Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިކޯޓުގެ ފަނޑިޔާރު ރައޫފު

ހައިކޯޓުގެ ފަނޑިޔާރު ރައޫފު އިސްތިއުފާ ދެއްވައިފި

31 މެއި 2022 | އަންގާރަ 09:11

31 މޭ 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 މެއި 2022 | އަންގާރަ 09:11
ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް

ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް ހައިކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް 31 މޭ 2022 އިން ފެށިގެން ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ޖޭއެސްސީން އަންގާރަ ދުވަހު ވަނީ ހާމަކޮށްފައެވެ.

ފަނޑިޔާރު ރައޫފް އިސްތިއުފާ ދެއްވާފައިމިވަނީ އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ. 

އެހެންނަމަވެސް، ހައިކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛް އަބްދުއް ރައޫފް އިބްރާހިމް އަދި އަލްއުސްތާޛް އަބްދުﷲ ހަމީދު ވަކި ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދާދި ފަހުން އޮތީ ނިންމާފައެވެ.

ތަޙްޤީޤު ކޮމިޓީން ފުރަތަމަ ތައްޔާރުކުރި ރިޕޯޓުގައި ފަނޑިޔާރު ރައޫފުއާއި ފަނޑިޔާރު ހަމީދުގެ މައްޗަށް ހުށަހެޅުނު މައްސަލަ ސާބިތު ނުވާކަމަށްވެސް އޮތީ ނިންމާފައެވެ.

އޭރު އެ މައްސަލަ ޖޭއެސްސީން ނިންމިއިރު ބުނެފައިވާ ގޮތުގައި، އަރަބިއްޔާ ކޮށިން އެ ދެ ފަނޑިޔާރުންނަށް ފުލެޓް ލިބިފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާ އެކުގައި މަޝްވަރާތަކެއް ކުރެވިގެންނެވެ.

ފްލެޓާއި ގުޅޭ ހުށަހެޅުއްވުމުގައި ޢާންމު ރައްޔިތަކާ ތަފާތު ހެޔޮ އަގެއް ފުލެޓް އަގުގެ ގޮތުގައި ނެތްކަން ފާހަގަވާކަމަށްވެސް ޖޭއެސްސީން ފުރަތަމަ ނިންމި ރިޕޯޓުގައި ބުނެފައިވެއެވެ. ވުމާއެކު، ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ އިއްތިފާޤުން އޭރު ނިންމީ، ޤާނޫނު މަނާކުރާ އިނާޔަތެއް ބަލައިގަތް ކަމަށް ބަލާނެ ތަނެއް ނެތްކަމަށެވެ.

މީގެއިތުރުން، ތަޙްޤީޤު ކޮމިޓީން އެކުލަވައިލި ފުރަތަމަ ރިޕޯޓުގައި ކޮމިޓީން ނިންމާފައިވާ ނިންމުންތައް ބަދަލުކޮށް، ދެވަނަ ރިޕޯޓެއް އެކުލަވާލައި ގޮތް ނިންމާފައިވަނީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދީކަމަށް ފަނޑިޔާރުން ފާހަގަކުރައްވައެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 29ވަނަ މާއްދާގެ (ހ) އާ ޚިލާފު ކަމެއްކަމަށް އެ ފަނޑިޔާރުން ވިދާޅުވެއެވެ.

ވުމާއެކު، ޖުޑީޝަރީ ކޮމިޓީންވެސް ދާދި ފަހުން ނިންމާފައިވަނީ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލާފައިވަނީ އިޖުރާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ކަމަށާއި، އެ މައްސަލަ ޖޭއެސްސީން އަލުން ބެލުމަށް އެންގުމަށެވެ.

ހައި ކޯޓުފަނޑިޔާރުން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް