Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިބާ ކެއުމުގެ ނުބައިކަން

ރިބާއަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ތުރާލެއް

27 މެއި 2022 | ހުކުރު 08:48

ރިބާ ކާ މީހަކަށް ނުވުމަށް އިސްލާމްދީން އިރުޝާދުދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 މެއި 2022 | ހުކުރު 08:48
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

މާތް ﷲ ރިބާ ކާ މީހާ ސިފަކުރައްވާފައިވަނީ ދެފައި މައްޗަށް ތެދުވެ ހުރުމުގެ ބާރު ލިބިފައިނުވާ މީހެއްގެ ގޮތުގައި ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ރިބަވީ މުއާމަލާތުގެ ނުބައިކަމާއި ފާފަވެރިކަން" މި މައުޟޫއަށް ރާއްޖެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ އަމިއްލަ މަސައްކަތުން މުދާ ހޯދައިގެން، ކައިބޮއެ އުޅުމަށާއި، ދިރިއުޅުން ތަނަވަސްކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމަށެވެ. އަދި ފަގީރުންނާއި، މުހުތާދުވެރިން ނިކަމެތިކޮށްގެން ދިރިއުޅޭ މީހަކަށް ނުވުމަށް އިސްލާމް ދީން އިރުޝާދުދޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ތަފްސީރީ އިލްމުވެރިން ވިދާޅުވާ ގޮތުގައި މާތް ﷲ ގެ ހަޒުރަތަށް ހާޒިރުކުރެވޭ ދުވަހު ރިބާ ކާ މީހުން ތިބޭނީ ޖިންނި މޮޔަވެގެން ޝައިތާނާ ތަޅުވަމުން ފޮޅުވަމުންދާ މީހެއްގެ ގޮތުގައި ކަމަށެވެ. މިފަދަ މީހުންގެ ދުނިޔަވީ ހަޔާތުގައިވެސް އެމީހުން ތިބޭނީ އަމިއްލަ ނަފްސުގެ ތަވާޒުނު ގެއްލިފައިވާ ބައެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މުދަލަށް އަޅުދާސްވެފައިވާ މީހާ އަބަދުވެސް ވިސްނާނީ އެމީހާގެ މުދަލާމެދުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރިބާ ކެއުމަކީ އެހެން މީހެއްގެ މައްޗަށް އަނިޔާވެރިވެގަތުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މި އާޔަތް ބާވައިލެއްވީ ޖާހިލީ ޒަމާނުގައި އޮތް ދެބާވަތުގެ ރިބާއާ ބެހޭ ގޮތުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އެއް ބާވަތަކީ ރިބައްނަސީއާއެވެ. އަދި އަނެއް ބާވަތަކީ ރިބަލްފަޟްލެވެ.

ރިބައްނަސީއާ އަކީ ގަތް އެއްޗެއްގެ އަގު ވަކި މުއްދަތެއްގެ ތެރޭގައި އަދާކުރުމަށް ޝަރުތުކޮށް، އެއްޗެއް ވިއްކުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި އެ މުއްދަތު ހަމަވިއިރު އޭގެ އަގު އަދާނުކުރެވިއްޖެނަމަ މުއްދަތު އިތުރުކޮށްދިނުމުގައި ކުރިން އެއްބަސްވި މިންވަރަށްވުރެ އިތުރަށް ދޭން ޖެހުން ކަމުގައ ޚުތުބާގައި ބުނެއެވެ. ރިބަލްފަޟްލަކީ މުދަލެއް ހަމަ އެ ބާވަތުގެ އެހެން މުދަލަކާ ބަދަލުކުރާއިރު، އިތުރުކޮށްފައި ބަދަލުކުރުން ކަމުގައި ޚުތުބާގައި ބުނެއެވެ.

މީސްތަކުންނަށް މިއަދު ރިބާ ފެންނަނީ ވަރަށް ރީތި ދަޅައެއްގެ ގޮތުގައި ކަމަށް ޚުތުބާގައި ބުނެއެވެ. ތަރައްގީވެފައިވާ މި ޒަމާނުގައި ރިބާގެ ބާވަތްތައް ވަރަށް ގިނަ ކަމަށާއި، މިއަދު އެއީ ގަވާއިދުތަކާ އުސޫލުތަކުގެ މަތިން ކުރެވޭ މުއާމަލާތެއް ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދި ގިނަ ބަޔަކު އޭގެ ދަލުގައި ޖެހިފައިވާކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމްދީނުގައި ރިބާ ހަރާމްކުރައްވާފައިވަނީ އެއީ މީހުންނަށް ކުރިމަތިވާ ބޮޑު މުސީބާތަކަށް ވާތީ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ރިބާއަކީ ތަކެތީގެ އަގުބޮޑުވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށާއި، އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ތުރާލެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް