Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިޔަވަތި ރާއްޖެ ކޮންފަރެންސް

ޑްރަގާއި ގޭންގް ކުށްތަކުގެ ފަހަތުގައި ސިޔާސީ އަދި މާލީ މަންފާގެ ސަބަބު ހިމެނޭ: ރައީސް

މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަަލައަކީ މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 މެއި 2022 | ހޮނިހިރު 05:00
ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑެއްގެ ތެރެއިން- ރައީސް ވަނީ ޑްރަގް ވިޔަފާރިއާއި ގޭންގް ކުށްތަކަކީ ގުޅިފައިވާ ދެ މައްސަލަކަމަށް ވިދާޅުވެފައި

ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް ރެއިޑެއްގެ ތެރެއިން- ރައީސް ވަނީ ޑްރަގް ވިޔަފާރިއާއި ގޭންގް ކުށްތަކަކީ ގުޅިފައިވާ ދެ މައްސަލަކަމަށް ވިދާޅުވެފައި

ޑްރަގް ވިޔަފާރިއާއި ގޭންގް ކުށްތަކުގެ ފަހަތުގައި ސިޔާސީ އަދި މާލީ މަންފާގެ ސަބަބުތައް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އއ އުކުޅަހުގައި ކުރިއަށްދިޔަ ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ހޮނިހިރު ދުވަހު ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ވަރަށް ބޮޑު ޤައުމީ ދެ މައްސަލައެއް އެބައޮތް ކަމަށާއި، އެއީ ނުހަނު އަވަހަށް ޙައްލު ކުރަންޖެހޭ މައްސަަލަތަކެއް ކަމަށެވެ.

Advertisement - newsAdvertisement

މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަަލައަކީ މަސްތުވާތަކެއްޗާއި ގޭންގް ކުށްތައް ކަން ފާހަގަ ކުރައްވައި ރައީސް ވަނީ އެއީ އެއް ގަހެއްގެ ދެ ގޮފީގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަންކަމުގެ އެންމެ ފުނުގައި ވަނީ ރޭވިގެން އިންތިޒާމުވެގެން ހިންގާ ކަންކަމެވެ. އެގޮތުން އޭގެ ފަހަތުގައި ސިޔާސީ ނިޔަތާއި، މާލީ ނަފާގެ ސަބަބުތައް ޝާމިލުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަންކަން ޙައްލު ކުރުމަށް ކުރާ މަސައްކަތަކީ ގޮންޖެހުން ބޮޑު، އަދި ހުރަސްތައް ގިނަ މަސައްކަތެއް ކަމަށެވެ. ވިޔަވަތި ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކުގައި އެކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކުން މުހިއްމުކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިވަގުތު ދެން އޮތް އަނެއް މައްސަަލައަކީ މޫސުމީ ބަދަލުތައްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށް ގިރުމާއި، ފެން ބޮޑުވުމާއިި، އުދަ އެރުމަކީ ކޮންމެ ރަށަކަށްވެސް ދިމާވެފައިވާ ގޮންޖެހުންތައްކަމަށް ރައީސް ވިދާޅުވިއެވެ،

ތިމާވެއްޓަށް ލިބޭ ގެއްލުމާއި، ވެއްޓަށް ކުރާ ނޭދެވޭ އަސަރަކީ ތަރައްޤީގެ ކޮންމެ މަޝްރޫއަކާ ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީގެ ބޭނުމަށް ކުރެވޭ ކަންކަމަކީ ތަރައްޤީއަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. އެކަމުގައިވެސް އެންމެ މުހިއްމު އެއް މަސައްކަތެއް ކުރެވޭނީ ކައުންސިލްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު