Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާ ސިފައިންގެ ފައުޖްތައް ފަހަތަށް ނުޖައްސައި ސުލްހައިގެ މަޝްވަރާކުރުމުގެ ބޭނުމެއް ނެތް: ޔޫކްރެއިން

ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިނަށް އަރައި ހަމަލާދޭން ފެށިތާ މިހާރު މިވަނީ 100 ދުވަސްވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 4 ޖޫން 2022 | ހޮނިހިރު 14:55
ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް މިހާރު ވަނީ 100 ދުވަސް ވެފައި

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް މިހާރު ވަނީ 100 ދުވަސް ވެފައި

ރަޝިއާގެ އަސްކަރީ ފައުޖްތައް ފަހަތަށް ނުޖައްސައި ސުލްހައިގެ މަޝްވަރާކުރުމުގެ ބޭނުމެއް ނެތްކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

ޔޫކްރެއިންގެ ރައީސްގެ އެޑްވައިޒަރ، މީކައިލޯ ޕޮޑޮލްޔަކް ވަނީ އެގައުމަށް ބޭނުންވާ ވަރަށް ހަތިޔާރު ލިބި، ޔޫކްރެއިންގެ އަސްކަރިިއްޔާގެ ބާރު ވަރުގަދަކޮށް، ރަޝިއާގެ އަސްކަރިއްޔާ ރަޝިއާގެ ބޯޑަރާ ވީހާވެސް ކައިރިއަށް ފަހަތަށް ނުޖެއްސެނީސް ސުލްހައިގެ މަޝްވަރާތައް ކުރިއަށްގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިނުން ފާހަގަކުރާގޮތުގައި ރަޝިއާއިން ވަނީ އެގައުމުގެ 20 އިންސައްތައިގެ ސަރަހައްދެއް މިހާރު ހިފާފައެވެ.

ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި ކުރިމަތިލުމުގެ ބާރު ޔޫކްރެއިންއަށް ދިނުމަށް ހުޅަނގުގެ ގައުމުތަކުން ދަނީ ޔޫކްރެއިންއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހުޅަނގުން ވަނީ ޔޫކްރެއިންއަށް ތަފާތު ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދީފައެވެ. ދާދިފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ސާމާނުން 700 މިލިއަން ޑޮލަރުގެ ހަތިޔާރާއި އެހެނިހެން ސާމާނު ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ނިންމަވާފައެވެ.

މިއެހީގެ ޕެކޭޖްގެ ދަށުން އެމެރިކާއިން ވަނީ ޔޫކްރެއިނަށް 4 ހައި މޮބިލިޓީ އަރޓިލަރީ ރޮކެޓް ސިސްޓަމް ފޯރުކޮށްދޭން ނިންމާފައެވެ. ބުދަ ދުވަހު ޕެންޓަގަންއިން މިކަން ހާމަކޮށްފައިވާއިރު، ރޮކެޓް ސިސްޓަމްތައް ބޭނުންކުރުމުގެ ކުރިން 3 ހަފުތާގެ ތަމްރީނުވެސް ބޭނުންވާނެކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. ރޮއިޓަރސް ރިޕޯޓުކޮށްފައިވާގޮތުން މި ހަތަރު ރޮކެޓް ސިސްޓަމްވެސް މިވަގުތު ހުރީ ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް ތައްޔާރަށް، ޔޫރަޕުގައެވެ.

މިރޮކެޓް ސިސްޓަމްތަކުގެ އިތުރުން ފަސް ކައުންޓަރ-އަޓިލަރީ ރާޑަރާއި ދެ އެއަރ ސަވައިލަންސް ރާޑަރާއި 1،000 ޖެވެލިން މިސައިލާއި 50 ކޮމާންޑް-ލައުންޗް ޔުނިޓްގެ އިތުރުން އެމްއައި-17 މަރުކާގެ ހަތަރު ހެލިކޮޕްޓަރު ހިމެނެއެވެ. މީގެ އިތުރުން ބާރުގަދަ ބޮޑުބަޑިއާއި ތަފާތު ވައްތަރުގެ ވަޒަންވެސް މިޕެކޭޖްގައި ހިމެނެއެވެ.

މިކަމާ ގުޅިގެން ރަޝިއާއިން ނުރުހުން ފާޅުކޮށް، ހަނގުރާމަ އިތުރަށް ފުޅާކުރުމަށް އެމެރިކާއިން އެހީވެދޭ ކަމަށް ރަޝިއާ ބުނެފައިވާއިރު، ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިން އަށް އެހީ ފޯރުކޮށްދިނުމާ ގުޅޭގޮތުން ބަސް ބުނުމުގެ ބާރު ރަޝިއާއަށް ނެތްކަމަށް ޕެންޓަގަންގެ އެންމެ އިސް ޕޮލިސީ އެޑްވައިޒަރ ކޮލިން ކާލް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ ހަނގުރާމަ އިތުރަށް ފުޅާވެގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށާއި، އެހެން ނަމަވެސް އެކަން އެގޮތަށް ވިޔަ ނުދިނުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.

މިހަނގުރާމަ ފެށީ ރަޝިއާއިން ކަމަށާއި، މިއީ ޔޫކްރެއިނުން ފަށައިގެން އުޅޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރަޝިއާއިން ބޭނުން ކޮންމެ އިރެއްގައިވެސް ހަތިޔާރު ބަހައްޓާފައި ހަނގުރާމަ ހުއްޓާލުމުގެ ބާރު އެގައުމަށް އެބައޮތްކަމަށް ކާލް ވިދާޅުވިއެވެ. އަދި ހަނގުރާމަ ފުޅާވެދާނެކަމުގެ ބިރު ރަޝިއާއަށް އޮތް ނަމަ އެގައުމުން ހަނގުރާމަ ހުއްޓާލަންވީ ކަމަށްވެސް ކާލް ވިދާޅުވިއެވެ. ކާލް ވަނީ އެމެރިކާއިން ރަޝިއާއެކު ސީދާ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާކަމަށްވެސް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރު ޒެލެންސްކީ ވަނީއެގައުމަށް ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާއަށް ހަމަލާދޭން ނޫޅޭކަމަށާއި، ރަޝިޔާއާމެދު އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަޝިއާއަށް އަރައި އެގައުމުގައި ޔޫކްރެއިނުން ހަނގުރާމަ ނުކުރާނެކަމަށާއި، އެގައުމުން ބޭނުންވަނީ ރަޝިއާއިން އެގައުމަށް އަރައި ދެމުންދާ ހަމަލާތަކުން ދިފާއުވުމުގެ ބާރުކަމަށް ވިދާޅުވެފައެވެ.

މިއީ ރަޝިއާއިން ފަށައިގެން އުޅޭ ހަނގުރާމައެއްކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ، ޔޫކްރެއިނުން ބޭނުން ވަނީ ރަޝިއާއިން ހިފާފައިވާ ސަރަހައްދުތައް އަލުން އަނބުރާ ހޯދަންކަމަށް ވިދާޅުވެފައެވެ.

ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރެއިންއަށް އަރައި ހަމަލާދޭން ފެށިތާ މިހާރު މިވަނީ 100 ދުވަސްވެފައެވެ.

ޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު