Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސް އޮފިސަރުން ތަމްރީނަށް އިންޑިއާއަށް

ކަސްޓަމްސް އޮފިސަރުންގެ ގާބިލިޔަތުކަން އިތުރުކުރުމަށް އިންޑިއާގައި ތަމްރީންކުރަނީ

މި ތަމްރީންތަކުގައި 30 އޮފިސަރުން ބައިވެރިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 ޖޫން 2022 | ބުރާސްފަތި 16:58
ތަމްރީނަށް ފުރާ ކަސްޓަމްސް އޮފިސަރުންނާއެކު ކޮމިޝަނަރ ޖެނެރަލްއާއި އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ

ތަމްރީނަށް ފުރާ ކަސްޓަމްސް އޮފިސަރުންނާއެކު ކޮމިޝަނަރ ޖެނެރަލްއާއި އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ

މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ އޮފިސަރުންގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް އިންޑިއާގައި ތަމްރީންތަކެއް ދޭން ނިންމައިފިއެވެ.

މި ތަމްރީންތައް ދޭނީ އިންޑިއާގެ މުމްބާއީގައި ހުންނަ ނޭޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާރކޮޓިކްސް (އެންއޭސީއައިއެން)ގައި މި މަހުގެ 6ން ޖުލައި 1އަށެވެ. މި ތަމްރީންތަކުގައި ކަސްޓަމްސްގެ 30 އޮފިސަރުން ބައިވެރިވާނެއެވެ.

މި ދަތުރުގައި ބައިވެރިވާ އޮފިސަރުން ފޮނުވާލުމަށް ބުރާސްފަތި ދުވަހު ޚާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފާއި އިންޑިއާ ހައި ކޮމިޝަނުގެ ޑެޕިއުޓީ ކޮމިޝަނަރ ރޯހިތު ރިތޭޝް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުގައި ކަސްޓަމްސް އޮފިސަރުން، ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ގާނޫނު ތަންފީޒުކުރުމުގެ މައުލޫއަށް ބިނާކޮށް ހިންގޭ ތަމްރީނެއްގައި ބައިވެރިވާނެއެވެ. އެގޮތުން އިންޓްރެކްޓިވް ސެޝަންތަކާއެކު އިންޑިއާގެ ވުޒާރާތަކަށް ޒިޔާރަތްކުރުން ވެސް އޮންނާނެއެވެ.

މީގެ ކުރިންވެސް އެންއޭސީއައިއެންއިން ބޭއްވި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސް އޮފިސަރުން ބައިވެރިވިއެވެ. މިއީ 2019ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރައްވާފައިވާ ކަސްޓަމްސް ކޯޕަރޭޝަން އެމްއޯޔޫގެ ދަށުން ދޭ ތަމްރީންތަކެކެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ ވިދާޅުވީ، އިންޑިއާއާ ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރި 2021 ވަނަ އަހަރު 31 އިންސައްތައަށް ކުރިއަރާފައިވާކަމަށާއި، އޭގެ އަގު 323 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށެވެ.

ކަސްޓަމްސްއިން މައުލޫމާތުދޭގޮތުގައި މިހާތަނަށް އިންޑިއާއިން 100 ކަސްޓަމްސް އޮފިސަރަކު ވަނީ ތަމްރީން ހޯދާފައެވެ. އަދި އިތުރު 90 އޮފިސަރުން އޮންލައިންކޮށް ތަމްރީން ކޮށްފައިވާކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު