Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިއެމްއެފް/ ލަންކާ ވާހަކަތައް

އައިއެމްއެފުން ސްރީލަންކާ އާއެކު ކުރިޔަށްގެންދިޔަ ވާހަކަތައް ނިންމާލައިފި

މެއި މަހުގެ 9ން 24ށް ކުރިޔަށްގެންދިޔަ ބައްދަލުވުންތައް ނިންމާލަމުން އައިއެމްއެފްގެ ޓީމުން ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގހަ އާއެކު އެންމެފަހު ބައްދަލުވުން ބާއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 މެއި 2022 | ހުކުރު 14:02
އައިއެމްއެފް

އައިއެމްއެފް

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާއިން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު(އައިއެމްއެފް)ން ލަންކާގެ ކަމާބެހޭ ފަރާތްތަކާއެކު ކުރިޔަށްގެންދިޔަ ވާހަކަތައް ނިންމާލައިފިއެވެ.

މެއި މަހުގެ 9ން 24ށް ކުރިޔަށްގެންދިޔަ ބައްދަލުވުންތައް ނިންމާލަމުން އައިއެމްއެފްގެ ޓީމުން ވަނީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންގހަ އާއެކު އެންމެފަހު ބައްދަލުވުން ބާއްވާފައެވެ. މީގެއިތުރުން ޓެކްނިކަލް ކަންކަމާމެދު މަޝްވަރާކުރުމަށް އައިއެމްއެފްގެ ޓީމުން ވަނީ ލަންކާގެ ޓީމާ ބައްދަލުކޮށްފައެވެ. މިޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ގަވަރުނަރު ނަންދަލާ ވީރަސިންގ އެވެ. މީގެއިތުރުން އައިއެމްއެފްގެ ޓީމުން ވަނީ ޕްރައިވެޓް ސެކްޓަރ ތަކާއި ފައިނޭންޝަލް ސެކްޓަރތަކާއި ވެސް ބައްދަލުކޮށްފައެވެ.

ބައްދަލުވުންތައް ނިންމާލަމުން އައިއެމްއެފުން ނެރެފައިވާ ބަޔާނުގައި ބުނުފައިވަނީ ލަންކާއަށް ވަނީ އުނދަގޫ އިގްތިޞާދީ ހާލަތަކާއި ކުރިމަތިވެފައިކަމަށެވެ. އަދި ބިލްތައް ދެއްކުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް މައްޗަށްދާ މިދަނޑިވަޅުގައި އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް އަޑިއަޅާފައިވާ ލަންކާގެ އިގްތިޞާދުން އަންނަނީ ފެންނަމުންކަމަށް އައިއެމްއެފް އިން ބުނެއެވެ. ގިނަ ސަބަބުތަކަކާހެދި ތަކެތީގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންކަމަށް ވަނީ ބުނެފައެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފަގީރުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އައިއެމްއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.

އައިއެމްއެފްގެ ޓީމުން ވަނީ މިކަންކަމަށް ހައްލުގެނައުމަށް ޓެކްނިކަލް ޓީމުތަކާއެކު މަޝްވަރާކޮށްފައިކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ދަރަނި ދެއްކޭނެ ގޮތްތަކާއި އިގްތިޞާދު ނަގާކޮޅަށް ޖެހޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާތަކެއްކޮށްފައިކަމަށެވެ. އަދި ކުރެވުނު މަޝްވަރާތަކުގައި މިހާރުގެ އިގްތިޞާދީ ހާލަތު ރަނގަޅަށް ދެނެގަނެވިފައިވާކަމަށާއި އިސްކަންދޭންޖެހޭ ކަންކަން ދެނެގަނެވިފައިވާކަމަށް އައިއެމްއެފުން ބުނެއެވެ. ހުރިހާ ދާއިރާތަކަކުން އިތުރަށް ޚަރުދަނާ ކުރަން ހުރި ކަންކަން ދެނެގަނެވިފައިވާކަމަށާއި މަޝްވަރާބައްދަލުވުމުގައި ފާހަގަކުރި ކަންތައްތަކާއި އެއްގޮތަށް ރިފޯމް ޕްރޮގްރާމް ކުރިޔަށްދާނެކަމަށް އުންމީދުކުރާކަމަށް އައިއެމްއެފުން ބުނެއެވެ.

އައިއެމްއެފްގެ ޓީމުން ވަރަށް ގާތުން ސްރީލަންކާގެ އިގްތިޞާދީ އަދި ސިޔާސީ ހާލަތު ބަލަމުންދާނެކަމަށާއި އައިއެމްއެފްގެ ބެލުމުގެ ދަށުން ލަންކާގެ އެކި ދާއިރާތަކުން ފިޔަވަޅުތައް އަޅަމުންދާނެކަމަށް ވަނީ ބުނެފައެވެ. އަދި ކުރިޔަށް އޮތރްތަނުގައިވެސް އައިއެމްއެފުން ލަންކާއަށް އެހީރތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު

12 ޖުލައި 2017
 އެމެރިކާއާއެކު ގަތަރުން އެއްބަސްވުމެއްގައި ސޮއިކުރުމަކުން ނުފުދޭ: ސައުދީ އިއްތިހާދު
10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
26 ޖޫން 2017

ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު

26 ޖޫން 2017
ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު
23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
21 ޖޫން 2017

ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް

21 ޖޫން 2017
ޔޫކްރެއިންގެ ރައީސްއާއެކު ބޭއްވުނީ "ވަރަށް ރަނގަޅު މަޝްވަރާތަކެއް":ޓްރަމްޕް
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު