Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔަކު މަރާލުން

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

އޭނާގެ ގަޔަށް އަމާޒުކޮށް 10 ވަޒަން ފޮނުވާލާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 18:50
ބަޑިޖަހާ މަރާލި ޕަންޖޫބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިދޫ މޫސޭ ވާލާ

ބަޑިޖަހާ މަރާލި ޕަންޖޫބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސިދޫ މޫސޭ ވާލާ

ޕަންޖާބުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސުދީޕް ސިން ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފިއެވެ.

އާދިއްތަ ދުވަހު އުމުރުން 27 އަހަރުގެ ލަވަކިޔުންތެރިޔާގެ ގަޔަށް ބަޑިޖަހާފައިވަނީ ޖަވާހަރް ކޭ ވިލެޖްގައި ހުރި ޓެމްޕެލް އެއް ކައިރިންނެވެ. އޭނާގެ ގަޔަށް އަމާޒުކޮށް 10 ވަޒަން ފޮނުވާލާފައިވާއިރު މަންސާގެ ސިވިލް ހޮސްޕިޓަލުން ވަނީ މޫސޭ ވާލާ މަރުވެފައިވާކަން ކަނޑައަޅާފައެވެ.

މޫސޭ ވާލާއަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފައިމިވަނީ އޭނާގެ ސެކިޔުރިޓީ ދަށްކުރިތާ ކުޑަދުވަސްކޮޅެއް ފަހުންނެވެ. މޫސޭ ވާލާ އަކީ ޕަންޖާބުގެ ސިޔާސީ މީހުންގެ ތެރެއިން ސެކިޔުރިޓީ ދަށް ކުރި މީހުންގެ ތެރެއިން މީހެކެވެ. ޕަންޖާބުގެ ސިޔާސީ ފަރާތްތަކަށް ސެކިޔުރިޓީ ދަށްކޮށްފައިވަނީ އެސަރަހައްދުގެ ސަރުކާރުން މިހާރު އަމަލުކުރަމުން އަންނަ ވީއައިޕީ މީހުންނަށް ދެމުންދާ ސެކިޔުރިޓީ ދަށްކުރުމުގެ އުސޫލުގެ ތެރެއިންނެވެ.

މޫސޭ ވާލާގެ މަރާއެކު މަންސާ ހޮސްޕިޓަލް ކައިރީގައި މީހުން އެއްވެ ޕަންޖާބުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައިވެއެވެ. މޫސޭ ވާލާ ނިސްބަތްވަނީ މޫސޭ ވިލެޖަށެވެ. އެވިލެޖަކީ މަންސާ ކައިރީގައި އޮންނަ ވިލެޖެކެވެ. ގިނަ ސުޕަރހިޓް ލަވަތަކެއް ފާއިތުވި އަހަރުތަކުގައި މޫސޭ ވާލާ ކިޔާފައިވެއެވެ.

މޫސޭ ވާލާ ވަނީ މަންސާއަށް ވާދަކުރުމަށް ކޮންގްރެސް ޓިކެޓް ހޯދުމަށް ވާދަކޮށްފައެވެ. ނަމަވެސް އޭނާއާ ވާދަކުރި ޑރ ވިޖޭ ސިންގަލާ 63،323 ވޯޓުގެ ތަފާތުން މޫސޭ ވާލާ ވަނީ ބަލިކޮށްފައެވެ.

މޫސޭ ވާލާ ކޮންގްރެސް އާ ގުޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ.

މޫސޭ ވާލާއަށް ބަޑިން ހަމަލާދީ މަރާލުމާއެކު ކޮންގްރެސްގެ ލީޑަރ ރާހުލް ގާންދީ ވަނީ އެކަމުގެ ހިތާމަފާޅުކުރައްވާ ޓްވީޓެއްކުރައްވާފައެވެ. އެޚަބަރު އެއްސެވީ ފުންހިތާމައާއި ހައިރާންކަމާއެކު ކަމަށާއި މޫސޭ ވާލާގެ އާއިލާއާ ފޭނުންނަށް ރާހުލް ގާންދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ޕަންޖާބުގެ ޗީފް މިނިސްޓަރ ބަގްވަންތު މަންން ވަނީ ހުރިހާ ފަރާތްތަކުންވެސް ހަމަޖެހިގެން ތިބުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު