Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޭންގު ކުށްތައް

މާލޭގައި 44 ގްރޫޕް، ނުރައްކާތެރިކަން ބޮޑު 9 ގްރޫޕެއް ހަރަކާތްތެރިވޭ: ފުލުހުން

އަތޮޅުތަކުގައި ގޭންގުތައް ފެތުރުމުގެ ބިރު އެބައޮތްކަމަށް ފުލުހުން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 މެއި 2022 | ހޮނިހިރު 10:28
ފުލުހުންގެ އިސް ބޭފުޅުން

ފުލުހުންގެ އިސް ބޭފުޅުން

މާލޭގައި އެކަނިވެސް 44 ގްރޫޕެއް ހަރަކާތްތެރިވާ ކަމަށާއި, މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑު 9 ގްރޫޕަކުން ހަރަކާތްތެރިވާކަމަށް ފުލުހުން ބުނެފިއެވެ.

އއ. އުކުޅަހުގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި، ގޭންގުތަކާއި އެ ގޭންގުތައް އޮޕަރޭޓްކުރަމުން އަންނަ ގޮތްތައް ބައިވެރިންނާ ހިއްސާ ކުރިއެވެ. އެގޮތުން، މާލޭގައި ގިނަ އަދަދެއްގެ ގޭންގުތައް ހަރަކާތްތެރިވަމުން އަންނައިރު، ގޭންގުތައް އަތޮޅު ތެރެއަށް ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement - newsAdvertisement

ފުލުހުން މައުލޫމާތުދޭ ގޮތުގައި، މާލެ ފިޔަވައި ރާއްޖޭގެ އެހެން އަތޮޅުތަކުގެ ތެރެއިން އެންމެ ގިނައިން ގޭންގުތައް ހަރަކާތްތެރިވާކަން ފާހަގަ ކުރެވިފައިވަނީ ދެކުނުގެ އަތޮޅުތަކުގައެވެ. މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގޭންގުގެ ހަރަކާތްތައް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ބަލާއިރު، މިހާތަނަށް 2800 މީހުން އެ ގޭންގުތަކުގައި އުޅޭކަމަށާއި، އޭގެ ތެރޭގައި 60 ކުޑަކުދިން ހިމެނޭކަމަށް ވެސް ފުލުހުން ބުންޏެވެ. މި ގޭންގުތަކުގެ އިސްސަފުގައި އުތުރާއި މެދުރާއްޖެތެރޭގެ މީހުން ވެސް އިސްކޮށް ހަރަކާތްތެރިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.

ފުލުހުން ބުނީ މާލޭގައި އުޅޭ ގޭންގުތަކުގައި އެކި ރަށްރަށުގެ މީޙުން އިސްކޮށް ހަރަކާތްތެރިވާތީ އެ ރަށްތަކުގައި ވެސް ގޭންގު ހަރަކާތްތަށް ފެތުރުމަކީ އޮތް ބިރެއް ކަމަށެވެ.

ކުރިއާ އަޅައިބަލާއިރު ގޭންގުތަކުގެ މީހުން ހަމަލާ ދިނުމަށް ގެންގުޅޭ ހަތިޔާރުތައް ތަފާތުވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތުން، ކުރިން ދަގަނޑާއި ކަނޑި ފަދަ ތަކެތި ހިފައިގެން މާރާމާރީ ހިންގިއިރު، މިހާރު ގިނަ ގޭންގުތަކުން ބޭނުން ކުރަނީ ފޮރުވައިގެން ގެންގުޅެވޭފަދަ ހަތިޔާރުކަމަށް ފުލުހުން ބުންޏެވެ.

ގޭންގުތަކުން އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ވިޔަފާރިއަކީ މަސްތުވާތަކެތީގެ ވިޔަފާރިކަން ފާހަގަކޮށް ފުލުހުން ބުނީ، މަސްތުވާތަކެތި ވިއްކާ ބޮޑުން ތަފާތު އެހެން ވިޔަފާރިތައް ކުރަމުންގެންދާ ކަމަށެވެ. އަދި އެކި ގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސިޔާސީ ފަރާތްތަކާ ގުޅުން ބަދަހިކުރަމުންދާކަމާއި، އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ވަކީލުންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި، ގޭންގު މާރާމާރީތަކުގައި 31 މީހަކު މަރާލާފައިވާއިރު މީގެ ތެރެއިން 9 މީހުންނަކީ ގޭންގުތަކާ ގުޅުން ނެތް ބައެއް ކަމަށާއި، އެ މީހުން މަރާލާފައިވަނީ "އޮޅިގެން"ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު