Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު: ހެކިބަސް ނެގުން ނިންމާލައިފި

ޤާސިމް ގެނައިރުވެސް އެއްވެސް ވަރަކަށް ވިންދެއް، ލޭގެ ޕްރެޝަރެއް ނުވަތަ ނޭވާއެއް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2022 | ބުރާސްފަތި 07:44
ޤާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ޤާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ޤާސިމް ޙަސަން މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމު މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. 

އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ ޑރ އާއިޝަތު އުލިޔާ މުސްތަފާއެވެ. އޭނާއަކީ ހުޅުމާލޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރެކެވެ. އޭނާ ވަނީ މި މައްސަލައިގެ މެޑިކޯ ލީގަލް ރިޕޯޓާއި ޑެތް ސަމަރީއާ ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ.

މި ރިޕޯޓުގައި ވަނީ ޤާސިމް ގެނެވުނުއިރުވެސް ކަރުގެ ވާތް ފަޅީގަޔާއި ކަނާތު އަތުގައި ޒަޚަމްތައް ހުރިކަން ބަޔާންކޮށްފައެވެ. ގެނައިރުވެސް އޭނާގެ އެއްވެސް ވަރަކަށް ވިންދެއް، ލޭގެ ޕްރެޝަރެއް ނުވަތަ ނޭވާއެއް ނެތްކަމަށް މެޑިކޯ ލީގަލް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

މެޑިކޯ ލީގަލް ރިޕޯޓުގައި ވަނީ ޤާސިމްގެ ހަށިގަނޑުގައި ހުރި ޒަޚަމްތައްވެސް ތަފްސީލުކޮށްފައެވެ.

ކަރަށް ލިބިފައިވާ ޒަޚަމް އިތުރަށް ތަފްސީލު ކޮށްދެމުން އޭނާ ވިދާޅުވީ، ޒަޚަމްގެ ދިގުމިނުގައި (ހުރަހަށް) 6 ސެންޓިމީޓަރު ހުންނަ ކަމަށާއި، ކަރުގެ އެތެރެއަށް 2 ސެންޓި މީޓަރު ފުނަށް ޒަޚަމްވެފައިވާ ކަމަށެވެ. އެގޮތުން އެއީ ކަރުގެ ލޭނާރުތަކަށް އަސަރުކުރާ މިންވަރުގެ ފުން ޒަޚަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޑެތު ސަމަރީއާ ގުޅޭގޮތުންވެސް އޭނާ ވަނީ ހެކިބަސް ދެއްވާފައެވެ. އެގޮތުން މަރުވި ސަބަބު ޑެތު ސަމަރީން ސާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޤާސިމް މަރުވީ ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހަށިގަނޑުން ލޭ ބޭރުވުމުގެ ސަބަބުން "ހިމޮރެޖިކް ޝޮކް" އަކަށް ގޮސްގެން ކަމަށެވެ. އެއީ މައިގަނޑު ގޮތެއްގައި ކަރަށް ލިބިފައިވާ އަނިޔާގެ ސަބަބުންކަމަށް އޭނާ ވިދާޅުވިއެވެ.

ހިމޮރެޖިކް ޝޮކްއަކީ ހަށިގަނޑުން ބޭރަށް ލޭ އޮހޮރިގެން ހަށިގަނޑުގެ އާންމު ލޭގެ ނިޒާމު މަސައްކަތް ކުރެވޭ މިންވަރަށް ލޭ ދައުރު ނުކުރެވުމުން، ވިންދާއި ޕްރެޝަރ ކޮންޓްރޯލް ނުކުރެވި ޖެހޭ ޝޮކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތާއި ދިފާއުގެ އިތުރުން ޝަރީއަތުންވެސް ވަނީ ބައެއް ކަންކަން އެ ހެކިވެރިޔާގެ ކިބައިން ސާފު ކުރައްވާފައެވެ.

ދައުލަތުގެ އިތުރު ދެ ހެއްކެއް އަދި އެބަތިއްބެވެ. އެއީ ފުލުހުންގެ އޮފިސަރަކާއި އާންމު މީހެކެވެ.

ދައުލަތުން ބުނާ ގޮތުގައި އާންމު މީހާއަށް މިހާރު ގުޅޭނެ ގޮތެއް ނެތެވެ. އަދި ފުލުސް އޮފިސަރުވެސް މިވަގުތު ހާޒިރުކުރުމަށް ދަތިތަކެއް ހުރުމުން، އެ ދެ ހެކިން ހާޒިރުނުކޮށް ކުރިއަށް ގެންދިއުމާމެދު ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ.

މި މައްސަލައިގައި އަދުހަމްގެ ފަރާތުން އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ. ވުމާއެކު ދެން މި މައްސަލައިގައި އޮންނާނީ ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުމާއި، ޚުލާސާ ބަޔާން އިއްވުމެވެ.

އެ އަޑުއެހުން އޮންނާނީ 23 ޖޫންގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު