Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ8 ބާވަތެއްގެ ޕްލާސްޓިކް އެތެރެކުރުން މަނާވުން

މިއަދުން ފެށިގެން 8 ބާވަތެއްގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ

1 ޖޫން 2022 | ބުދަ 02:26

ރައީސްގެ އިރުޝާދުފުޅާއެކު ސަރުުކާރުން ދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ޕްލާސްޓިކް ބާޒާރަށް ނެރުމާއި، އުފެއްދުން މަނާކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖޫން 2022 | ބުދަ 02:26
ޕްލާސްޓިކާއި ނުލައި ރާއްޖެ

ޕްލާސްޓިކާއި ނުލައި ރާއްޖެ

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އަންގާފައިވާ ގޮތަށް މިއަދުން ފެށިގެން 8 ބާވަތެއްގެ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެއެވެ.

މިއީ އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު މަނާ ކުރައްވާފައިވާ ޕްލާސްޓިކްގެ ބާވަތްތަކެވެ. އެމަނިކުފާނު އަންނަނީ މި އިސްލާހު ތަސްދީގު ކުރެއްވުމަށްފަހު އެކި މަރުހަލާތަކަށް ބަހާލައްވައިގެން ޕްލާސްޓިކްގެ ބާވަތްތަކުގެ ޕްލާސްޓިކް ރާއްޖޭގައި މަނާ ކުރައްވަމުންނެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބާޒާރަށް ނެރުން މަނާ ބާވަތްތަކުގެ ޕްލާސްޓިކް ކަނޑައަޅުއްވާފައެވެ. މީގެ ތެރެއިން ޖޫން 01 އިން ފެށިގެން މަނާކުރެވިގެންދާ ބާވަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން މަނާކުރެވިގެންދާއިރު، ފުރަތަމަ މަރުހަލާގައި މަނާކުރެވިގެންދާނެ ބާވަތްތަކަކީ:

މީގެއިތުރުން، ދިވެހިރާއްޖޭގައި އުފައްދާ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަދި ތައްޔާރީ ބުއިންތަކުގެ ބާވަތްތައް މިއަދުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކުރެވިގެންދާއިރު، މިތަކެތި ބާޒާރަށް ނެރުން 01 ސެޕްޓެމްބަރ 2022 އިން ފެށިގެން މަނާކުރެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލި ލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ފެން ނޫން އެހެން ބުއިންތަކެވެ.

މީގެ އިތުރަށް 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާކުރެވި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ބާޒާރަށް ނެރުން މަނާކުރެވޭނެއެވެ. މި ސައިޒުގެ ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 2023 ގެ ނިޔަލަށް މަނާކުރެވުނު ކަމުގައި ވީނަމަވެސް، ރާއްޖޭގައި މިހާރުވެސް އުފައްދަމުންދާ 1.5 ލީޓަރު ފުޅިއާއި އެއަށްވުރެ ބޮޑު ސައިޒުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ބާޒާރުގައި ލިބެން ހުންނާނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީތިމާވެށިޕްލާސްޓިކް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"

01 ޑިސެމްބަރު 2025
"ބެލްޖިއަމް ގެ ކުންފުންޏަކުން ރަސްމާލެ ހިއްކަމުން ދަނީ ތިމާވެށީގެ ރައްކައުތެރި ކަމަށް އެއްވެސް ބެލުމެއް ނެތި"
01 ޑިސެމްބަރު 2025

ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް

01 ޑިސެމްބަރު 2025
ވެހެމުން ދިޔަ ވާރޭ ގައި ގަހަށް ފެން ދިނުމުން، ސަރުކާރުގެ ވަޒީރުން "މީމް" އަކަށް
17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
02 އޮކްޓޯބަރު 2025

ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ

02 އޮކްޓޯބަރު 2025
ހުކުރު ދުވަހު ހެނދުނު އެޗްޑީސީ އިން މުރަކަ އިންދުމަށްފަހު ރޭގަނޑު ތިމާވެށީގެ ބައްދަލުވުމެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ

23 ސެޕްޓެމްބަރު 2025
ޒުވާނުން ހޭލުންތެރިކުރުވުމަށް ދިރާގުން، އީ-ވޭސްޓް ހެކަތޯން އެއް ބާއްވަނީ
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
07 އޯގަސްޓު 2025

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް