Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް

ތިބެން ޖެހޭނީ ހުރިހާ ކަމަކަށް ތައްޔާރަށް: އަންޗެލޮޓީ

28 މެއި 2022 | ހޮނިހިރު 03:57

ތައްޔާރުވެފައި އޮތީ ވަރަށް ރަނގަޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މެއި 2022 | ހޮނިހިރު 03:57
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިި ލިވަޕޫލާ ދެކޮޅަށް އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށާއި، ނަމަވެސް މިއީ ފައިނަލަކަށް ވުމުން ތިބެން ޖެހޭނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަންޗެލޮޓީ ބުނީ މިއީ ކޮންމެ މީހަކުވެސް އުންމީދު ކުރާނެ ކަމެއް ކަމަށާއި، ނަމަވެސް މިކަން އެކަކަށް ވެސް ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. މިއީ އޭނާގެ ފަސް ވަނަ ފައިނަލް ކަމަށާއި، މި ފައިނަލް ތަކުގައި ރަނގަޅު ހަނދާންތަކެއް ހުންނާނެކަމަށެވެ.

އޭނާ ބުނީ އެންމެ ރަނގަޅު ޕަރފޯމަންސްއެއް ދެއްކުނު ފައިނަލަކީ 2005 ވަނަ އަހަރު ލިވަޕޫލާ ދެކޮޅަށް ކުޅުނު ފައިނަލް ކަމަށެވެ. ނަމަވެސް، ޕެނަލްޓީގައި ލިވަޕޫލް އަތުން ބަލިވީ ކަމަށެވެ. އޭނާ ބުނީ މިރޭގެ ފައިނަލްގައި ގޯސް ގޮތަކަށް ކުޅެން ކުޅުންތެރިން ގާތު ނުބުނާނެކަމަށެވެ. އަދި ފައިނަލްގައި ރެއާލްގެ އެންމެ މޮޅު ކުޅުން ދައްކަން ބޭނުންވާ ކަމަށާއި، އެކަމަކު ވެސް ފައިނަލެއް ގައި ކޮންމެ ގޮތެއް ވެސް ވެދާނެކަމަށެވެ. އެހެންކަމުން ހުރިހާ ހާލަތަކަށް ތައްޔާރަށް ތިބެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އަންޗެލޮޓީ ބުނީ ފައިނަލަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބުނުކަމަށެވެ. އަދި ފައިނަލަށް އައީ ރަނގަޅަށް ފަރިތަކުރެވިގެން ކަމަށެވެ. އެންމެ ރަނގަޅު ކުޅުން ދައްކާނެ ކަމަށް ބުނުމަކުން އަދި ފައިނަލަކުން މޮޅު ނުވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭގެ ސަބަބުން ރަނގަޅަށް ކުޅެފިނަމަ، ރަނގަޅު ފުރުސަތު ތަކެއް ލިބޭނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. ރެފްރީގެ އެންމެ ފަހު ކަށިގަނޑާ ޖެހެންދެން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، އެއަށްފަހު އައު ވާހަކައެއް ލިޔެވިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

އަންޗެލޮޓީ ވަނީ ރެއާލް މެޑްރިޑާއެކު މީގެ ކުރިން ވެސް ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އެހެންކަމުން މިރޭ މޮޅުވެއްޖެ ނަމަ، މިއީ އޭނާއަށް ރެއާލާއެކު މި ތަށި އުފުލާލެވޭނެ ދެ ވަނަ ފަހަރެވެ.

ލިވަޕޫލްއާއި ރެއާލް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގައެެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
10 ޖުލައި 2017

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
01 ޖުލައި 2017

ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް

01 ޖުލައި 2017
ޔުނައިޓެޑަށް 30 މިލިއަން ޔޫރޯއަށް ބަދަލުވާން ޕެރިސިޗް ހުރީ ތައްޔާރަށް
22 މެއި 2017

އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!

22 މެއި 2017
އިބްރަހިމޮވިޗް ހުރީ ފައިނަލް މެޗަށް ތައްޔާރަށް!
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
12 އެޕްރީލު 2017

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
29 މާރިޗު 2017

ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް

29 މާރިޗު 2017
ބަލިވުމުގެ ޒިންމާ ނަގަންޖެހޭނީ އަހަރެން، އެފްއޭއެމާއި ކުޅުންތެރިންނެއް ނޫން: ސްޓެވާޓް
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް