Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖޮނީ ޑެޕްގެ ޝަރީއަތް

ޖޮނީ ޑެޕް-އެމްބަރ ހާރޑް ޝަރީއަތް، ޖޮނީ ޑެޕާ އެއްކޮޅަށް ނިމިއްޖެ

2 ޖޫން 2022 | ބުރާސްފަތި 11:01

ޖޮނީ ޑެޕަށް 15 މިލިއަން ޑޮލަރު ދިނުމަށް އެމްބަރ ހާރޑްގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 ޖޫން 2022 | ބުރާސްފަތި 11:01
ޖޮނީ ޑެޕްއާއި އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހާރޑް

ޖޮނީ ޑެޕްއާއި އޭނާގެ ކުރީގެ އަނބިމީހާ އެމްބަރ ހާރޑް

ހޮލީވުޑްގެ މަޝްހޫރު ފިލްމް ސްޓާރ ޖޮނީ ޑެޕާއި އޭނާގެ ކުރީގެ އަންހެނުން އެމްބަރ ހާރޑާ ދެމީހުން އެކަކު އަނެކަކުގެ އަބުރު ކަތިލިކަމަށް ބުނެ ކޯޓަށް ވެއްދި މައްސަލައިގައި ޖޮނީ ޑެޕާ އެއްކޮޅަށް ޝަރީއަތް ނިމިއްޖެއެވެ. އަދި ކޯޓުން ވަނީ އޭނާގެ ނަން ހުތުރުވެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 15 މިލިއަން ޑޮލަރު ދިނުމަށް އެމްބަރ ހާރޑްގެ މައްޗަށް އަމުރުކޮށްފައެވެ.

އަނެއްކޮޅުން އެމްބަރގެ ނަން ހުތުރުވިކަމަށް ބުނެ ކުރި ދައުވާއާ ގުޅިގެން އޭނާއަށްވެސް 2 މިލިއަން ޑޮލަރު ޖޮނީޑެޕް ދޭންޖެހޭކަމަށް ކޯޓުން ބުދަދުވަހު ނިންމާފައިވެއެވެ.

މި ދެ ތަރިންގެ މައްސަލަ ފެށުނީ 2018 ވަނަ އަހަރު އެމްބަރ ހާރޑް މަޝްހޫރު ނޫސް ވޮޝިންގޓަން ޕޯސްޓަށް ދިން ބަޔާނެއްގައި، އޭނާއަކީ ގެވެށިއަނިޔާ ލިބުނު އަންހެނެއްކަމަށް ބުނުމާގުޅިގެންނެވެ. އެބަޔާނާ ގުޅިގެން ޑެޕްގެ އަބުރަށް ހުތުރު އަރާފައިވާކަމަށް ބުނެ، އެކަމުގެ ބަދަލު ހޯދުމަށް ޖޮނީ ޑެޕް މައްސަލަ ކޯޓަށް ވެއްދިއެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ހަތް ހަފްތާއެއްހާ ދުވަހު ކުރިޔަށް ދިޔަ ޝަރީއަތުގެ އަޑުއެހުންތައް ވަނީ 3 މިލިއަނެއްހާ މީހުން އޮންލައިންކޮން ބަލާފައެވެ. ޝަރީއަތުގެ އަޑުއެހުންތަކުގައި އެމްބަރ ހާރޑް އަންހެން ކޮއްކޮއެއް ވަނީ، އެމްބަރގެ ގައިގަ ޖަހަނިކޮށް ދުށްކަމަށާއި، ޖަހާފައި ހުންނަ ގޮތަށް ނޫފައިގެންފައި ހުރި ތަންތަން އެމްބަރގެ ގައިން ފެނިފައިވާކަމަށް ހެކިބަސް ދީފައެވެ. ނަމަވެސް ވަކި ހިސާބަކުން އެމްބަރ ހާރޑް ވަނީ، އޭނާގައިގަ ދުވަހަކުވެސް ޖޮނީ ޑެޕް ޖަހައި، އަތް އިސްކޮށްފައި ނުވާކަމަށް ބުނެފައެވެ. ނަމަވެސް ޑެޕްގެ ވަކީލުން ބުނީ އޭރު ޑެޕްގެ އަބުރަށް ލިބޭނެ ހުތުރެއް ލިބިފައިވާކަމަށެވެ.

ބުދަ ދުވަހު ޝަރީއަތް ނިމުމަށްފަހު ޖޮނީ ޑެޕް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ޕެނަލްގެ ނިންމުމުގެ ސަބަބުން، އޭނާގެ ކުރީގެ ދިރިއުޅުން އަނބުރާ ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަސްއަލަ ކުރިޔަށް ގެންދަން ބޭނުންވީ އޭނާގެ ދެކުދިންނަށާއި އޭނާގެ ސަޕޯޓަރުންނަށް، އޭނާއަކީ އަންހެނުންނަށް އަނިޔާކުރާ ވިޔާނުދާ މީހެއް ނޫންކަން ހާމަކޮށްދިނުމަށް ކަމަށް ޖޮނީ ޑެޕް ބުނެފައިވެއެވެ.

ޖޮނީޑެޕާއި އެމްބަރ ހާރޑް ފުރަތަމަ ބައްދަލުވެފައިވަނީ ފިލްމް "ދަ ރަމް ޑައެރީ" ކުޅުމުގެތެރެއިން، 2009 ވަނަ އަހަރުއެވެ. 2012 ވަނަ އަހަރުން ފެށިގެން ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު، 2015ގައި އެ ދެމީހުން ކައިވެނިކޮށްފައިވެއެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން 2016 ވަނަ އަހަރު ޑެޕް އެދިގެން ކައިވެނި ވަނީ ރޫޅާލާފައެވެ.

ކޯޓުގެ ޝަރީއަތުގެ އަޑުއެހުމުގައި އެމްބަރ ހާރޑް ބުނެފައިވާ ގޮތުން، 2012 ހިސާބުން ފެށިގެންވެސް ޖޮނީ ޑެޕް އައީ ރަލާއި މަސްތުވާތަކެތި ބޭނުންކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަމައިގަނެތި އޭނާގެ ރައްޓެހިންނަށް ޒާތްޒާތުގެ ޓެކްސް މެސެޖް ފޮނުވައި، އެމްބަރ ހާރޑަށް އަނިޔާކުރާނެކަމަށް ބުނެފައިވެއެވެ. އަދި މެސެޖްތައް ހެކީގެގޮތުގައި ހުށައަޅާފައިވެއެވެ.

އަނެއްކޮޅުން ޖޮނީ ޑެޕް ބުނަނީ އެމްބަރ ހާރޑް އޭނާރުޅިއަރުވައި އޭނާއަށް ދުއްތުރާކުރާކަމަށެވެ. މިގޮތުން ޑެޕަށް ޖެއްސުމަށް ނިދާ އެނދަށް އެމްބަރ ބޮޑުކަމުވެސް ދިޔަކަމަށް ޖޮނީ ޑެޕް ބުނެފައިވެއެވެ. މިކަމަށް އެމްބަރ ހާރޑްވެސް ވަނީ ކޯޓުގައި އެއްބަސް ވެފައެވެ.

ޖޮނީ ޑެޕް ބުނަނީ އެއީ އެމްބަރ ހާރޑް ވަރިކުރަން ނިންމުމުން އޭނާ ރުޅިއައިސްގެން ކުރި ކަންތައްކަމަށެވެ.

ޖޮނީ ޑެޕަށް ވަނީ، އޭނާ 14 އަހަރުވަންދެން ލޯބިވެގެން އުޅުނު ފަރަންސޭސި އެކްޓްރެސް އަދި ލަވަކިއުންތެރިޔާ ވަނެސާ ޕެރަޑިސްއަށް ދެކުދިން ލިބިފައެވެ. އެއީ 1999ވަނަ އަހަރު ލިލީ ރޯސް ޑެޕް އަދި 2002 ވަނަ އަހަރު ޖެކް ކިޔާ ފިރިހެން ކުއްޖެކެވެ. ވަނެސާ ޕެރަޑިސް އަދި ޖޮނީ ޑެޕް ކައިވެނި ކޮށްފައެއް ނުވެއެވެ. އޭނާ އޭރު ބުނިގޮތުގައި ލޯބިވާ ދެމީހުން އެކުގައި އުޅުމަށް ކަރުދާސް ހުއްދައެއް ބޭނުމެއް ނުވެއެވެ. ނަމަވެސް 2012 ވަނަ އަހަރު އެދެމީހުން ވަނީ ދުރުވެފައެވެ.

ޖޮނީ ޑެޕާއި އެމްބަރ ހާރޑް ލޯބީގެ ގޮތުން ގުޅި، އަދި ކައިވެނިކުރީ ވަނެސާއާއެކު އޮތް ގުޅުން ރޫޅުމަށްފަހުއެވެ.

އެމެރިކާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް