Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ130 ކިލޯ ޑްރަގް ކޭސް

130 ކިލޯ ޑްރަގް ކޭސް: ޝަހީބާއި އަހުމަދު މޫސާގެ ބަންދު ދަމަހައްޓަވައިފި

1 ޖޫން 2022 | ބުދަ 06:46

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖޫން 2022 | ބުދަ 06:46
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ މީހުން

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ ފަރާތްތަކުގެ ބަންދު މުރާޖައާ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުކޮށް، އެކަމާއި ގުޅޭ ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމްއާއި، ހއ. ހޯރަފުށި، ވައިލެޓްވިލާ އަހުމަދު މޫސާގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ އެ ދެމީހުން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށް އެދިލައްވާފައެވެ.

ޝަހީބުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެމީހުންގެ ސިއްޙީ މައްސަލަތަކަށް ޙައްލެއް ލިބޭނެ އިރުޝާދެއް ޝަރީއަތުން ދެއްވުމަށެވެ. އަހުމަދު މޫސާގެ ފަރާތުން އެދުނީ އޭނާ ބަންދުން ދޫކޮށްދިނުމަށެވެ.

އެ ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމިއެވެ. އެހެންނަމަވެސް، 24 އޭޕްރީލްގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަށް ބަލާއިރު، ބަންދު މުރާޖައާ މަޖިލީހަކީ ކަރެކްޝަންސްގެ މަދަނީ ޒިންމާ އަދާކުރާ މިންވަރު ބަލައި، އެކަމަށް ފަނޑިޔާރު ގޮތް ނިންމަވަންޖެހޭ ފަދަ މަޖިލީހެއް ނޫންކަމަށާއި، އެފަދަ މައްސަލަތަކުގައި އެކި ގާޒީން އެކި ގޮތަށް ނިންމެވުމުގެ ސަބަބުން ތަފާތު ނުކުރުމުގެ ޙައްޤަށްވެސް އުނިކަން އަންނަކަމަށް ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވެފައިވެއެވެ.

ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވި ގޮތުގައި ސިއްޙީ ޙާލަތެއްގެ ސަބަބުންވެސް ބަންދުގައި ހުރި ޙާލަތަށް ބަދަލެއް އައުމުގެ އިހްތިމާލު އެބަ އޮތެވެ. އެފަދަ ސިއްޙީ ޙާލަތެއް ކުރިމަތިވެފައިވާނަމަ ބަންދުގައި ހުރި ޙާލަތަށް ބަދަލު ގެނެވިދާނެކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި ވަގުތުން އެމީހުން ދޫކޮށްލަންޖެހޭ ފަދަ އިސްތިސްނާ ސަބަބެއް ފެންނަން ނެތްކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ، މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން އިޙްތިރާމު ކުރާނެކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ބަންުދުގައި ތިބޭ ފަރާތްތަކުގެ ބަންދު މުރާޖައާ ކޮންމެ 30 ދުވަހަކުން ކުރަން މަޖިލީހުން ފާސްކޮށް ޤާނޫނުގައި އެކަން ބަޔާންކުރީ ވަކި ސަބަބުތަކާހުރެކަން ފާހަގަ ކުރައްވައި ގާޒީ ވިދާޅުވީ، ޝަރީއަތުން ބަންދު ކޮށްފައި ތިބޭ ފަރާތްތަކުގެ ޙާލަތު ބެލިފައިވާ މިންވަރު ދައުލަތުގެ ފަރާތުން އެނގުން މުހިއްމު ކަމަށެވެ.

އިސްގާޒީ އަހުމަދު ޝަކީލު ވަނީ އެ ދެމީހުންގެ ބަންދު ދަމަހައްޓަވާފައެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 29 ޖޫންގައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް