Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާ

އައިއެމްއެފްގެ ޕްރޮގްރާމް ފެށެންދެން، ބްރިޖް ފައިނޭންސިންއެއް މުހިންމު: ލަންކާ

ހައި ކޮމިޝަނަރު ވަނީ ލަންކާގެ މިހާރުގެ ހާލަތުވެސް އިންޑިއާގެ މިނިސްޓަރާ ހިއްސާކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 މެއި 2022 | ހޮނިހިރު 14:07
ލަންކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، މިލިންޑާ މޮރަގޮޑާއާއި އިންޑިއާގެ ފައިނޭންސް އެންޑް ކޯޕަރޭޓް އެފެއަރޒް މިނިސްޓަރު ނިރްމަލާ ސިތަރަމަން

ލަންކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު، މިލިންޑާ މޮރަގޮޑާއާއި އިންޑިއާގެ ފައިނޭންސް އެންޑް ކޯޕަރޭޓް އެފެއަރޒް މިނިސްޓަރު ނިރްމަލާ ސިތަރަމަން

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޕްރޮގްރާމް ފެށެންދެން ލަންކާއަށް ބްރިޖް ފައިނޭންސިންގް އެއް ބޭނުންވާކަމަށް އެގައުމުން އިންޑިއާގައި އެދިއްޖެއެވެ.

ލަންކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު މިލިންޑާ މޮރަގޮޑާ، ހުކުރު ދުވަހު ވަނީ އިންޑިއާގެ ފައިނޭންސް އެންޑް ކޯޕަރޭޓް އެފެއަރޒް މިނިސްޓަރު ނިރްމަލާ ސިތަރަމަންއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ލަންކާއިން ވަނީ އެގައުމުން އައިއެމްއެފްއާއެކު ކުރަމުންދާ މަޝްވަރާތަކުގެ ދަށުން، އެޖަމިއްޔާގެ ޕްރޮގްރާމް ފެށެންދެން އިންޑިއާއިން ބްރިޖް ފައިނޭންސިންގްގެ އެހީއެއް ބޭނުންވާކަމަށް ބުނެފައިކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ނިއުދިއްލީގައި ހުންނަ ލަންކާގެ މިޝަނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، އިންޑިއާގެ މިނިސްޓަރާއި ލަންކާގެ ހައި ކޮމިޝަނަރު ވަނީ، މިހާރު އިންޑިއާއިން ލަންކާއަށް ފޯރުކޮށްދެމުންދާ އެހީތައް އިތުރުކުރުމާއި ރީސްޓްރަކްޗަރ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މި އެހީތަކަކީ މިވަގުތު ލަންކާއަށް ބޭނުންވާ ޒަރޫރީ މުދަލާއި ތެލަށް ޚަރަދުކުރުމަށް ފޯރުކޮށްދެވޭ އެހީއަށް ހެދުމަށާއި، އެގައުމުގެ ބެލެންސް އޮފް ޕޭމަންޓަށް އެހީވުމަށް ފޯރުކޮށްދެވޭ އެހީގެ ގޮތުގައި ހެދުމަށް ލަންކާއިން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ލަންކާގެ ހައިކޮމިޝަނަރު ވަނީ، އިންޑިއާއިން އެގައުމަށް ފޯރުކޮށްދެމުންދާ އެހީތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން ލަންކާއިން އައިއެމްއެފްއާއެކު ފެށި މަޝްވަރާތަކުގައި އިންޑިއާއިން ފޯރުކޮށްދިން އެހީއަށް އަލިއަޅުއްވާލައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

ހައިކޮމިޝަނަރު ވަނީ ލަންކާގެ މިހާރުގެ ހާލަތުވެސް އިންޑިއާގެ މިނިސްޓަރާ ހިއްސާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

19 އޯގަސްޓު 2018

އިޓަލީގެ ޖެނޯއާގެ ބްރިޖް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 41 އަށް އަރައިފި

19 އޯގަސްޓު 2018
އިޓަލީގެ ޖެނޯއާގެ ބްރިޖް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 41 އަށް އަރައިފި
05 އޯގަސްޓު 2018

ޓްރަމްޕްގެ ސަރުކާރުން ހުއްޓުވަން އުޅުނު ޕްރޮގްރާމް ދާއިމީ ކުރުމަށް ކޯޓުން އަމުރުކޮށްފި

05 އޯގަސްޓު 2018
ޓްރަމްޕްގެ ސަރުކާރުން ހުއްޓުވަން އުޅުނު ޕްރޮގްރާމް ދާއިމީ ކުރުމަށް ކޯޓުން އަމުރުކޮށްފި
04 އޯގަސްޓު 2018

އުތުރު ކޮރެއާ އިން އަދިވެސް ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށްގެންދޭ:އދ

04 އޯގަސްޓު 2018
އުތުރު ކޮރެއާ އިން އަދިވެސް ނިއުކްލިއަރ ޕްރޮގްރާމް ކުރިޔަށްގެންދޭ:އދ
01 ޖުލައި 2018

އުތުރުު ކޮރެއާ ގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވިދާނެ: ބޯލްޓަން

01 ޖުލައި 2018
އުތުރުު ކޮރެއާ ގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވިދާނެ: ބޯލްޓަން
21 ޖޫން 2018

ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު

21 ޖޫން 2018
ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ފިޔަވަޅެއް އުތުރު ކޮރެއާ އިން އަޅާ ކަމެއް ނޭނގޭ: އެމެރިކާގެ ދިފާއީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު