Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީން ފައިސަލް ޝަރީއަތް

އަމީން ފައިސަލް މައްސަލައިގެ ހެކިބަސް ނެގުން މިއަދު

11 ޖޫން 2017 | އާދީއްތަ 09:11

އަމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީނާއި މޫސާ އަލީ ޖަލީލް ހުށަހަޅުއްވާފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 11 ޖޫން 2017 | އާދީއްތަ 09:11
އަމީން ފައިސަލް

އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 13:00 އަށް ތާވަލް ކޮށްފައިވާ އަޑުއެހުމުގައި ކުރިއަށް ދާނީ ހެކިންގެ ހެކިސްބަސް ނެގުމުވެ. އެގޮތުން އެންމެ ފުރަތަމަ ނަގާނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހެވެ.

Advertisement - newsAdvertisement

މި މައްސަލާގައި އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ މޭ މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ ހެކި ހުށަހެޅުމުގެ މަރުހަލާއެވެ.

އަމީން ފައިސަލް އާއި ދެކޮޅަށް ހިންގާ ޝަރީޢަތުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު އޭރު ވިދާޅުވި ކަން ސާބިތުކުރަން ސިއްރު ހެއްކެއް ވެސް ހުށަހަޅައިފައެވެ.

ހެކި ހުށަހެޅުމަށް ފަހު ދައުލަތުން ބުނި ގޮތުގައި ރައީސް ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ބަންދު ކޮށްފައި ހުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެމަނިކުފާނު ދޫނުކޮށްފި ނަމަ ނަޝީދުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަހުމަދު މުއިއްޒު ސިއްރު ހެކިވެރިޔާ އަށް ގުޅާފައި ވިދާޅުވުމުން އެ ހެކިވެރިޔާ އެ ވާހަކަ ނަޝީދަށް ދެންނެވުމުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ ހެކިވެރިޔާގެ އިތުރުން ވެސް އެހެން ހެކިވެރިޔަކު ވަނީ ދައުލަތުން ހުށަހަޅައިފައެވެ. އެއީ އޭރު ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ކުރީގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ނާޒިމްގެ ގޭގައި އެމަނިކުފާނު ހުންނެވި އިރު ދޮރު ނުހުޅުވައިފި ނަމަ ދޮރު ވައްޓާލައިގެން ވިޔަސް ސިފައިން ގެއަށް ގެންދާނެ ކަމަށް އަމީން ފައިސަލް ވިދާޅުވި އަޑު އިވުނު ކަމަށް ބުނާ މީހެކެވެ.

މީގެ އިތުރަށް އެ މައްސަލައިގެ ސިއްރު ރިޕޯޓަކާއި ރައީސް ޔާމީން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ހިންގި ގޮތުގެ ރިޕޯޓާއި ރައީސް ޔާމީން ދޫކޮށްލަން އަންގައި، އޭރުގެ ޕީޖީ މުއިއްޒު ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަކާއި އޭރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ސްކްރިޕްޓް ވެސް ދައުލަތުން ހުށަހެޅިއެވެ. އަދި އެ މައްސަލާގައި ރައީސް ޔާމީނަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ވެސް ދައުލަތުން އަމީނާ ދެކޮޅަށް ހުށަހެޅިއެވެ.

އަމީން ފައިސަލް އޭނާގެ ދިފައީ ހެއްކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހުށަހަޅާފައިވެއެވެ.

އަމީންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީނާގެ އިތުރުން ދެން ހުށަހެޅީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މި ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި މޫސާ އަލީ ޖަލީލާއި އޭރު ސިފައިންގެ ލީގަލް ހެޑަކަށް ހުންނެވި ޒުބައިރު އަހުމަދު މަނިކެވެ.

ރައީސް ޔާމީން ހެއްކެއްގެ ގޮތުގައި ހުށަހެޅިއްވީ ދައުވާގައި ބުނެފައިވާ ކަމެއް ހިނގާފައިވޭތޯ އާއި ތަހުގީގަށް އެމަނިކުފާނު ދެއްވި ބަޔާނަކީ ސައްހަ ބަޔާނެއްތޯ ސާފުކުރުމަށް ކަމަށް އޭނާގެ ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވިއެވެ. މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތިތަކެއް އެ ބޭފުޅާއަށް އެނގިލައްވާތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލާގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް