Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ސިޔާސީ މަސްރަހު

ޖާބިރުގެ އަންދާޒާ: އެމްޑީޕީ ޕްރައިމަރީއެއް ބާއްވައިފިނަމަ ރައީސް ސާލިޙު ކާމިޔާބު ކުރައްވާނެ

ރައީސް ސާލިޙު ވާދަ ނުކުރައްވަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޖާބިރު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 މެއި 2022 | ހުކުރު 06:33
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަނީ

އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓު ދިނުމަށް ޕްރައިމަރީއެއް ބާއްވައިފިނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ބޮޑުތަނުން ކާމިޔާބު ކުރައްވާނެކަމަށް އަންދާޒާ ކުރެވޭކަމަށް ޑީއާރްޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިޙު ވާދަ ނުކުރައްވަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕްރައިމަރީއެއް ބާއްވައިފިނަމަ، ބޮޑު އަޢުލަބިއްޔަތަކުން ރައީސް ސާލިޙު ކާމިޔާބު ކުރައްވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން ރައީސް ސާލިޙަކީ އެންމެ އުނދަގޫ ދަނޑިވަޅުގައި ސިޔާސީ ގޮތުން މެނޭޖް ކުރެއްވި ބޭފުޅެއްކަމަށް ޖާބިރު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ކޮވިޑުގެ މި ދަތި ޙާލަތުގައިވެސް 80 އިންސައްތަ ކަންކަން ދިޔައީ ރަނގަޅަށްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވާ ގޮތުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއެކު ކޯލިޝަނެއް ނުހެދިއްޖެނަމަ، ޑީއާރްޕީން އޭނާ އަމިއްލަފުޅަށް ވާދަ ކުރައްވާނެއެވެ. ނަމަވެސް ބޭނުންފުޅު ވަނީ ރައީސް ސާލިޙު ހޮއްވަވަން ކޯލިޝަނެއް ހެއްދެވުމަށްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ލަފާ ކުރައްވާ ގޮތުގައި ޖުމްހޫރީ ޕާޓީން ޤާސިމް އިބްރާހިމްވެސް ވާދަ ކުރައްވާނެއެވެ.

ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީއާ ގުޅޭގޮތުން ޖާބިރު އަންދާޒާ ކުރައްވާ ގޮތުގައި، އެމްއެންޕީގެ ވިސްނުން ބޮޑަށް ފެންނަނީ ކޯލިޝަނެއް ޤާއިމުކުރުމާ ދިމާއަށެވެ. 

އޭގެ އިތުރުން، ރައީސް އަބްދުﷲ ޔާމީނަށް ދައުވާ ކުރާ މައްސަލަތަކުން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ، ވާދަ ނުކުރެއްވޭ ޙާލަތެއް އައިސްފިނަމަ، ޕީޕީއެމްއިން ކުރިމަތިލައްވާނީ ޑރ މުޙައްމަދު ޖަމީލް އަހުމަދު ކަމަށް ޖާބިރު އަންދާޒާ ކުރައްވައެވެ.

އެހެންނަމަވެސް، ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކަކީ އެކަށީގެންވާ ގޮތެއްގައި ބެލެންޖެހޭނެ މައްސަލަތަކެއްކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން އެކަމުގައި އަދުލު އިންސާފު ޤާއިމު ކުރެވެން ޖެހޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު