Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޫސްވެރިންގެ ކޮންގްރެސްގައި އެމްޖޭއޭ ބައިވެރިވުން

ރާއްޖޭގެ ނޫސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން އެމްޖޭއޭއިން އައިއެފްޖޭގައި ވާހަކަދައްކައިފި

އެމްޖޭއޭ ހިމެނޭ ގޮތުން އޭޝިޔާ އާއި އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތައް އެކުވެގެން ވަނީ "ފެޑެރޭޝަން އޮފް އޭޝިޔާ ޕެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖޫން 2022 | އާދީއްތަ 02:18
އައިއެފްޖޭގެ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރު މުހައްމަދު ޖުނައިދު ބައިވެރިވަނީ

އައިއެފްޖޭގެ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރު މުހައްމަދު ޖުނައިދު ބައިވެރިވަނީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާތައް ތަމްސީލުކުރާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ ކަމުގައިވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ކޮންގްރެސްގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން ބައިވެރިވެ ނޫސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކާމެދު އަޑުއުފުލައިފިއެވެ.

އޮމާންގެ ވެރިރަށް މަސްކަޓުގައި މެއި 31ން ޖޫން 3ގެ ނިޔަލަށް ބޭއްވި އައިއެފްޖޭގެ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވީ އެޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރު މުހައްމަދު ޖުނައިދުއެވެ.

Advertisement - newsAdvertisement

މިކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ވަނީ ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ހިއްސާކޮށް އެކަންކަން ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިކަމަށް އެޖަމިއްޔާއިން ބުނެއެވެ. މީގެއިތުރުން އެމްޖޭއޭއިން ކުރަމުން އަންނަ މަސައްކަތްތަކާއި ކުރަން ރާވާފައިވާ ކަންކަން އަދި އެމްޖޭއޭގެ ހަރަކާތްތަކާއި އިދާރީ އޮނިގަނޑު ޚަރުދަނާކުރުމާއި ގުޅޭގޮތުން ވަނީ އެކި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

މީގެއިތުރުން ކޮންގްރެސްގެ ތެރޭގައި އެމްޖޭއޭއިން ވަނީ އައިއެފްޖޭގެ ދާއިމީގެ މެމްބަރަކަށްވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިކަމަށް އެޖަމިއްޔާއިން ބުނެއެވެ. އަދި އެމްޖޭއޭ ހިމެނޭ ގޮތުން އޭޝިޔާ އާއި އޭޝިޔާ ޕެސިފިކް ގައުމުތަކުގެ ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާތައް އެކުވެގެން ވަނީ " ފެޑެރޭޝަން އޮފް އޭޝިޔާ ޕެސިފިކް ޖާނަލިސްޓްސް" ޔޫނިއަން އުފައްދާފައެވެ. އެޔޫނިއަންގެ ރައީސަކަށް ހޮވާފައިވަނީ އިންޑިޔާގެ ނޫސްވެރިއެއްކަމުގައިވާ ސަބީނާ އިންދަޖީތް އެވެ.

ނޫސްވެރިންގެ ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭގޮތުން އައިއެފްޖޭގެ ދާއިމީ މެމްބަރު ޖަމިއްޔާތަކުން އެ ކޮންގްރެސް އަށް ހުށަހެޅި ގަރާރުތަކަށް ރާއްޖެއިން ވަނީ ތާއީދުކޮށް ވާހަކަދައްކާފައެވެ. ޚާއްސަގޮތެއްގައި ފަލަސްތީނުގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރައީލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް ދިނުމަށް އެދި ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް، ޕަލަސްތީނިއަން ޖާނަލިސްޓް ސިންޑިކޭޓް (ޕީއެސްއައި) އާއި އައިއެފްޖޭ އަދި އައިސީޖޭޕީން ހުށަހަޅާ މައްސަލައަށް އެމްޖޭއޭއިން ތާއީދުކޮށް ވަނީ ވާހަކަދައްކާފައެވެ.

އެމްޖޭއޭނޫސްވެރިން

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2025

ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!

31 އޮކްޓޯބަރު 2025
ފައިސާ ދޭން ނިންމި ގޮތާއި މެދު ސުވާލު ކުރުމުން، މުޅި މަރުހަލާ ވެސް ޖެހީ "އުނބަށް"!
19 ސެޕްޓެމްބަރު 2025

ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް

19 ސެޕްޓެމްބަރު 2025
ރަޖިސްޓްރީ ނުކުރާ މީޑިއާތަކަށް ގާނޫނު އެޕްލައި ނުވާނެ ކަމަށް ބުނުމަކީ ބޮޑު ޖޯކެއް: ސަލީމް
18 ސެޕްޓެމްބަރު 2025

ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން

18 ސެޕްޓެމްބަރު 2025
ނޫސްވެރިންގެ މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރަން، ދައުރުވާ ފޮޓޯތަކަކީ ހަގީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް: ފުލުހުން
18 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު

18 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލުގެ ދަށުން ފިޔަވަޅު އަޅަމުން ދާނީ ސެލެކްޓިވް ކޮށް ވަކި މީޑިއާ ތަކަށް: ފިޔާޒު
19 އޯގަސްޓު 2025

މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް

19 އޯގަސްޓު 2025
މީޑިއާ ނައްތާލާ ބިލު ހުށަހެޅީ ބަންޑާރު ނައިބުގެ އޮފީހުން ފަރުމާ ކޮށްގެން: މީކާއީލްް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު