Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑިއަން ޕްރިމިއަރ ލީގު

އިންޑިއަން ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ގުޖުރާތަށް

30 މެއި 2022 | ހޯމަ 04:42

ގުޖުރާތުން މުބާރަތުގައި ވާދަކުރީ އަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2022 | ހޯމަ 04:42
ގުޖުރާތު ޓައިޓަންސް

ގުޖުރާތު ޓައިޓަންސް

އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ގުޖުރާތު ޓައިޓަންސް އިން ހޯދައިފިއެވެ.

މުބާރާތުގައި އަލަށް ވާދަކުރި ގުޖުރާތުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާޖަސްތާން ރޯޔަލް ބަލިކޮށްގެންނެވެ. ފައިނަލްގައި ރާޖަސްތާނުގެ މައްޗަށް ގުޖުރާތުން ކުރި ހޯދީ ހަތް ވިކެޓުންނެވެ.

ރޭ ކުޅުނު ފައިނަލް އޮތީ އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސެޓޭޑިއަމްއެވެ. ރޭގެ ފައިނަލް މެޗު ބަލަން ރެކޯޑު އަދަދަކަށް މީހުން ވަނީ ވަދެފައެވެ. 132،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް ރޭ ވަނީ 104،859 މީހުން ވަދެފައެވެ.

ފައިނަލްގައި ފުރަތަމަ ބެޓް ކުރީ ރާޖަސްތާނުންނެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު އެއްކުރި ކުޅުންތެރިޔާ ހުރީ އެ ޓީމުގައެވެ. އެއީ ޖޯޝް ބަޓްލާއެވެ. ފައިނަލްގައި އޭނާއަށް ހެދުނީ 35 ބޯޅައިން 39 ލަނޑެވެ. އެ ޓީމުގެ ޔަޝަޝްވީ ޖޭސްވާލަށް ހެދުނީ 16 ބޯޅައިން 22 ލަނޑެވެ. 20 އޯވަރަލްގެ ތެރޭގައި ރާޖަސްތާނަށް ނުބައިކުރެވުނީ ނުވަ ކުޅުންތެރިންނެވެ. އަދި އެ ޓީމަށް ހެދުނީ 130 ލަނޑެވެ.

ގުޖުރާތުން ފުރަތަމަ ކުޅެން އެރި ޕާޓްނާޝިޕްގައި ހިމެނެނީ ވިރިއްދިމަން ސާހާ އާއި ޝުބްމަން ގިލްއެވެ. މީގެ ތެރެއިން ފުރަތަމަ ކުޅެން އެރި ވިރިއްދިމަން ވަނީ ފަސް ލަނޑުން ނުބައިވެފައެވެ. ދެ ވަނަ އަށް ކުޅެން އަރައި ޝުބްމަން ވަނީ ނުބައިނުވެ 43 ބޯޅައިން 45 ލަނޑު ހަދާފައެވެ. ގުޖުރާތުން ފަހުން ކުޅެން އެރީ ހާޑިކް ޕާންޑްޔާ އާއި ޑޭވިޑް މިލާއެވެ. ހާޑިކް ވަނީ 34 ލަނޑު ހަދާފައެވެ. އަދި ޑޭވިޑް ވަނީ 32 ލަނޑު ހަދާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ގުޖުރާތުން ހޯދީ 18.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެ 133 ލަނޑު ހަދައިގެންނެވެ.

ފައިނަލްގެ ކުރިން ގުޖުރާތުން ވަނީ ދެ ފަހަރެއްގެ މަތިން ރާޖަސްތާން ބަލިކޮށްފައެވެ. އެއީ ލީގު ބުރުގައި ކުޅުނު މެޗާއި އަދި ފުރަތަމަ ޕްލޭއޮފްގައި ކުޅުނު މެޗުގައެވެ.

އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް