Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރޯޑްކޮމްގެ އިލްތިމާސް

މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި ފުރުސަތު ކަށަވަރުކޮށްދިނުމަށް ބްރޯޑްކޮމްއިން އިލްތިމާސްކޮށްފި

2 ޖޫން 2022 | ބުރާސްފަތި 19:28

ވަކިވަކި ނޫސްވެރިން އައިޑެންޓިފައިކޮށް ބައެއް ފުލުހުން ފޮޓޯ ނަގަމުންދާކަމުގެ ކަންބޮޑުވުމުގެ މަޢުލޫމާތު ލިބިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޖޫން 2022 | ބުރާސްފަތި 19:28
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ޤާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ން އިލްތިމާސްކޮށްފިއެވެ.

އެކޮމިޝަނުން ބުނީ މާލޭގައި މިހާރު ބާއްވަމުންދާ އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަފާތު ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވެ، ނޫސްވެރިންގެ ޒިންމާއަދާކުރުމަށް އެންމެ އެކަށޭނެ މާހައުލެއް ޤާއިމްވެފައި ނެތްކަމުގެ ޝަކުވާ ކޮމިޝަނަށް ދަނީ ލިބެމުންކަމަށެވެ.

Advertisement - newsAdvertisement

މިގޮތުން އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންނަށް ބައެއް ފުލުހުންގެ ފަރާތުން އިންޒާރުދީ ހަދާކަމުގެ ޝަކުވާ އާއި، ވަކިވަކި ނޫސްވެރިން އައިޑެންޓިފައިކޮށް ބައެއް ފުލުހުން ފޮޓޯ ނަގަމުންދާކަމުގެ ކަންބޮޑުވުމުގެ މަޢުލޫމާތުވެސް ކޮމިޝަނަށް ވަނީ ލިބިފައެވެ. މިފަދަ ކަންކަމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަންކަމެކެވެ.

19 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމަކާ ގުޅިގެން ހިނގައިދިޔަ އެކި ކަންކަމުގައި،  ފުލުހުންގެ ފަރާތުން ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އެކިވަރުގެ އަނިޔާ ލިބުމާ ގުޅިގެން، އެ ސްޓޭޝަނުން އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމުގެ ގޮތުން، އެ ކޮމިޝަނުން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލަ ނިންމައި، މިއަހަރުގެ މޭ މަހު ކޮމިޝަނަށް ފޮނުވާފައިވާ ރިޕޯޓްގައިވެސް، "މުޒަހަރާތަކާއި، އެއްވުންތަކާއި، ހިނގާލުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ކޮންމެ މީޑިއާއަކަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަ ފުރުސަތު ދިނުމަށާއި، މުޒާހަރާތަކާއި، އެއްވުންތަކާއި، ހިނގާލުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ މީޑިއާ އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫނާރާނޭފަދަ ގޮތަކަށް، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަމެއްދީގެން މަސައްކަތްކުރުމަށް" ފުލުހުންނަށް އަންގައި ނަސޭޙަތްތެރިވުމަށްވެސް ބަޔާންކޮށްފައިވާނެކަމަށް ކޮމިޝަނުން ބުނެއެވެ.

2021 ފެބްރުއަރީ 19 ވަނަ ދުވަހު "ލެސޫކް ކެފޭ" ގެ ތެރެއިން ފުލުހުން ޙުސައިން އިޙްސާންއާމެދު އަނިޔާވެރި ގޮތަކަށް ޢަމަލުކޮށްފައިވާކަން މި ކޮމިޝަނުގެ ތަހުގީގަށް އެނގެން އޮތުމުން، މިފަދަ ޢަމަލުތައް ތަކުރާރު ނުކުރުމަށާއި، އެއްވެސް ޙާލަތެއްގައި އެއްވެސް މީހަކާމެދު އަނިޔާވެރި، އިހާނެތި، އިންސާނިއްޔަތާ ޚިލާފު، ރަހުމުކުޑަ ގޮތަކަށް ފުލުހުން ޢަމަލުނުކުރުމަށާއި، ކޮންމެ ފަރުދެއްގެވެސް އިންސާނިއްޔަތަށް ޤަދަރުކޮށް ޙުރުމަތްތެރިކޮށް ހިތުމަށް އެންމެހައި ފުލުހުންނަށާއި، ޚާއްސަ ގޮތެއްގައި މުޒާހަރާތަކާއި، ހިނގާލުންތަކާއި، އެއްވުންތައް ބަލަހައްޓައި ކޮންޓްރޯލްކުރުމުގައި ޙަރަކާތްތެރިވާ ފުލުހުންނަށާއި، އެކި ތަންތަނާއި ސީންތަކަށް ގޮސް ޙަރަކާތްތެރިވާ ފުލުހުންނަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ހަނދުމަކޮށްދީ، ނަސޭހަތްތެރިވުމަށް ލަފާއެރުވުމަށް ކޮމިޝަނުން ނިންމައިފި” ކަމުގައިވެސް، ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރިޕޯޓްގައިވެއެވެ.

އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް”ގެ ބޭނުން އެންމެ އެދެވިގެންވާ ގޮތަށް ބޭނުން ނުކުރާކަމުގެ ޝަކުވާއާއި، މުއްދަތު ހަމަވެފައިވާ ކާޑް ބޭނުން ކުރަމުންދާ ކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައިވާތީ، މިފަދައިން ޢަމަލުނުކޮށް، މި ކާޑް ހެއްދުމަށް ކޮމިޝަނަށް ހުށަހަޅައި، ހެދިފައިވާ ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މީޑިއާތަކަށާއި ނޫސްވެރިންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
02 ސެޕްޓެމްބަރު 2025

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި

02 ސެޕްޓެމްބަރު 2025
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުން ސިއްރު ކޮށްފި
19 އޯގަސްޓު 2025

"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި

19 އޯގަސްޓު 2025
"ކާލާ ބައިސާ" ޕްރޮގްރާމްގައި ސުހައިލްގެ އަބުރަށް ހުތުރުވާގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ރާއްޖެޓީވީ އަށް އަންގައިފި
18 އޯގަސްޓު 2025

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

18 އޯގަސްޓު 2025
ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި
24 ޖޫން 2025

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

24 ޖޫން 2025
ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ
05 ޖޫން 2025

ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

05 ޖޫން 2025
ބްރޯޑްކޮމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
16 މެއި 2025

ރައީސް، ބްރޯޑްކޮމްގެ މެންބަރުކަމަށް ރިޟްވާން އައްޔަންކުރައްވައިފި

16 މެއި 2025
ރައީސް، ބްރޯޑްކޮމްގެ މެންބަރުކަމަށް ރިޟްވާން އައްޔަންކުރައްވައިފި
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
26 ޖެނުއަރީ 2025

ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް

26 ޖެނުއަރީ 2025
ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމްގެ ސިޓީ އެއް ރާއްޖެޓީވީ އަށް
26 ޖެނުއަރީ 2025

ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި

26 ޖެނުއަރީ 2025
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ އިލްތިމާސްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް