Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގޭންގު ކުށްތައް ގިނަވުން

ގޭންގުތައް މައިތިރިކުރުން- ޖަހަންވީ މޮހޮރުގެ ބޮލުގައެވެ.

ރާއްޖޭގައި ގޭންގުތައް ޙަރަކާތްތެރިވާތާ އެތައް އަހަރެއް ވަނީ ވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޖޫން 2022 | އާދީއްތަ 06:57
40 އެއްހާ ގޭންގު ބޮޑުވެ، ބިޔަވެ، ފުލުހުންގެ ލިސްޓުގެ ނަން މަޝްހޫރު ގޭންގުތަކަށް ވަނީ ވެފައި

40 އެއްހާ ގޭންގު ބޮޑުވެ، ބިޔަވެ، ފުލުހުންގެ ލިސްޓުގެ ނަން މަޝްހޫރު ގޭންގުތަކަށް ވަނީ ވެފައި

މޮހޮރު ޖަހާއިރު ބައެއް ފަހަރު މަރުތެޔޮ ކަސިޔާރުވެގެން ގޮސް، މީހާގެ އަތަށްވެސް އަނިޔާވާ ފަހަރު އާދެއެވެ. ބައެއް ފަހަރު މަރުތެޔޮ ގޮސް ޖެހެނީ މޮހޮރުގެ އަރިމަތީގައެވެ. ބައެއްފަހަރު މޮހޮރުގެ ތިރީގައެވެ. ބައެއް ފަހަރު ކުޑަތަންކޮޅެއް މަތީގައެވެ. ނަމަވެސް ޖަހަންވީ މޮހޮރުގެ ބޮލުގައެވެ. ސީދާ ބޮލުގައެވެ. މޮހޮރު ވަންނާނީ އޭރުންނެވެ.

ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރަންވެސް ހަދަންވީ މަންތަރައަކީ އެއީއެވެ. ނުވިސްނުނުތޯއެވެ؟

ރާއްޖޭގައި ގޭންގުތައް ޙަރަކާތްތެރިވާތާ އެތައް އަހަރެއް ވަނީއެވެ. ގޭންގުތައް އޮޕަރޭޓްކުރާ ގޮތާއި، ކުށް ކުރާ ޓްރެންޑު ތަފާތުވެއްޖެއެވެ. 40 އެއްހާ ގޭންގު ބޮޑުވެ، ބިޔަވެ، ފުލުހުންގެ ލިސްޓުގެ ނަން މަޝްހޫރު ގޭންގުތަކަށް ވެފައިވާކަން ދާދި ފަހުން ފުލުހުން ވަނީ އާންމުކޮށްފައެވެ.

އެ މައުލޫމާތުތަކާއެކު، އެންމެންވެސް އުފެއްދި ސުވާލަކީ އެ 40 ގޭންގަކީ އިރު އޮއްސި އަލިވިލުނުއިރު، އުފެދި ފުޅާދާއިރާއެއްގައި އޮޕަރޭޓް ކުރަން ފަށާފައިވާ ގޭންގުތަކެއްތޯއެވެ؟ ނޫނީ ކުއްލިއަކަށް ވައިކުޑައިގައި ރާއްޖެއަށް ތިރިވި ބައެއްތޯއެވެ؟

ޙަޤީޤަތަކީ ތިޔަ ބުނާ ގޭންގުތަކެއް އުފެދި، ބޮޑުވެ، ފުޅާވަމުން އައިސްފައިވަނީ އަޅުގަނޑުމެން އެންމެންގެވެސް ކުރިމަތީގައިކަމެވެ. ފުލުހުންނާއި، މިކަން ޙައްލު ކުރަންތިބި މުއައްސަސާތަކުގެ "އުނގުތެރޭގައި" ކަމެވެ. އެކަމުގައި އޮޅުމެއް ނެތެވެ.

އޮޅުން އަރާ ކަމަކީ އެހިސާބަށް ރާއްޖޭގެ ޙާލަތު ގޮސް، އަހަރުން އަހަރަށް ގޭންގު ކުށްތަކުގެ ތަފާސްހިސާބުތައް ކިޔާލައިގެން ނިންމާލާ ހިސާބަށް މި ޤައުމުގެ ކަންކަން ދިޔައިރު، މޮހޮރުގެ ބޮލުގައި ނުޖެހިގެން މި އުޅެނީ ކީއްވެބާއެވެ؟

މުއައްސަސާތައް ނެތީއެއް ނޫނެވެ. އަނގޮޓީގައި ޖަހާފައި ހުންނަ އެސްތަކެއް ފަދައިން، ތާޖުގައި ޖަހާފައިވާ ޖަވާހިރުތަކެއް ފަދައިން، ޤައުމު ޒީނަތްތެރި ކުރާނެ މުއައްސަސާތައް ނަން ހުސްކޮށް އެބަހުއްޓެވެ.

ފުލުހުންނާއި، ޕްރޮސެކިއުޓަރ ޖެނެރަލާއި، ރައްޔިތުންގެ މަޖިލީހާއި، ކޯޓުތަކާއި، މުޅި ފަނޑިޔާރުގެއާއި، އެކި ނަންނަމުގައި އުފައްދާފައިވާ ކޮމިޝަންތަކާއި، ޓާސްކްފޯސްތަކާއި، ސިފައިންނާއި މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. މި އެންމެންވެގެން މަސައްކަތް ކޮށްގެންވެސް، ރާއްޖޭގައި މި ޙަރަކާތްތެރިވާ ގޭންގުތައް މަތަކޮށް ނުލެވޭނީ ޤައުމެއްގެ ނިސްބަތުން ހާދަހާ ބަލިކަށިވީމައެވެ. ހާދަހާ ލާޗާރުވީމައެވެ.

އެއީ މުއައްސަސާތަކެވެ. ދެން އޮތީ ޤާނޫނުތަކުގެ ވާހަކައެވެ. ޤާނޫނުލްއުޤޫބާތާއި، ޤާނޫނުއަސާސީއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، އޭގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާއި، ގޭންގު ކުށްތައް މަނާ ކުރުމުގެ ޤާނޫނާއި، މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ޤާނޫނުވެސް ހަދާފައިވަނީ ސުމާރެއް ނެތިއެވެ.

އެހެންނަމަވެސް އެއްކަލަ ކުށްވެރިޔާ ދެމިގެންދަނީ މި ދެންނެވި ޤާނޫނުތަކުގެ ދެ ފޮޅުވަތް ދޭތެރޭގައި ހުންނަ ކުދިކުދި ބާގަނޑެއްގެ ތެރެއިންނެވެ. ކުޑަކުޑަ ހިންމިއެއްހާ ޖާގައެއްގެ ތެރެއިންނެވެ. ޤާނޫނުތައް ހަދަން ޖެހެނީ މި ދެންނެވި ބާގަނޑުތައްވެސް ހިމެނޭގޮތަށްހެން ހީވާކަހަލައެވެ.

އެތައް އަހަރެއްވެގެން ދިޔައިރުވެސް އަދިވެސް އިވެނީ މި ދެންނެވި ބާގަނޑުތަކުން މީހުން ދެމިގަންނަ ވާހަކައެވެ. އެތައް މުއައްސަސާތަކާއި، އިދާރާތަކާއި، ޤާނޫނުތަކެއް އޮވެމެ، މި ދެންނެވި ބާގަނޑުތައް ބައްދާ ނުލެވޭހާ ދަތް ނެތް ސިންގާތަކަކަށް ހަމަ އަޅުގަނޑުމެން ވެ ނިމުނީތޯއެވެ؟

މިހާ ހިސާބަށް ކަންކަން ދާއިރުވެސް އަދިވެސް ހަމަ އަޅުގަނޑުމެން ތިބެންވީ އަހަރުން އަހަރަށް ޤައުމުގައި ކުށްތައް ގިނަވާ މިންވަރުގެ ވާހަކަ ދައްކަންތޯއެވެ؟ މާވެވަށް ވެއްޓުނު ގެރި ނަގާނެ ގޮތަކާމެދު ކުރެވުނު މަޝްވަރާތައް ފަދަ މަޝްވަރާއެއްގައިތޯއެވެ. މަޝްވަރާކޮށް ކޮށް ތިއްބައި ގެރިވެސް މަރުވީތާއެވެ. އެހެންވިއްޔާ މައްސަލައެއް ނެތެވެ.

އެހެން ނޫން ކަމުގައިވާނަމަ، މިކަމަށް ޙައްލެއް ގެނެވޭ ވަރުގެ ނިޔަތަކާއި، އަހައްމިއްޔަތުކަމެއް މި މައްސަލައަށް ދޭންވީނޫންތޯއެވެ؟ ފަށުވި ވާހަކަތައް ދެއްކުމާއި، ދޭތެރެ ދޭތެރެއިން ކަމާބެހޭ އިދާރާތަކަށް ހާޒިރުވެ، މޮޅެތިހާ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބޮޑެތި ސިމްޕޯޒިއަމްތައް ބޭއްވުން މަދުކޮށްލައި، އަމަލީ ސިފައެއްގައި ނަތީޖާ ދައްކަންވީނޫންތޯއެވެ؟

އިދާރާތަކުގެ ސަޅި ބައިސާތައް އަހަ އަހައި ރައްޔިތުން ފޫހިވެއްޖެއެވެ. ވައިވެއްޖެއެވެ. ތިޔަ ދައްކަވާހާ ފޮނި ވާހަކަތައް ހިިތި ކަނދޫވެލެއްގެ ބުޑަށް އެޅިނަމަ، އޭގައި އަޅާހާ އެއްޗެއް ފޮނިވާހާ ފޮނި ވާހަކަ ދެއްކެވިއްޖެ ނޫންތޯއެވެ؟ ތިޔަ ހުރިހާ ވާހަކައެއް ފެންކަމުގައި ހިމަ ހޯލިގަނޑެއްގެ ބުޑަށް އެޅިނަމަ، އެ ރޯވެ، އޭގެން ނިރު ފަޅާހާ ވާހަކަ ދެއްކިއްޖެނޫންތޯއެވެ؟ ނަތީޖާއެއް ނުފެންނަ ކަމެއްގައި ރައްޔިތުންގެ ޓެކްސް ލާރިން ކަމާބެހޭ އިދާރާތަކަށް ކުރާހާ ޚަރަދުތައް ބަލަ ބަލާ ރައްޔިތުން އެއްގޯސްވެއްޖެއެވެ.

މޮޅެތި ޤާނޫނުތައް ފާސްކުރާ ވާހަކަ ރައްޔިތުން އަހައިފިއެވެ. މޮޅެތިހާ އުކުޅުތަކާއި ހުނަރުތަކާއި ވަސީލަތްތައް ހޯދަމުންދާ ވާހަކަވެސް އަހައިފިއެވެ. ތަންތަން ސާފުކޮށް، ޤާބިލު މީހުން އެ ތަންތަނަށް ލީ ވާހަކަވެސް އަހައިފިއެވެ. އަޑުނީވެނީ އެންމެ ވާހަކައެކެވެ.

އެެއީ އެ ކަންކަމުގެ ނަތީޖާއެއް ފެނުނު ވާހަކައެކެވެ. ކުށް މަދުވި ވާހަކައެކެވެ. ގޭންގުތައް މައިތިރިކޮށްލެވުނު ވާހަކައެކެވެ. ކޮންމެ ފަހަރަކު ގޭންގުތަކުން އަމިއްލައަށް އެބައެއްގެ މަސްލަޙަތަށް ކޮންމެވެސް ތަނެއްގެ ކެފޭއަކަށް އަރައި މައްސަލަ ޙައްލުކޮށްލުމަކީ ދައުލަތުގެ އިދާރާތަކުގެ މޮޅުކަމެއް ނޫނެވެ. މޮޅުކަމަކަށްވާނީ ގޭންގުތައް ހުއްޓުވާލެވުނީމައެވެ.

ލަކުޑި ގަނޑުގެ ތެރެއަށް މޮހޮރު ވައްދާލަން ބޭނުންނަމަ، މަރުތޭލުން ތަޅަންވީ ލަކުޑިގަނޑަކު ނޫނެވެ. ޖަހަންވީ މޮހޮރުގެ ބޮލުގައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު