Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާ

އައު ބޮޑުވަޒީރަށް، ލަންކާއަށް ސިޔާސީ ހަމަޖެހުން ގެނެވިދާނެ: އެމެރިކާގެ ސަފީރު

ރަނިލް ވިކްރަމަސިންގހާއެކު ސަރުކާރަށް ލަންކާގައި ސިޔާސީ ހަމަޖެހުން ގެނެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 މެއި 2022 | ހޮނިހިރު 15:07
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ބޮޑުވަޒީރުކަމާ އަލަށް ހަވާލުވެވަޑައިގަތް ރަނިލް ވިކްރަމަސިންގހާއެކު، ސަރުކާރަށް ލަންކާގައި ސިޔާސީ ހަމަޖެހުން ގެނެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް، އެމެރިކާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖޫލީ ޗަންގް ވިދާޅުވެއްޖެއެވެ.

ސަފީރު ވަނީ ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއިން އަރައިގަނެވޭނެކަމުގެ އުންމީދުވެސް އައު ބޮޑުވަޒީރާއެކު އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ލަންކާގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިޕަރޓްމެންޓާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން، އެމެރިކާގެ ސަފީރު މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހު އެކަމަނާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭވަރްދަނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެތެރެއިންނެވެ.

މިބައްދަލުވުމުގައި ސަފީރު ވަނީ ގައުމުގެ އާންމު ރައްޔިތުން އެދޭ ސިޔާސީ ބަދަލުތައް ގެނައުން މުހިންމު ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ސްރީލަންކާ-ޔޫއެސްއޭ ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރުކޮށް ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުންމީދުކުރައްވާކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ލަންކާގެ ވިމެން ޕާލިމެންޓޭރިއަން ކައުކަސްއިން ކުޅޭ މުހިންމު ރޯލު ފާހަގަކުރައްވައި، އަދިވެސް މިކަންކަމުގައި އަންހެނުން ބައިވެރިވާވަރު އިތުރުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ލަންކާގެ މަޖިލީހުގެ ރައީސް ވަނީ، ލަންކާގައި ޑިމޮކްރަސީ ކުރިއެރުވުމަށް އެމެރިކާއިން ފޯރުކޮށްދޭ އެއްބާރުލުމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ހުކުރު ދުވަހުގެ މިބައްދަލުވުމަކީ ސަފީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޗަންގް ލަންކާގެ މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު

02 ސެޕްޓެމްބަރު 2017
އިންޑިއާ ކަނޑުގެ ހަމަޖެހުން ދެމެހެއްޓުމުގެ ޒިންމާ އުފުލަން ޖެހޭނީ އެ ކަނޑުގެ ގައުމުތަކުން: އިންޑިއާގެ ޚާރިޖީ ވަޒީރު
07 އޯގަސްޓު 2017

ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން

07 އޯގަސްޓު 2017
ސައުދީއަށް ދޭ ހަމަލާތަކާއި، ޙައްޖު ސިޔާސީކުރަން ޤަތަރުން ކުރާ މަސައްކަތް ކުށްވެރިކުރަން: ބަޚްރެއިން
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
28 މެއި 2017

އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި

28 މެއި 2017
އިންޑިއާއިން ލަންކާއަށް އެހީ ފޯރުކޮށްދޭން ފަށައިފި
13 މެއި 2017

ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި

13 މެއި 2017
ޑީއާރްސީގައި އެބޯލާ ބަލީގެ އައުޓްބްރޭކް އިއުލާންކޮށްފި
11 މެއި 2017

މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި

11 މެއި 2017
މޯދީގެ ދަތުރުފުޅާ ދިމާކޮށް ޗައިނާއިން ލަންކާއަށް ފޮނުވަން އުޅުނު ސަބްމެރީންއަށް ލަންކާ ސަރުކާރުން ހުރަސް އަޅައިފި
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު