Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހި ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންވެސް ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން މަނާ

އާންމު މުވައްޒަފުންގެ ވަޒީފާގެ ޤަވާއިދަށް އަމަލުކުރަން ވަނީ ފަށާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖޫން 2022 | އާދީއްތަ 10:16
ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ވަޒީފާގެ ޤަވާއިދަށް އަމަލުކުރަން ވަނީ ފަށާފައި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ވަޒީފާގެ ޤަވާއިދަށް އަމަލުކުރަން ވަނީ ފަށާފައި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ވަޒީފާގެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

މި ޤަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. މިއީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ) 133 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ އާންމު މުވައްޒަފުންގެ ވަޒީފާއާ ބެހޭ އާންމު އުސޫލުތަކާއި، ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ބަޔާންކޮށްފައިވާ ގަވާއިދެވެ.

މި ގަވާއިދުގެ މަގުސަދަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އާންމު މުވައްޒަފުންގެ މަޤާމުތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުން މަޤާމުތަކަށް އައްޔަނުކުރުމާއި، ވަޒީފާއަށް މީހުން ހޮވުމާއި، މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، މިނޫނަސް ވަޒީފާއާ ގުޅޭ އެންމެހައި އުސޫލީ މިންގަނޑުތައް ބަޔާންކުރުމެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި އާންމު މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގެ އިތުރުން، އިތުރު އާމްދަނީއެއް ހޯދުމުގެގޮތުން އެހެން މަސައްކަތެއް ކުރެވޭނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ގޮތެއްގެ މަތީން ލިޔުމުން ހުއްދަ ހޯދުމަށްފަހުގައެވެ. އެގޮތަށް ހުއްދަ ދެވޭނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތަށް ދަތިނުވާގޮތަށްކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އޭގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އާންމު މުވައްޒަފެއްގެ ދާއިމީ މަޤާމަކަށް ހޮވޭ ކޮންމެ މީހަކަށް ވަޒީފާ ދިނުމުގައި އެ ފަރާތާ ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އެކުލަވައިލާ ވަޒީފާގެ އެއްބަސްވުމުގައި، އެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުރުމަށް ޝަރުތު ކުރަންވާނެކަން ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، ދިމާވާ ވަކި ހާލަތްތަކެއްގައި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތްނުކޮށް ވަޒީފާއިން ވަކިވެވިދާނެ ގޮތްތަކެއް އެ އެއްބަސްވުމުގައި ބަޔާންކުރަންވާނެކަން ވަނީ ފާހަގަކޮށްފައެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި އާންމު މުވައްޒަފުން ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުމަކީ މަނާކަމެކެވެ. އެގޮތުން ސިޔާސީ ޕާޓީއެއްގެ އެއްވެސް މަޤާމެއް ފުރުމާއި، ވަޒީފާއެއް އަދާކުރުމާއި، ސިޔާސީ ބޭނުމަކަށް ހިންގާ ހަރަކާތެއް އިންތިޒާމު ކުރުމުގައި ބައިވެރިވުމާއި، އަދި އެފަދަ ކަމެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ސިޔާސީ މަޤާމަކަށް މީހަކު ހޮވުމަށް ބާއްވާ އިންތިޚާބަކަށް ކުރިމަތިލައިފައިވާ ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ނުވަތަ ތާއީދު ނުކުރާކަން ހާމަކުރުމުގެގޮތުން އެއްވެސް ސިފައެއްގައި އެއްވެސް ކަމެއް ކުރުންވެސް މަނަލެވެ.

ހަމައެއާއެކު، ސިޔާސީ ހަރަކާތެއް އެކުލެވޭ އާންމު ޖަލްސާއެއް ނުވަތަ އެއްވުމެއް ނުވަތަ ޙަފްލާއެއް ނުވަތަ އެފަދަ އިޖުތި މާޢީ ބައްދަލުވުމެއް ރޭވުމާއި، އެފަދަ ބައްދަލުވުމެއް ރޭވުމަށް އެހީތެރިވެދިނުމާއި، އެފަދަ ތަންތަނުގައި ތަޤުރީރުކުރުމާއި، އެފަދަ ޖަލްސާއެއް ނުވަތަ ހަރަކާތެއް ހިނގަމުންދާ ތަނަކަށް މުވައްޒަފަކު ޢަމަލީގޮތުން ގޮސް އަޑުއަހަން ހުރުމާއި، އެފަދަ ކަމެއްގައި އެއްވެސް ގޮތަކުން ބައިވެރިވުންވެސް މިއީ އެ މުވައްޒަފުންނަށް މަނާކޮށްފައިވާ ކަންކަމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު