Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންގްލަދޭޝް ސަފީރު ނައިބު ރައީސް އަރިހަށް

މަސައްކަތުގެ މާހައުލުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަދިވެސް މަސައްކަތްކުރަން އެބަހުރި: ނައިބު ރައީސް

26 މެއި 2022 | ބުރާސްފަތި 01:32

ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންނެވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 މެއި 2022 | ބުރާސްފަތި 01:32
ބަންގްލަދޭޝް ސަފީރު ނައިބު ރައީސް ފައިސަލް ނަސީމުއާ ބައްދަލުކުރެއްވުން

ބަންގްލަދޭޝް ސަފީރު ނައިބު ރައީސް ފައިސަލް ނަސީމުއާ ބައްދަލުކުރެއްވުން

ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރިއަރ އެޑްމިރަލް އެސް އެމް އަބްދުލް ކަލާމް އާޒާދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ، ބަންގްލަދޭޝްގެ ސަފީރު ވަނީ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި، ވިޔަފާރިއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއިން ހުރި ފުރުޞަތުތައްފަދަ ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ސަފީރު ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަމާއި ތަފާތުކުރުމެއްނެތި ވެކްސިންގެ ފޯރުކޮށްދެއްވުމަށް ކުރައްވާފައި މަސައްކަތް ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގެ ތަރައްޤީގައި، އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމުގައި ވިދާޅުވެ، އެކަމުގައި އަދިވެސް މަސައްކަތްތައް ކުރަންހުރިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް ކުރިޔަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަދެއްކެވިއެވެ. އަދި ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް އިތުރުވަމުން އަންނައިރު މުސްތަޤްބަލުގައި އިތުރު މަސައްކަތްތެރިންނަށް ބޭނުންވާނެކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމަނިކުފާނު އެންމެފަހުން ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގެ ހަނދާންތައް އައު ކުރައްވަމުން އެ ދަތުފުޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އަދާކުރެއްވި ފުރިހަމަ މެހުމާންދާރީއަށްޓަކައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ސަފީރު ވަނީ ދެ ޤައުމުގެ ސަރުކާރުގެ އިސް ފަރާތްތަކުން ދެ ޤައުމަށް ކުރައްވާފައިވާ ދަތުރުފުޅުތަކާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް މަގުފަހިވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ބަންގްލަދޭޝްގެ ސަފީރު މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2017

އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!

12 ޖުލައި 2017
އަސޭލާގެ ރައްދު ރައީސް ޔާމީނަށް: ހައްދަވަނީ އިތުރުފުޅު، ފާރިސްގެ ބައިވެރިވުމެއް ނެތް، މަސައްކަތުގެ އަގު ދީ!
05 ޖުލައި 2017

ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ

05 ޖުލައި 2017
ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ
24 ޖޫން 2017

އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

24 ޖޫން 2017
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
27 މެއި 2017

ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ

27 މެއި 2017
ފިޔޯރީ އިންޖީނުގެ އާ އިމާރާތަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފައި: ފެނަކަ
30 އެޕްރީލު 2017

މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް

30 އެޕްރީލު 2017
މިއީ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށް ދެވޭ ވޯޓެއް: ނާޒިމް
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
08 މާރިޗު 2017

އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ

08 މާރިޗު 2017
އިސްލާހީ މަސައްކަތުގެ ކުރީ ސަފުގައި ތިއްބެވީ އަންހެނުން: މާރިއާ
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް