Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުނި ވަކިކޮށްގެން އުކާލަން ފެށުން

ކުނިވަކިކުރުމުގައި އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއެކު ވެމްކޯ "ސަޕްރައިޒް" ވެއްޖެ

ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 ޖޫން 2022 | ބުރާސްފަތި 02:17
ވެމްކޯގެ މުވައްޒަފުން ކުނި ނަގަން ދިޔައިރު ކުނިވަކިކޮށް ކޮތަޅުތަކުގައި ލޭބަލްކޮށްފައި

ވެމްކޯގެ މުވައްޒަފުން ކުނި ނަގަން ދިޔައިރު ކުނިވަކިކޮށް ކޮތަޅުތަކުގައި ލޭބަލްކޮށްފައި

މާލެ ސަރަހައްދުގެ ގޭބިސީތަކުން އުފައްދާ ކުނި އުކާލަން ނެރޭއިރު ކުނިވަކި ކޮށްފައި ނެރޭގޮތަށް ޖޫން 1ން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު އެކަމަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ވެމްކޯއިން ފާހަގަކޮށްފިއެވެ.

ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އާއްމުކޮށްފައިވާ ގަވާއިދުގެ ފަސް ވަނަ އިސްލާހުގައި އުކާލަން ނެރޭ ކުނި ކަނޑައެޅިފައިވާ ބައިބަޔަށް ވަކި ކުރަން ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ވެމްކޯއިން އަންގާފައިވާގޮތުގައި މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ކުނި އުކާލަން ނެރޭއިރު ވަކި ކޮށްފައި ހުންނަން ޖެހޭނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތުގެ ކުންޏެވެ.

ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ގޭބެސީތަކަށް ދިޔައިރު ފެނިގެންގޮސްފައިވަނީ ބައިބަޔަށް ކުނި ވަކިކޮށް ލޭބަލްވެސްކޮށްފައިވާ މަންޒަރެވެ. އެގޮތުން "ކުނިނުވާ"، "ކުނިވެފައި" އަދި "ޕްލާސްޓިކް" ކޮތަޅުގެ ބޭރުގައި ޖަހާ ވަނީ ލޭބަލްކޮށްދީފައެވެ. ކުނި ވަކިކޮށް ލޭބަލްކޮށްފައިވާ ފޮޓޯތަކާއެކު ވެމްކޯއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އާންމުންގެ ފަރާތުން ލިބުނު ތަރުޚީބާމެދު ވެމްކޯގެ މުވައްޒަފުން ތިބީ "ސަޕްރައިޒް"ވެފައި ކަމަށެވެ.

ވެމްކޯއިން އިތުރަށް ބުނީ ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ފެންނަނީ ކުންފުނިން އަންގާ އެންގުންތަކަށް ކިޔަމަންތެރިވާ މަންޒަރުކަމަށެވެ. އަދި ވަކިކޮށްގެން ކުނި ނެރުނު ކަސްޓަމަރުންނަށް ވެމްކޯއިން ސާބަސްދޭކަމަށް ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ކުދިތަންތަންކޮޅުގައި މީހުން އުޅޭއިރު ކުނި ވަކިކުރުމަކީ ދަތިތަކަމަކަށް ވާނެތީ ގިނަ ބަޔަކު އެކަމާމެދު ޝަކުވާކޮށް ސޯޝަލް މީޑިޔާގައި ވަނީ ޝުއޫރުފާޅުކޮށްފައެވެ.

ކުނި ވަކިކޮށްގެން ނެގިނަމަވެސް ވެމްކޯއިން ނަގާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މި މަސައްކަތަކީ ޒަމާންތަކެއްވީ ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން ކުނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިގޮތުން ދުވާލެއްގެ މައްޗަށް މާލެ ސަރަހައްދުން 600 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދެއްގެ ކުނި ތިލަފުއްޓަށް ޖަމާކުރަމުންދެއެވެ. މި ކުނިތައް މިހާރު މެނޭޖްކުރަމުންދަނީ މެޝިނެއްގެ އެހީގައި ކުނިތައް އެއްކޮށް ފިއްތާލުމަށްފަހުއެވެ. މިކަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެފައިވަނީ މި މަސައްކަތަކީ އެކި ބާވަތްތަކުގެ ކުނި ވަކިކޮށްގެން ކުރާ މަސައްކަތެއް ކަމަށާއި، ކުނި ވަކި ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ވެމްކޯގެ މުވައްޒަފުން އެމީހުންގެ އަތުން ކަމުގައެވެ. އެހެންނަމަވެސް ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަކީ މިމަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމުގައި މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. މިގޮތަށް ކުނި ބެއިލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުނިން ހަކަތަ އުފެއްދޭ ނިޒާމު ތިލަފުށީގައި ގާއިމުކުރެވެންދެން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

ވެމްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ޑަސްބިނަށް ކުނި އެޅުމަށްޓަކައި ރަޖިސްޓްރީކޮށްފައިވަނީ 823 ގޭބިސީންނެވެ. ވެމްކޯއިން ބުނީ މި ގަވައިދަށް އަމަލު ކުރަން ފެށުމުން އެފަދަ ގޭބިސީތަކުގައި ވެސް ދެ ޑަސްބިން ބަހައްޓަން ޖެހޭނެ ކަމަށެވެ. އެއީ ކުނިވާޒާތުގެ ކުންޏަށް އެއްް ޑަސްބިން، އަދި ކުނިނުވާ ޒާތުގެ ކުންޏަށް އެއް ޑަސްބިނެވެ.

ޑަސްބިނުން ކުނި ނަގަން ރަޖިސްޓްރީ ނުކުރާހާ ހިނދަކު ކުނި ނަގަމުންދާނީ ގޭގެ ދޮރުމަތިން ކަމަށް ވެމްކޯއިން ބުންޏެވެ. މާލޭގައި ގާތްގަޑަކަށް 46000 ގޭބިސީ ހުރިއިރު، ޚިދުމަތަށް ރަޖިސްޓްރީ ކޮށްފައިވަނީ 25000-26000 ދެމެދުގެ އަދަދެއްގެ ގޭބިސީތަކުންނެވެ. 

ވެމްކޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު