Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާސެލޯ ރެއާލް ދޫކޮށްލުން

15 އަހަރަށްފަހު މާސެލޯ ރެއާލް ދޫކޮށްލަން ނިންމައިފި

ރެއާލް ދޫކޮށްލަން ނިންމީ 15 އަހަރަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2022 | އާދީއްތަ 03:14
މާސެލޯ

މާސެލޯ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ލެފްޓް ބެކް މާސެލޯ 15 އަހަރަށްފަހު އެ ޓީމު ދޫކޮށްލަން ނިންމައިފިއެވެ.

ރެއާލާއެކު މާސެލޯ ހާދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި އޭނާ ރެއާލާއެކު އިތުރު އެއްބަސްވުމެއް ނުހަދާނެއެވެ. އޭނާ ރެއާލް ދޫކޮށްލާނީ ފްރީ ޓްރާންސްފާއެއްގައެވެ.

އުމުރުން 34 އަހަރުގެ މާސެލޯ ރެއާލާ ގުޅުނީ 2007 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް 386 މެޗު ކުޅެދީފައެވެ. އަދި އޭނާ ވަނީ އެ ޓީމަށް 26 ލަނޑު ޖަހައިދީފައެވެ. ކުލަބް ދޫކޮށްލުމާ ގުޅޭ ގޮތުން މީގެ ކުރިން މާސެލޯ ބުނީ އޭނާގެ ވިސްނުމަކީ އަދިވެސް ރެއާލްގައި މަޑުކުރުންކަމަށެވެ. އަދި އޭނާ ބޭނުންވަނީ ރެއާލާއެކު ކުރިއަށް ދާން ކަމަށާއި، އެއީ އޭނާ 50،000 ފަހަރު ބުނެފައިވާ ވާހަކައެއް ކަމަށެވެ. ކުރިމަގާ ގުޅޭ ގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު އޭނާ ރެއާލާ ވާހަކަ ދައްކާނެ ކަމަށް ވެސް މާސެލޯ ބުނެފައިވެއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު މާސެލޯ ބުނީ ރޭގެ މެޗަކީ އޭނާ ރެއާލާއެކު ކުޅުނު ފަހު މެޗު ކަމަށެވެ. މާސެލޯގެ ކެޕްޓަން ކަމުގެ ދަށުން ރެއާލުން ރޭ ވަނީ 14 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. އަދި އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ޓީމު ވަނީ މި ސީޒަނުގެ ލަލީގާ ވެސް ހޯދާފައެވެ.

ތާރީޚީ ކާމިޔާބަށްފަހު މާސެލޯ ރެއާލް ދޫކޮށްލާއިރު، އޭނާ ވަނީ އެ ޓީމާއެކު 25 ތައްޓެއް ހޯދާފައެވެ. އޭގެ ތެރޭގައި ލަލީގާ ހަ ފަހަރު، ކޮޕަ ޑެލްރޭ ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހަތަރު ފަހަރު ހޯދިއެވެ.

މާސެލޯރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު