ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 13:18
ސެލެބްރިޓީ ރޭސް ސީޒަން 2 ގްރޭންޑް ފިނާލޭ
ސެލެބްރިޓީ ރޭސް ސީޒަން 2 ގްރޭންޑް ފިނާލޭ
ރާއްޖެއެމްވީ
ސެލެބްރިޓީ ރޭސް ސީޒަން 2
އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
 
ރޯމަންއަށް ލިބުނީ 2،738 ވޯޓު
 
އައްޒައަށް ޖުމްލަ 65،997 އެސްއެމްއެސް ލިބިފައިވޭ
 
އައްޒަ އެއްވަނައަށް ހޮވިފައިވަނީ 6 އިންސައްތައިގެ ތަފާތަކުން

ރާއްޖެޓީވީން ގެނެސްދޭ ރިއަލިޓީ ޝޯވް ސެލެބްރިޓީ ރޭސްގެ ދެވަނަ ސީޒަން އައްޒަ ކާމިޔާބުކޮށްފިއެވެ.

ޓައިޓްލް ސްޕޮންސަރގެ ގޮތުގައި ޕެޓްރޯލް އޮފިސީ ހަމަޖައްސައިގެން މިއަހަރު ކުރިއަށް ގެންދިޔަ ޝޯވްގެ އެޕިސޯޑުތައް ރަމަޟާން މަހުން ފެށިގެން ރާއްޖެ ޓީވީން ދައްކާފައިވާއިރު، ޝޯވްގެ ޖުމްލަ 7 އެޕިސޯޑެއް ދައްކާފައިވެއެވެ.

ޖުމްލަ 11 ބައިވެރިންނާއެކު ފެށި މި ޝޯވް ނިމުނުއިރު ފައިނަލަށް ގޮސްފައިވަނީ 5 ބައިވެރިންނެވެ. ފައިނަލަށް ދިޔަ ބައިވެރިންގެ ތެރޭގައި ހިމެނެނީ ދޮނާ، އައްޒަ، ރޯމަން، ފަރީލާ އަދި ފުބޫއެވެ. އުނދަގޫ ޓާސްކުތަކަކާއެކު ކުރިއަަށްގެންދިޔަ މި ޝޯވްގެ ޓައިޓަލް ލިބޭ ފަރާތް ހޮވާފައިވަނީ ޓާސްކުތަކުން ލިބުނު ޕޮޮއިންޓުން ނަގާފައިވާ 80% އާއި ބެލުންތެރިންގެ ވޯޓުން ނަގާ 20% އިންނެވެ.

ސެލެބްރިޓީ ރޭސް ސީޒަން 2ގެ ގްރޭންޑް ފިނާލޭ ހުކުރު ދުވަހު ކުރިއަށްގެންގޮސްފައިވާއިރު، އެއްވަނައަށް ގޮސްފައިވަނީ އައްޒައެވެ. އައްޒަ މި ޓައިޓްލް ކާމިޔާބުކޮށްފައިވަނީ 6 އިންސައްތައިގެ ތަފާތަކުންނެވެ. އެސްއެމްއެސްއިން 16 އިންސައްތަ ކާމިޔާބުކޮށް ޓާސްކުތަކުން 52 އިންސައްތަ ލިބިގެންނެވެ. ޖުމްލަ 68 އިންސައްތައާއެކު ޓައިޓްލް ކާމިޔާބުކޮށްފައިވާއިރު، އައްޒައަށް ޖުމްލަ 65،997 އެސްއެމްއެސް ލިބިފައިވެއެވެ.

އައްޒައަށް ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ޝޯވްގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމާއި، ލިއޯ ޓްރޭޑިންގގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމު ލިބިފައެވެ. އައްޒަ ބުނީ މިއީ އެއްވެސް ވަރަކަށް އުންމީދުކުރި ނަތީޖާއެއް ނޫން ކަމަށެވެ. ޝޯވްގެ ޓައިޓްލް ކާމިޔާބުކުރަން ކިތަންމެހާވެސް ބޭނުންވި ކަމަށާއި، އެހެންނަމަވެސް ރޯމަންއާ ދެމީހުންގެ ދެމެދުގައި ޕޮއިންޓުގެ ބޮޑު ތަފާތެއް ހުރުމުން އެއްވެސް ވަރަކަށް އެކްސްޕެކްޓު ނުކުރާކަމަށް އައްޒަ ބުންޏެވެ. އެހެންނަމަވެސް، ކާމިޔާބުކުރެވުނީތީ ވަރަށް އުފާވި ކަމަށާއި، ފޭނުންނާއި ލޯބިވާ މީހުން ދިން ހިތްވަރަށް ޝުކުރުވެރިވާކަމަށް އައްޒަ ބުނެފައިވެއެވެ.

ސެލެބްރިޓީ ރޭސް ސީޒަން 2 ގްރޭންޑް ފިނާލޭ - ރާއްޖެއެމްވީ

ދެވަނައަށް ހޮވިފައިވަނީ ރޯމަންއެވެ. ރޯމަންއަށް ޓާސްކުތަކުން 61.6 އިންސައްތަ ލިބިފައިވާއިރު، އެސްއެމްއެސްއިން ރޯމަންއަށް ލިބުނީ 0.69 އިންސައްތައެވެ. އެއީ 2،738 ވޯޓެވެ. ޖުމްލަ ރޯމަންއަށް ލިބުނީ 62.29 އެވެ. ރޯމަންއަށް މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ޑެލް ލެޕްޓޮޕާއި، ދެ ޓެބްލެޓެއް ވަނީ ލިބިފައެވެ.

ތިންވަނައަށް ހޮވިފައިވަނީ ފުބޫއެވެ. ފުބޫއަށް އެސްއެމްއެސްއިން ލިބިފައިވަނީ 1.20 އިންސައްތައެވެ. ޖުމްލަ 49.20 އިންސައްތަ ލިބިގެން ފުބޫ 3 ވަނައަށް ހޮވިފައިވާއިރު، ފުބޫއަށް މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ޑެލް ލެޕްޓޮޕަކާއި، ލިއޯ ޓްރޭޑިންގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމާއި، ޕްރޮގްރާމުގެ ފަރާތުން ފައިސާގެ އިނާމެއް ދީފައިވެއެވެ.

ހަތަރު ވަނައަށް ހޮވިފައިވަނީ ދޮނާއެވެ. ދޮނާ ހަތަރު ވަނަ ކާމިޔާބުކޮށްފައިވަނީ ޓާސްކުތަކުން ލިބުނު 47.2 އިންސައްތައާއި، އެސްއެމްއެސްއިން ލިބުނު 0.80 އިންސައްތަ ވޯޓާއެކުއެވެ. ދޮނާއަށް ވަނީ މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ސެމްސަންގް ގެލެކްސްސީ އެސް 22 ގެ ދެ ފޯނު ލިބިފައެވެ. އެއީ ނާސްތާ ޗެލެންޖުން އެއްވަނަ ހޯދުމުން ލިބޭ އިތުރު ފޯނެވެ. އަދި ލިއޯ ޓްރޭޑިންގގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމާއި، ޝޯވްގެ ފަރާތުން ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

0.67 އިންސައްތަ ވޯޓާއެކު ޖުމްލަ 18 އިންސައްތަ ލިބިގެން ފަސްވަނައަށް ހޮވިފައިވަނީ ފަރީލާއެވެ. ފަރީލާއަށް ވަނީ މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ސެމްސަންގް ގެލެކްސްސީ އެސް 22 ޕްލަސް ފޯނަކާއި، ލިއޯ ޓްރޭޑިންގގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމުގެ އިތުރުން ޝޯވްގެ ފަރާތުން ފައިސާގެ އިނާމެއް ދީފައެވެ.

މީގެ އިތުރުންވެސް އެކި އެޕިސޯޑުތަކުގެ ތެރެއިންވެސް ބައިވެރިންނާ އެކި އިނާމުތައް ހަވާލުކޮށްފައިވެއެވެ. ސެލެބްރިޓީ ރޭސް ސީޒަން 2ގެ ޓައިޓްލް ސްޕޮންސަރަކީ ޕެޓްރޯލް އޮފިސީއެވެ. ކޯ ސްޕޮންސަރ ޕްލަސްގެ ގޮތުގައި މިފްކޯއާއޮ މެޑްޓެކް ހިމެނޭއިރު، ކޯ ސްޕޮންސަރުންގެ ގޮތުގައި ސީ ގިއަރ، ބޭގްސް އެންޑް ސޯލްސް، މެކްސްކޮމް ޓެކްނޮލޮޖީސް، ރަން ފައުނު ބައިވެރިވެއެވެ. އޮފިޝަލް ޑްރިންކް ޕާޓްނަރގެ ގޮތުގައި ހެޕީ މާކެޓްގެ ރައުޗް އަދި އޮފިޝަލް ކޭޓަރިންގ ޕާޓްނަރގެ ގޮތުގައި އޮކްސިޖަން ހިމެނޭއިރު، އޮފިޝަލް ޕްރިންޓިންގ ޕާޓްނަރގެ ގޮތުގައި އެމްސެވަން ޕްރިންޓް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
18%
7%
7%
46%
11%
11%
ކޮމެންޓް
4 ޖޫން 2022 | ހޮނިހިރު 13:20
AZYANISMAIL
Varah kaamiyaabu season 2