Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑި މާރިއާ ރިޓަޔާވުން

ވޯލްޑް ކަޕަށްފަހު ޑި މާރިއާ ޤައުމީ ޓީމުން ރިޓަޔާވަނީ

އާޖެންޓީނާއާއެކު މިދިޔަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2022 | ބުދަ 05:37
ޑި މާރިއާ

ޑި މާރިއާ

މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕަށްފަހު ޤައުމީ ޓީމުން ރިޓަޔާ ވާނެކަމަށް އާޖެންޓީނާގެ ވިންގަރ އެންހެލް ޑި މާރިއާ ބުނެފިއެވެ.

އުމުރުން 34 އަހަރުގެ ޑި މާރިއާ ހޯމަ ދުވަހު ދިން އިންޓަވިޔުއެއްގައި ބުނީ މިފަހަރުގެ ވޯލްޑް ކަޕަށް ފަހު އެއީ ޤައުމީ ޓީމުން ރިޓަޔާ ވާންވީ ވަގުތު ކަމަށެވެ. އަދި މިހާރު ޤައުމީ ޓީމާއެކު ބައިނަލްއަގުވާމީ ލެވެލްގައި ކުޅޭނެ މޮޅެތި ޒުވާން ކުޅުންތެރިން އެބަ ތިބި ކަމަށެވެ. އަދި އެމީހުން އަންނަނީ ދުވަހުން ދުވަހަކަށް ކުރި އަރަމުންކަމަށާއި، އެމީހުންނަށް ހައި ސްޓޭންޑާޑްގައި ކުޅެވޭނެކަން އަންނަނީ ސާބިތުކޮށްދެމުން ކަމަށް ޑި މާރިއާ ބުންޏެވެ.

ޑި މާރިއާ ވަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް 121 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ ޤައުމީ ޓީމަށް 22 ލަނޑު ޖަހައިދީފައެވެ. ޑި މާރިއާ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު އޮތް ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފައިނަލްގައި ބްރެޒިލްގެ ކޮޅަށް އާޖެންޓީނާ ޖެހި ހަމައެކަނި ލަނޑު ޖެހީ ޑި މާރިއާއެވެ. އެ މުބާރާތުގެ ތައްޓަކީ 28 އަހަރު ދުވަހަށްފަހު އާޖެންޓީނާއަށް ކާމިޔާބުކުރެވުނު ފުރަތަަމަ ތައްޓެވެ. ޑި މާރިއާ ވަނީ އާޖެންޓީނާއާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް ކުޅެފައެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ވެސް ޑި މާރިއާ އާޖެންޓީނާއާއެކު ކުޅޭނެއެވެ.

ޑި މާރިއާ ވަނީ މި ސީޒަނަށްފަހު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމާފައެވެ. އޭނާ ދާނެ ވަކި ކުލަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް އިޓަލީގެ ޔުވެންޓަސް އިން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެންހެލް ޑި މާރިއާއާޖެންޓީނާ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު