Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުދައްޔުގެ މަރުގެ މައްސަލަ

އުދައްޔުގެ މަރު: ޖޫން މަހުގެ 12 ވަނަ ދުވަހު ޝަރީއަތް ފަށަނީ

2 ޖޫން 2022 | ބުރާސްފަތި 07:05

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޖޫން 2022 | ބުރާސްފަތި 07:05
އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ.

Advertisement - newsAdvertisement

ޝަމީމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުގެ ފަރާތުން 2 ހުށައެޅުމެއް ހުށައެޅިއެވެ. އެއް ކަމަކީ ދައުލަތުން ހުށައެޅި 25 ސިއްރު ހެއްކެއްގެ ހެކިބަސް ދައުވާލިބޭ ފަރާތްތަކާ ވަކި ހާޒިރެއްގައި ނެގުމަށް އެދި ހުށައެޅި ހުށައެޅުމެވެ. އެ ހުށައެޅުން ދެން ތިބި ދައުވާލިބޭ ފަރާތްތަކާ ގުޅިގެންވެސް ދައުލަތުން ހުށައެޅިއެވެ.

ގާޒީ ވަނީ އެ ހުށައެޅުން ބަލައިގަތުމަށް ނިންމަވާފައެވެ. އެގޮތުން އެ 25 ހެކިންވެސް ދައުވާލިބޭ ފަރާތްތަކާ ވަކިން، އަޑު ބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ނެގުމަށް ވަނީ ނިންމަވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުން އޭނާގެ ފަރާތުން ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއުގައި ހެކި ހުށައަޅާފައިވީ ނަމަވެސް، އެއީ ތަހުގީގީ މަރުޙަލާގައި ފޯރުކޮށްދޭންޖެހޭ މައުލޫމާތުކަމަށްވާތީ، ދައުލަތުން އެދުނު ގޮތަށް، އެ ހެކިތައް ބަލައިނުގަތުމަށްވެސް ގާޒީ ނިންމެވިއެވެ.

މާޒިންގެ ފަރާތުން 4 ހުށައެޅުމެއް ހުށައެޅިއެވެ. އޭގެ ތެރޭގައި ދައުވާ ބާތިލު ކުރުމަށްވެސް އެދިފައިވާއިރު، އެކަށީގެންވާ މުއްދަތުގައި ދައުވާ އުފުލާފައިވާތީ އެ ހުށައެޅުން ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ. އަދި ދައުލަތުގެ ހެކިންގެ ހެކިބަސްތަކެއް ބަލައިނުގަތުމަށް އޭނާގެ ފަރާތުން އެދިފައިވާއިރު، ގާޒީ ނިންމެވީ އެ ހުށައެޅުމުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަށަވަރު ކުރެވޭނެ ކަންކަން ކަމަށެވެ. ވުމާއެކު އެ ހުށައެޅުންތައްވެސް ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ.

އޭނާގެ ފަރާތުން ހުށައެޅި 4 ހުށައެޅުންވެސް ބަލައިނުގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އަޙުމަދު ޝަމީމްގެ ފަރާތުންވެސް 4 ހުށައެޅުމެއް ހުށައަޅާފައިވާއިރު، މައިގަނޑު ގޮތެއްގައި ހިމެނެނީ އެއް ކަންތައްތަކެވެ. އެ ހުށައެޅުންތައް ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ.

އެހެންނަމަވެސް، ޝަރަފް ރަޝީދުގެ ފަރާތުން ހުށައެޅުމެއް ހުށައަޅާފައެއް ނުވެއެވެ.

އެއާއެކު، މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ މިވަނީ ނިމިފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފެށުމެވެ. އެގޮތުން ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް މި މައްސަލައިގެ ޝަރީއަތް ފަށައި، ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މާމެންދޫކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް