Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން އަޅާ އެއާޕޯޓްތައް

6 އެއާޕޯޓަށް 12 ޕްރޮޕޯސަލް، 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް

އަސްލަމް ވިދާޅުވީ އެއްބަސްވުމެއް ހަދައި 45 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖޫން 2022 | ބުދަ 17:10
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމްއާ ސުވާލުކުރެއްވުން

ސަރުކާރުން އެއާޕޯޓް އަޅަން ހުޅުވާލި ހަ ރަށަށް 12 ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި އެ އިންވެސްޓްމަންޓުގެ އަގު 25 މިލިއަން ޑޮލަރަށް އަރާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވައެވެ. އޭނާ ވިދާޅުވީ ޕްރޮޕޯސަލް ހުށަހަޅާ އުސޫލަށް ގެނައި ބަދަލުތަކާއެކު ގިނަ ބަޔަކު އެ ޕްރޮޖެކްޓުތަކަށް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށެވެ.

6 އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެގޮތުން، ފުރަތަމަ ހުށަހެޅި ފުރުސަތުގެ ދަށުން މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރާ ގޮތަށް ވެސް ޕްރޮޕޯސަލް ހުށައެޅެއެވެ. އެ ފުރުސަތުގައި ޕްރޮޕޯސަލް ހުށައަޅާއިރު މަދުވެގެން 5 މިލިއަން ޑޮލަރު ހުށައެޅުމަށް އޮތީ ކަނޑައަޅާފައެވެ.

މި އުސޫލު ބަދަލުކޮށް ދެވަނަ ފަހަރަށް އިއުލާން ކުރިއިރު ސަރުކާރުން ވަނީ މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ބައެއް ތަރައްގީ ކުރުމަށް ފައިނޭންސް ކުރެވޭ ގޮތް ހަދަާފައެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާއިރު އެންމެ ދަށް އަގަކަށް ކަނޑައެޅީ 3 މިލިއަން ޑޮލަރެވެ.

މި އެއާޕޯޓުތަކާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ 6 އެއާޕޯޓަށް ޖުމްލަ 12 ޕްރޮޕޯސަލް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެއީ 25 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި ލިބުނު ޕްރޮޕޯސަލްތައް ބަލައި ގާބިލުކަން ހުރިކުންފުނިތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެއާޕޯޓް އަޅަން ހުޅުވާލީ ހދ. މަކުނުދޫ އާއި ށ. ބިލަތްފަހި އާއި ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނު ބިތުގެ ރަށެކެވެ. މީގެ ތެރެއިން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު، މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު އަދި ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރުގެ ހަރަދެއް ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމް

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު