Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިއަވަތި ކޮންފަރެންސް

މާލެ ސިޓީ ކައުންސިލުން ވިއަވަތި ކޮންފަރެންސްގައި ބައިވެރިއެއް ނުވި

ގިނަ ރަށްރަށުގެ ކައުންސިލް ރައީސުން ކޮންފަރެންސްގައި ބައިވެރިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މެއި 2022 | ހޮނިހިރު 07:50
ވިއަވަތި ރާއްޖެ ކޮންފަރެންސް

ވިއަވަތި ރާއްޖެ ކޮންފަރެންސް

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު އއ. އުކުޅަހުގައި ކުރިއަށްދާ “ވިއަވަތި ރާއްޖެ” ކޮންފަރެންސްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިނުވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފާހަގަކުރައްވައިފިއެވެ.

މި ކޮންފަރެންސް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައި ވަނީ 3 ސަރަހައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއެއް ބައިވެރިވާގޮތަށެވެ. މިފަހަރުގައި ކޮންފަރެންސް ބ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ކައުންސިލްތަކަށް ޚާއްސަކޮށްގެން ބާއްވާއިރު، ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ވަނީ ކޮންފަރެންސްގައި ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ކޮންފަރެންސަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު މުއިއްޒު ވަޑައިގެންފައެއް ނުވެއެވެ. މާލެ ސިޓީ ކައުންސިލުން މި ކޮންފަރެންސް ބޮއިކޮޓްކޮށްފައިވާތީ ކޮންފަރެންސް ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެކަން ފާހަގަކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ވިއަވަތި ކޮންފަރެންސް ބޮއިކޮޓްކޮށްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ގެންދަނީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމަށް ބުނަމުންނެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށް ބާއްވާ ކޮންފަރެންސެކެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަޤީޤީ މަންފާ ކައުންސިލުތަކާއި އެސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބަދަލުކުރެއްވުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާޙްތަކާއެކު އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކޮށްދިނުމަކީ ވެސް މި ކޮންފަރެންސުގެ ބޭނުމެކެވެ.

މީގެ އިތުރުން މީގެ ކުރިން މަރުކަޒީގޮތުން އިދާރާތަކުން ކުރަމުންއައި މަސައްކަތްތަކާއި މަސްއޫލިއްތުތައް ކައުންސިލްތަކަށް ބަދަލުކުރުމުގެ ގޮތުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން، އަލަށް ކައުންސިލްތަކަށް އިންތިޚާބުވި ކައުންސިލް އަންހެނުންގެ ކޮމެޓީތަކުގެ ރައީސުން، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު އެއް ބޭނުން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު