Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ޔޫކްރެއިންގެ ލައިމަން އަވަށް މިހާރު އޮތީ ރަޝީއާގެ އަތްދަށުގައިކަމަށް އެގައުމުން ބުނެފި

28 މެއި 2022 | ހޮނިހިރު 15:22

ރަޝިއާގެ ކޮމްބެޓް އެއަރފޯސްއިން ޔޫކްރެއިންގެ 2 ޖެޓެއް ވައްޓާލާފައިވާނެކަމަށް ކޮނަޝެންކޮވް ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 މެއި 2022 | ހޮނިހިރު 15:22
ލައިމަން ހިފުމަށް ޔޫކްރެއިންއާއި ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާ ބަދަލުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ

ލައިމަން ހިފުމަށް ޔޫކްރެއިންއާއި ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާ ބަދަލުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ

އިރުމަތީ ޔޫކްރެއިންގެ ލައިމަން އަވަށް މިހާރު އޮތީ ރަޝިއާގެ އަތްދަށުގައިކަމަށް އެގައުމުން ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ހޮނިހިރު ދުވަހު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ އެގައުމުން ލައިމަންގެ ފުލް ކޮންޓްރޯލް މިހާރު ނަގާފައިވާކަން އިއުލާންކޮށްފައެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން އީގޯ ކޮނަޝެންކޮވް ވަނީ، ލައިމަން ރަޝިއާގެ ބާރުގެ ދަށަށް ގެނެވިފައިވަނީ ރަޝިއާގެ އަސްކަރިއްޔާއާއި ޕީޕަލްސް މިލީޝިއާ އޮފް ޑޮނެސްކް ޕީޕަލްސް ރިޕަލިކް ގުޅިގެން ކުރި މަސައްކަތުން ކަމަށް ވިދާޅުވެފައެވެ.

ކޮނަޝެންކޮވް ވަނީ ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިން އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެސް ވައްޓާލާފައިވާނެކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުގެ ކޮމްބެޓް އެއަރފޯސްއިން ޔޫކްރެއިންގެ ދެ ޖެޓެއް ވައްޓާލާފައިވާނެކަމަށް ކޮނަޝެންކޮވް ވިދާޅުވިއެވެ.

ލައިމަން ހިފުމަށް ޔޫކްރެއިންއާއި ރަޝިއާގެ އަސްކަރިއްޔާއިން ހަމަލާ ބަދަލުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

ހުކުރު ދުވަހު ޔޫކްރެއިނުން ވަނީ ރަޝިއާގެ އަސްކަރިއްޔާއިން ލައިމަންގެ ބޮޑު ބައެއް ހިފިނަމަވެސް، އެ އަވަށުގެ ހުޅަނގުދެކުނުގައި އޮތް ސްލޮވިއަންސް ސިޓީއަށް ދިއުމުގެ ފުރުސަތު ރަޝިއާގެ އަސްކަރިއްޔާއަށް ނުދީ ހިފަހައްޓަމުންދާކަމަށް ބުނެފައެވެ.

ހުކުރު ދުވަހު ރަޝިއާއިން ވަނީ އެގައުމުން މިސައިލް ހަމަލާތަކެއްދީ ބަހަމުތު އަދި ސޮލެޑަރގައި ހުރި ޔޫކްރެއިންގެ ކޮމާންޑް ޕޯސްޓުތަކަށް ގެއްލުންދީފައިވާކަމަށް ބުނެފައެވެ.

ރަޝިއާގެ ހަމަލާތައް ޑޮންބަސް ސަރަހައްދަށް އަމާޒުވެފައިވާއިރު، އެގައުމުން ބުނަމުންދަނީ ޑޮންބަސްގައި ކުރިއަށްގެންދާ 'ޚާއްސަ އަސްކަރީ ހަރަކާތަކީ' ޔޫކްރެއިން ޑިމިލިޓަރައިޒްކޮށް، އެގައުމުގައި ދިރިއުޅޭ ރަޝިއާ ބަހުން ވާހަކަދައްކާ ރައްޔިތުންނާ ދެކޮޅަށް ނެޝަނަލިސްޓުން ދެމުންދާ އިންޒާރުތަކާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ. ނަމަވެސް ޔޫކްރެއިނާ ހުޅަނގުގެ ގައުމުތަކުން ބުނަމުންދަނީ މިއީ ދޮގު ވާހަކަތަކެއް ކަމަށާއި، މިއީ ރަޝިއާއިން ޔޫކްރެއިނަށް އެރުމަށް ބޭނުންކުރާ ބަހަނާއެއް ކަމަށެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!

05 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ އަވަށްތަކުގައި ހުއްޓުމެއް ނެތި ހުޅުޖަހާތާ މި އަދަށް 12 ދުވަސް!
26 އޯގަސްޓު 2017

ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ

26 އޯގަސްޓު 2017
ޓެކްސަސް އަށް އަރާފައިވާ ތޫފާން ހާވީގެ ބާރު މިހާރު ދަށްވެއްޖެ
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް