙުކުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދައްކާފައި އޮތީ ސިޔާސީ ބޭނުމަށް: މިނިސްޓަރު

ހޯމަ ދުވަހު މިނިސްޓަރު އިމްރާން މަޖިލީހަށް ވަޑައިގެންނެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ޖޫން 2022 | ހޯމަ 04:43
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރު

މަރުގެ ޙުކުމުގެ ވާހަކަ އެކި ސަރުކާރުތަކުން ދައްކާފައި އޮތީ ސިޔާސީ ބޭނުމަށްކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިހަހަރުގެ ދެވަނަ ދައުރުގެ 10 ވަނަ ޖަލްސާއަށް މިނިސްޓަރު ހާޒިރު ކުރެއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު ކުރައްވާ ސުވާލަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މެންބަރު ކުރެއްވި ސުވާލަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މަރުގެ ހުކުމްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުމަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ހުރިހާ އިޖްރާތްތަކެއް ފުރިހަމަވާ ގައިދީންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާމެދު މި ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯއެވެ.

އަދި އެފަދަ ފަރާތްތަކުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެތޯއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިން އިސްލާމް ދީން ޤަބޫލުކުރީ މި ދީނުގެ ފުރިހަމަކަން ޤަބޫލުކޮށްގެން ކަމަށެވެ. ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް ބޯލަނބައިގެން ތިބޭތާ 900 އަހަރުވެފައިވާއިރު، އިސްލާމް ދީނުގެ ޙުކުމްތައް އިސްތިސްނާއެއް ނެތި ޤަބޫލު ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޒަމާނުއްސުރެ އެކި ސަރުކާރުތަކުން ސިޔާސީ ބޭނުމުގައި މަރުގެ ޙުކުމާއި ގުޅުވައިގެން ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ސިޔާސަތަށް އެއްވެސް ބަދަލެއް އެއްވެސް ސަރުކާރެއްގައި ގެނެސްފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ މަރުގެ ޙުކުމް ތަންފީޒު ނުކޮށް ދަމަހައްޓަން ޒަމާނުއްސުރެ އަމަލުކުރަމުންދާ މޮރިޓޯރިއަމްގެ ދަށުން ހުރިހާ ސަރުކާރަކުންވެސް މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ ގޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މިނިވަން ފަނޑިޔާރުގެއެއް ނެތްނަމަ، މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހޭތޯ ސުވާލު ކުރައްވާފައެވެ. މަރަށް ޙުކުމް ކުރެވޭ މިންވަރަށް ރާއްޖޭގައި އަދުލު އިންސާފު ޤާއިމު ކުރެވިފައިވޭތޯ މެމްބަރު ސުވާލު ކުރެއްވިއެވެ.

ނަމަވެސް އެއީ މިއަދުގެ ސުވާލާ ގުޅުންހުރި ވާހަކައެއް ނޫންކަމަށް މަޖިލީހުގެ ރިޔާސަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

އެއާއެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އެއީ ގުޅުންހުރި ސުވާލެއްކަން ފާހަގަކުރައްވައި އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ. އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، އެއީ ރާއްޖޭގެ ޝަރުއީ ދާއިރާ ހިނގާ ގޮތާއި ގުޅޭ ސުވާލެއް ކަމަށާއި، އެ ސުވާލު މިނިސްޓަރަށް ރައްދު ނުކުރެއްވީ އެހެންވެ ކަމަށެވެ.

މި މައުޟޫއަށް މަޖިލީހުގެ މެމްބަރުންގެ ހޫނު ބަސްތަކެއް ރިޔާސަތާއި މިނިސްޓަރަށް ވަނީ އަމާޒު ކުރައްވާފައެވެ.

މަރުގެ ޙުކުމުގެ ވާހަކަތަކުގެ ޚުލާސާ:

މީގެ ކުރީ ސަރުކާރުތަކުން އެކި ފަހަރުމަތިން މަރުގެ ޙުކުމް ތަންފީޒު ކުރާނެކަމަށް ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުން މީހަކު މެރުމަށް ހުކުމްކޮށްފި ނަމަ، އެ ހުކުމް ތަންފީޒުކޮށް ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ހޯމް މިނިސްޓްރީން އަމުރުކުރީ ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

މީޑިއާގެ ކުރިމަތީގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވާ ނެރުއްވި އަމުރުގައި ވަނީ "ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މީހަކު މެރުމަށް ނިޔާ ކަނޑައަޅައި ހުކުމެއް ކޮށްފި ނަމަ އެހުކުމް ތަންފީޒު ކުރާނީ ލީތަލް އިންޖެކްޝަން ޖަހައިގެން" ކަމަށެވެ.

އެގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާން ޖެހޭ ތައްޔާރީތައްވުމަށް ވެސް އަމުރުގައިވެއެވެ.

މީގެއިތުރުން، މަރުގެ ހުކުމް ތަންފީޒުކުރުމަށް މި ސަރުކާރަށް ކެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ 21 ނޮވެމްބަރ 2014 ގައި ވިދާޅުވެފައެވެ. ހަމައެއާއެކު، އެންމެ އުފާވެވަޑައިގަންނަވާނީ ޑރ. އަފްރާޝީމްގެ މަރުގެ ގާތިލު ހޯދައި އެ މީހަކަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމުން ކަމަށް 27 އޭޕްރީލް 2015 ގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބައެއް އިތުރު ތާރީޚުތަކަށް ބަލާއިރު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރަށް މަރު ހިފަން ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ 1 އޮގަސްޓް 2017 ވަނަ ދުވަހުއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދެއްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވީ 6 އޮގަސްޓް 2017 ވަނަ ދުވަހުއެވެ. 

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން 2018 ވަނަ އަހަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިމްރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

ސިޔާސީ މަސައްކަތަށް ނިކުންނަވާނީ ފާޑުކިޔުންތައް އަންނާނެކަން އެނގި ތަހަންމަލް ކުރުމުގެ ވިސްނުމާއެކު: އިމްރާނު

06 އޮކްޓޯބަރު 2023
ފުލުހުން ރެކްރޫޓްވާ މިންވަރަށް ބެލުމަށްފަހު ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ފުޅާކުރުން ކުރިއަށްދޭ: އިމްރާން

ފުލުހުން ރެކްރޫޓްވާ މިންވަރަށް ބެލުމަށްފަހު ފުލުހުންގެ ޚިދުމަތް ނެތް ރަށްރަށުގައި ޚިދުމަތް ފުޅާކުރުން ކުރިއަށްދޭ: އިމްރާން

22 މެއި 2023
61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުން: "ޕްރޮޖެކްޓު ފެށުމަށް ރާއްޖެއިން ކުރަން ޖެހޭކަންކަން ވަނީކޮށް ނިމިފައި" - އިމްރާން

61 ރަށުގައި ޕޮލިސް ސްޓޭޝަން އެޅުން: "ޕްރޮޖެކްޓު ފެށުމަށް ރާއްޖެއިން ކުރަން ޖެހޭކަންކަން ވަނީކޮށް ނިމިފައި" - އިމްރާން

22 މެއި 2023
މިނިސްޓަރު އިމްރާނަށް ވަގަށް ގޮވައި އަޑުގަދަ ކުރެއްވި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރެފި

މިނިސްޓަރު އިމްރާނަށް ވަގަށް ގޮވައި އަޑުގަދަ ކުރެއްވި ބައެއް މެންބަރުންގެ ނަން އިއްވާ މަޖިލީހުން ނެރެފި

22 މެއި 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު