Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާންސް އެކަޑަމީއަށް ސާމާނު ހަދިޔާކުރުން

މާންސް އެކަޑަމީއަށް މަތީވެރީގެ ވިޔަފާރިވެރިއަކު ކުޅިވަރު ސާމާނު ހަދިޔާކޮށްފި

28 މެއި 2022 | ހޮނިހިރު 03:38

ތަމްރީނަށް ބޭނުންވާ ގިނަ ސާމާނު ޒޯރާ ހާޑްވެއާއިން ހަދިޔާކުރި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 28 މެއި 2022 | ހޮނިހިރު 03:38
މާންސް އެކަޑަމިއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށްފަހު ޒޯރާ ހާޑްވެއާގެ ވެރިޔާ އަރީފް

މާންސް އެކަޑަމިއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށްފަހު ޒޯރާ ހާޑްވެއާގެ ވެރިޔާ އަރީފް

މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާރންސް)ގެ އެކަޑަމިއަށް އެރަށުގެ ވިޔަފާރިވެރިއަކު ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ. އެކަޑަމީއަށް ކުޅިވަރު ސާމާނު ހަދިޔާކުރީ ޒޯރާ ހާޑްވެއާގެ ފަރާތުންނެވެ.

ޒޯރާ ހާޑްވެއާގެ ފަރާތުން ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ވޮލީބޯޅަ, ފުޓްބޯޅަ, ފުޓްސަލް ބޯޅަ, ފެންފުޅި, ބޯޅަ ދާގަނޑު, ރީބއުންޑަރ, ރެފްރީ ސެޓް, ބިބްސް, އެކިސައިޒްގެ ޖަމްޕު, އެކި ސައިޒުގެ ކޯންސް އަދި މިނޫނަސް ތަމްރީނުތައް ކުރިއަށްގެންދަން ބޭނުންވާ އެހެން ސާމާނު ހިމެނެއެވެ.

ތަކެތި ހަދިޔާކުރެއްވުމަށްފަހު ޒޯރާ ހާޑްވެއާގެ ވެރިޔާ އާދަމް އަރީފް ވިދާޅުވީ އެކަޑަމީން ކުރަން ޖެހޭނީ ހަމައެކަނި މޮޅު ކުޅިންތެރިއަކު އުފެއްދުމުގެ މަސައްކަތް ނޫންކަމަށާއި, އަޚްލާޤު ރަނގަޅު, ރިވެތި ސިފަތަކުން ޒީނަތްތެރި ކުރެވިފައިވާ މޮޅު ކުޅުންތެރިއަކު އުފެއްދުމުގެ މަސައްކަތްކަމަށެވެ. ރަށުގެ ޒުވާނުން ރަށުގެ ކުރިއެރުމަށް ކުރާ އެމަސައްކަތުގައި އެހީތެރިވުމުގެ ފުރުޞަތު ލިބުމަކީވެސް, އަދި އެހީވެވުމަކީވެސް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

މާންސް ޖަމްއިއްޔާއިން ބުނީ ޒޯރާ ހާޑްވެއާގައި އެހީތެރިކަމަށް އެދުމުން ވަގުތުން އިޖާބަދެއްވާ, އެދުނު މިންވަރަށްވުރެވެސް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވިކަމަށެވެ. އެހީގެ ސަބަބުން ރަށުގައި ކުޅިވަރުގެ ޒުވާން ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަކޮށް, އެޖަމްއިއްޔާއިން ވަނީ ޒޯރާ ހާޑްވެއާއަށް ޝުކުރު އަދާކޮށްފައެވެ.

މާންސް އެކަޑަމީން މިވަގުތު ކުރިއަށް ގެންދަނީ ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތެވެ. އެކަމަކު ކައިރި މުސްތަގްބަލް އެއްގައި އެހެން ކުޅިވަރުތަކުން ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށް މާރންސް އެކަޑަމީން ބުންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2017

ބީބީސީގެ އަހަރުގެ ކުޅިވަރު ޝަހުޝިއްޔަތަކަށް މޯ ފަރާ ހޮވިއްޖެ

18 ޑިސެމްބަރު 2017
ބީބީސީގެ އަހަރުގެ ކުޅިވަރު ޝަހުޝިއްޔަތަކަށް މޯ ފަރާ ހޮވިއްޖެ
15 ޑިސެމްބަރު 2017

އަހަރުގެ ކުޅިވަރު ޝަހްސިއްޔަތަކަށް ފެޑެރާ ހޮވިއްޖެ

15 ޑިސެމްބަރު 2017
އަހަރުގެ ކުޅިވަރު ޝަހްސިއްޔަތަކަށް ފެޑެރާ ހޮވިއްޖެ
08 ނޮވެމްބަރު 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި

08 ނޮވެމްބަރު 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ކުޅިވަރު ފެސްޓިވަލެއް ބާއްވައިފި
22 ޖުލައި 2017

ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

22 ޖުލައި 2017
ކުޅިވަރު ކްލަބް ޖަމްއިއްޔާތައް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
05 ޖޫން 2017

ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި

05 ޖޫން 2017
ކުޅިވަރު ޖަމިއްޔާތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި
22 މެއި 2017

ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް

22 މެއި 2017
ނެޓްބޯޅައިގެ ފޯރިގަދަ، ބަޔަކު އުޅެނީ މި ކުޅިވަރު ހަލާކުކޮށްލަން: ޝާޒް
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
03 ފެބުރުއަރީ 2017

ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި

03 ފެބުރުއަރީ 2017
ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއީދު ޔޫތު މިނިސްޓްރީން އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް