Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ސްރީލަންކާ އިން އިސްރާއީލު މީހުންނަަށް ވިސާ އާ ނުލައި އާދެވޭ ގޮތް ހަދައިދީފި، ސަރުކާރުން ތާއީދު ކުރަނީ އިސްރާއީލަށް: އިދިކޮޅު

ސްރީލަންކާގެ ސަރުކާރުން އިސްރާއީލަށް ތާއީދު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކޮށް، އިސްރާއީލުން ލަންކާގެ މީހުންނަށް ވަޒީފާ ދޭން ފަށާފައިވަނީ ކުރިން ފަލަސްތީނު މީހުން ކުރަމުންދިޔަ މަސައްކަތްތަކަށް ކަމަށް އިދިކޮޅު މެންބަރުން ބުނެފިއެވެ.

ރާއްޖެ އެމްވީ | 30 ޖުލައި 2025 | ބުދަ 13:59
ސްރީލަންކާގެ ޕާލިމެންޓުގެ ޖަލްސާ އެއް ހިނގަނީ

ސްރީލަންކާގެ ޕާލިމެންޓުގެ ޖަލްސާ އެއް ހިނގަނީ

ސްރީލަންކާގެ ސަރުކާރުން ތާއީދު ކުރަނީ އިސްރާއީލަށްތޯ އަދި އިދިކޮޅުން ތާއީދު ކުރަނީ ފަލަސްތީނަށްތޯ ސާފު ކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖލީހުގައި ކުރެވުނު ބަހުސްގައި ސަރުކާރުން ތާއީދު ކުރަނީ އިސްރާއީލަށް ކަމަށް އިދިކޮޅުން ބުނެފިއެވެ.

ލަންކާގެ ދުވަހު ނޫސް ޑެއިލީ މިރަރ ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްރީ ލަންކާގެ ޕާލިމެންޓުގައި އިދިކޮޅު ފަރާތްތަކަކީ ފަލަސްޠީނަށް ތާއީދުކުރާ ބައެއްތޯ އަދި ސަރުކާރަކީ އިސްރާއީލަށް ތާއީދުކުރާ ބައެއްތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން، އިދިކޮޅު މެންބަރު މުޖީބުއް ރަޙްމާން ބުދަ ދުވަހު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގަސްދުކުރަނީ ސްރީ ލަންކާ އިން ޒަމާނުއްސުރެ ގެންގުޅެމުން އައި ވަކި ފަރާތަކަށް ނުޖެހުމުގެ ބޭރުގެ ސިޔާސަތު ދަމަހައްޓަން ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ، ޖަނަތާ ވިމުކްތި ޕެރަމުނާ (ޖޭވީޕީ) އިސްވެ އޮވެގެން އުފެދިފައިވާ ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ސަރުކާރުން އެ ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ސަރުކާރުން އިސްރާއީލުގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެތެރެވުމުގެ ހުއްދަ ދިނުމުން ހީވަނީ އެމީހުންގެ ސިޔާސަތު ބަދަލުވެއްޖެ ކަމަށް،" އެ މެންބަރު ވިދާޅުވިއެވެ. އެއާއެކު އޭނާ އިތުރަށް ވިދާޅުވީ، މީގެ ކުރިން ޖޭވީޕީ އަކީ އާންމު ގޮތެއްގައި ފަލަސްޠީނަށް ތާއީދު ކުރި ޕާޓީ އެއް ކަމަށެވެ.

އިސްރާއީލުން ސްރީ ލަންކާގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ދިނުމާ ބެހޭ ގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން އެ އިދިކޮޅު މެމްބަރު ވިދާޅުވީ، ކުރިން ފަލަސްތީނު މީހުން އިސްރާއީލުގައި ކުރަމުން އައި މަސައްކަތްތަކަށް މިހާރު އިސްރާއީލުން ސްރީ ލަންކާގެ މީހުން ވަޒީފާ އަށް ނަގަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
02 ފެބުރުއަރީ 2017

ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް

02 ފެބުރުއަރީ 2017
ވިސާ ނުދޭން ނިންމި ނިންމުން އަވަހަށް ބަދަލު ކުރަން ޖެހޭ: އދ. ގެ ސެކްރެޓަރީ ޖެނެރަލް
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު